ހަސަން ޖަމީލާއި ރިހާނާ
30 ޖޫން 2017 - 07:35
މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ރިހާނާ މިހާރު އުޅެނީ ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ މަހުޖަނަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ސައުދީ ޓޮޔޮޓާ ކުންފުނީގެ ހިއްސާ އޮންނަ ހަސަން ޖަމީލުގެ އާއިލާގެ މިލްކިއްޔާތު އަގު 1.5 ބިލިއަން ޑޮލަރަށް އަރާ ކަމަށްވެ އެވެ.
ރިހާނާ، 29، އާއި ޖަމީލް، 29، ސްޕެއިންގައި މި ހަފުތާގެ ތެރޭގައި ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީޑިއާތަކުގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުގައި ދެ މީހުން ފެންނަނީ ވަރަށް ގައިގޯޅިކޮށެވެ.
ސައުދީ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގު ސްޕޮންސާކޮށްފައިވާ ކުންފުނީގެ ހިއްސާދާރު ޖަމީލް ވަނީ ރީހާނާއާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން އަމިއްލައަށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ވެސް ކުރި އެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ރިހާނާ މީގެ ކުރިން ވަނީ މަޝްހޫރު ބައެއް އެހެން މީހުންނާ ރައްޓެހިވެގެން އުޅެފަ އެވެ.
ރިހާނާ އާއި ޖަމީލް އެކުގައި: ދެ މީހުން އުޅެނީ ރައްޓެހިވެގެން.
އޭގެ ތެރޭގައި ލަވަކިޔުންތެރިން ކަމަށްވާ ޓްރާވިސް ސްކޮޓާއި ކްރިސް ބްރައުން އަދި މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއާ ވެސް ހިމެނެ އެވެ.
މަޝްހޫރު މޮޑެލް ނައޯމީ ކޭމްޕްބެލް އާއި ޖަމީލް ގައިގޯޅިކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާތަކުގައި މިދިއަ އަހަރު ދައުރުވި އެވެ.
ރިހާނާއި ޖަމީލް އުޅެނީ ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން ކަމަށް ރިހާނާގެ ގާތް އެކުވެރިން ގާތު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
19 January 2020
ތިން އަހަރު އެއްކޮށް ދެމަފިރިން އުޅޭހެން އުޅެވުނީމައި އެވަރު ފުދޭ ދެން އަނެއްކާ އެހެން ޗިކެއް ހޯދާ މަބޮޑަށް ވެސް ދުވަސްވެއްޖެ އިސްލާމްދީނުގައި ކައިވެނީގެ ސަބަބުން އަންހެނާއަށް ލިބޭގަދަރު ނޭގޭތީ ހުރިހާއަންހެނުން މާޗީޕް ވެގެން ތިމާވަރު ނެތިގެން ފިރިހެނަކު ފެންނައިރަށް ދުއްވައިގަންނަނީ
ޒަވިޔަނި
04 July 2017
ސީރިއަސްކޮށް ކުރާނީ ކާވެނި. ލާދީނީ ގުޅުމެއް ނުވާނެ ސީރިއަސްއެއް
ދީދީ
01 July 2017
ރައިހާނާގެ މަދަހަ އަލްބަމެއް ދެން ނިކުންނާނީ
ނޫރާނީ
01 July 2017
މި މީހުންވެސް ހަމަ މަރުވާނެ.........
ހުސެން
01 July 2017
ކިތަންމެ މުއްސަންޖަސް ތީ މޮޔަފިރިހެނެއް، ތިފަދަ އަންހެނުންނާއެކީ ރަނގަޅުހަޔާތެއް ވޭތުނުކުރެވޭނެ، އުފާވެރި ދިރިއުޅުމެއްނުހޯދޭނެ
މަހުދީ
19 January 2020
އެކަން އެގޭތީއޭ މެރީ ނުކޮށް 3 އަހަރު ފަހުން އެ އެއްލާލީ
މެކުސް
30 June 2017
ޑޯޑީ ޑަޔާނާ ދެމީހުން ދުނިޔެއިން ނިމިގެން ދިޔަގޮއް ހަންދާނައް އެބައާދޭ
އާދަނު
30 June 2017
ދިވެހި ފިރިހެނުންވެސް އިންނަންވީ ބޭރު އަންހެނުންނާ... ދިވެތި އަންހެނުންހާ ތުޔެއްނުވާނެ. ނެތްފެންވަރުން ތުއި ދައްކާކަށްނޫޅޭނެ.
އޯކޭޑް
30 June 2017
މަމެން ދުވަހަކު ވެސް ނުއިންނާނަން ބޭރު އަންހެނުންނާއި. ރަށްޓެހި ވެދާނަން އެކަމަކު ނުއެއް އިންނާނަމެވެ. ރަށްޓެހި ވަނީ ވެސް އެހެން ބުނެ އެއަށް އެއްބަސްވާނަމަ އެވެ. މަމެން އިންނާނީ ހަމަ ދިވެހި އަންހެން ކުދިންނާއި އެވެ. ދިވެހި އަންހެން ކުދިން ތުއި ވަނީ އެމެން ތުއި ވާން ޖެހޭ ވަގުތު ތަކުގައެވެ. އެއީ މައްްސަލަ އެއް ނޫނެވެ.
އިބްނު ބަޠޫޠާ
02 July 2017
ދުނިޔޭގެ މަޝްރިޤާއި މަޣްރިބަށް ދަތުރުކުރި އިންބު ބަޠޫޠާ ލިޔެފައިވޭ ތިމަންނަ ދިވެހިރާއްޖެއިން އެތައް އަންހެނުންނަކާ ކައިވެނިކުރީމޭ، އަދި އޭގެ އިތުރަށް ޖާރިޔާއިން ވެސް ތިބެޔޭ، އެކަމަކު ދިވެހި އަންހެނުންހާ އުޅުންރަނގަޅު ބަޔަކު ތިމަންނަ ނުދެކެމޭ.
އަލީ
30 June 2017
ދެބޭފުޅުންނަށް އުފާވެރި ދުވަސްތަކަކަށް އެދެން...
ލާލޭ
30 June 2017
ތީ ދެމީހުން ސުވީމީންގ ޕޫލުގައީ ވަރައް އޮލަ ބަދުއަޙުލާގީ ގޮތްގޮތައް އުޅޭ މަންޒަރުތައް އީންޓަނެތް އޮންލައީން ނޫސްތަކުގައީ އެބަތީބީ. އަދީ މީކަލޭގެ ޖުއްބާ ލާފަ ބޮލުގަ ޅާބުއަޅައީގެން މީއުޅެނީ ކީއްވެބާ.. ސައުދީގެ އަގު އަަރަނީ ދޯ..
ބަލްކު އެންޑް ބަލަކް
30 June 2017
ހުރިހާ ލަވަކިޔުންތެރިން އިސްލާމްކުރަނީ ތޯއްޗެއް. ޖެނެޓު ޖެކްސަންވެސް އިނީ އަރަތްބަކާ.