ކްރިސް އާއި އަނާ؛ ދެ މީހުން މިހާރު ވަނީ ވަކިވެފައި.
08 އޯގަސްޓް 2017 - 05:46
ހޮލީވުޑްގައި ރޫޅެމުންދާ ކައިވެނީގެ ލިސްޓަށް އަނެއްކާ ވެސް ތަރިއެއް އިތުރުވެއްޖެ އެވެ. މި ފަހަރު ކައިވެނީގައި ސިއްކަ ޖެހެނީ "ޖުރަސިކް ވޯލްޑް" އާއި "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ބަތަލު ކްރިސް ޕްރެޓްގަ އެވެ.
އޭނާ އާއި އަންހެނުން އަދި ބަތަލާ އަނާ ފާރިސް އަށް އަހަރު ފަހުން ވަކިވާކަން ކްރިސް ވަނީ ފޭސްބުކްގައި ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ކްރިސް އާއި އަނާގެ ނަމުގައި އާންމު ކުރި ކުރު ޕޯސްޓްގައި ބުނީ އެ ދެ މީހުން ވަކިވާކަން އިއުލާން ކުރަނީ ހިތާމައާ އެކުގައި ކަމަށެވެ. ނަމަވެސް އަށް އަހަރުވީ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް ދެ ތަރިން ވަކިވާން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ބުނެފައެއް ނުވެ އެވެ.
ކްރިސް އާއި އަނާގެ ފިރިހެން ދަރިފުޅު ޖެކް ޕްރެޓް އަށް މިހާރު ހަތަރު އަހަރެވެ.
ކައިވެނި ރޫޅުނުކަން ކްރިސް ފޭސްބުކްގައި އިއުލާންކޮށްފައި.
ބަޔާނުގައި ބުނީ ދެ މީހުން ވަކިވި ނަމަވެސް އެކުގައި ހޭދަ ކުރި ދުވަސްތައް ހަނދާން ކުރާނެ ކަމަށާއި އަދިވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށެވެ.
ކްރިސް، 38، އާއި އަނާ، 40، ކައިވެނި ކުރީ 2009 ގަ އެވެ. ކްރިސްއާ ކައިވެނި ކުރުމުގެ ކުރިން ވެސް "ސްކޭރީ މޫވީ" ގެ ބަތަލާ ވަނީ ކައިވެންޏެއްކޮށްފަ އެވެ. ބެން އިންދްރާއާ 2004 ގައި ކުރި ކައިވެނި ރޫޅުނީ އޭގެ ހަތަރު އަހަރު ފަހުން 2008 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާޤީދާ
08 August 2017
ހާލެއްގައި އުޅެއެވެ.ބަލަ އަހަރެންގެ އަލަތު ކައިވެންޏަށް 40 އަހަރު ވެއްޖެއެވެ. 3 ދަރިން ކުރެ ދޮށީ ދަރިއަށް 38 އަހަރު ވެއްޖެއެވެ. ތިން ދްރިން ވެސް ބޮޑެތިވެ މީހުނާ އިނދެ ދަރިން ވެސް ލިބިއްހެއެވެ. ދަރިން ވެސް ތިބީ އަލަތު ކާވެނި މަތީގައެވެ. އަހަރެމެންގެ ދިރިއުޅުމުގެ ބޭރު މަތީ ފެންވަރު ތި ކުދިން ނަށް ވުރެ ދެރައަށް އަހަރެމެންގެ އެތެރެ "ހަށީގައިވާ އެތި" ކަލޭމެގެ "އެތެރެ ހަަށީގައުވާ އެއްޗަށް"ވުރެ މުއްސަދި ވާނެއެވެ.އީމާން ތެރިކަން ވަރުގަދަ ވާނެ އެވެ.ޢަޤީދާ ވަރުގަދަ ވާނެއެވެ.
326
08 August 2017
އަންހެން މީހާ އުމުރުން ދޮށީއާ މިހާ ރީތި ފިރިހެނެއް ހިފަހައްޓައެއް ނުލެވޭނެ. މީ ލައްކަ ވާހަކަ
ކިވީ
09 August 2017
އަންހެންމީހާ ދޮށްޓަސް ރީތި ފިރިހެނަކު ހިފަހައްޓާލެވޭނެއެވެ. އަހަރެންގެ ފިރިމީހާ އަހަންނަށް ވުރެ 3 އަހަރު ހަނގު، އަދީ އޭނައަކީ އަހަރެންނާއި ބަލާ ވަރަށްވެސް ރީތި ފިރިހެނެއް. އެކަމް ކައިވެންޏަށް 7 އަހަރުވެ 2 ކުދިން ލިބިފައިވާއިރުވެސް އެންމެ ފުރަތަމަ ދުވަހު އަހަރެންދެކެ ލޯބިވިފަދައިން އޭނަ މިހާރުވެސް ލޯބިވޭ. އަންހެންމީހާ އުމުރުން ދޮށީވުމަކީ މައްސަލައެއްނޫން. އޭގަ އޮތީ ދެމީހުން އެކަކު އަނެކަކަށް އަޅާލާ ވަފާތެރިކަން މަތީ ދިރިއުޅުން ހޭދަކުރިވަރެކެވެ.