ޑައިރެކްޓަރު ޖޯން: އޭނާ މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށް.
17 ޖޫން 2017 - 17:17
ސިވްލެސްޓަ ސްޓެލޯންގެ ކާމިޔާބު ފްރެންޗައިޒް "ރޮކީ" ފަދަ މަޝްހޫރު ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ޖޯން ޖީ. އެވިލްޑްސެން ހުކުރު ދުވަހު މަރުވެއްޖެ އެވެ.
ޖޯންގެ ދަރިފުޅު އެންތަނީއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އޮސްކާ ވެސް ހާސިލްކޮށްފައިވާ 81 އަހަރުގެ ޑައިރެކްޓަރު މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނިކޮށް ލޮސް އެންޖެލިސްގެ ސެޑާޒް-ސިނާއީ މެޑިކަލް ސެންޓަރުގައި ކަމަށެވެ.
އޭނާގެ މަރާ ގުޅިގެން ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ހިތާމަ ފާޅުކޮށް ޓްވީޓް ވެސްކޮސްފަ އެވެ.
ޖޯންގެ ފިލްމީ ކެރިއަރަށް ބަލާ އިރު އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އޭނާ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރުވީ 1970 ގައި ރިލީޒް ކިރީ "ޖޯ" އިންނެވެ.
The great director John G. Avildsen Who won the Oscar for directing Rocky! R. I. P. I'm sure… https://t.co/DVa9stDqPA
— Sylvester Stallone (@TheSlyStallone) June 17, 2017
ސްޓެލޯންގެ ޓްވީޓެއް.
އޭގެ ފަހުން އޭނާ ޑައިރެކްޓް ކުރި މަޝްހޫރު އަދި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ސިލްވެސްޓަ ސްޓެލޯން ޓައިޓްލް ރޯލް ކުޅުނު "ރޮކީ" ގެ ފިލްމްތައް ހިމެނެ އެވެ. ޖޯން އަށް އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ލިބުނީ 1976 ގައި ރިލީޒް ކުރި "ރޮކީ" އިންނެވެ.
އޭނާ ޑައިރެކްޓް ކުރި ފާހަގަކޮށްލެވޭ އިތުރު ފިލްމްތަކުގެ ތެރޭގައި ކަރާޓޭ ކިޑް (1984)، ދަ ފޯމިއުލާ (1980) އަދި އިންފާނޯ (1999) ހިމެނެ އެވެ.
ޖޯން އެންމެ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ 1969 ގައި ރިލީޒް ކުރި "ޓާން އޮން ޓް ލަވް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy