މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

މަޖޫ ދެން އަންނާނީ ސީރިއަސް ކެރެކްޓާއަކާ އެކު

"ވަކިން ލޯބިން" އަކީ މިދިޔަ އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" އަށް ފަހު މަޖޫ ކުޅޭ ފުރަތަމަ ފިލްމް.

މަޖޫ "ވަކިން ލޯބިން" ގެ މަންޒަރެއްގައި.

ޑާކް ރެއިން އެންޓަޓައިމަންޓްގެ ފިލްތަކުން ވިދާލި ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އަކީ ފިލްމީ ދާއިރާގައި ތިބި ޒުވާން އުންމީދީ ބަތަލާއިންގެ ތެރެއިން އެކެކެވެ. އޭނާގެ އެންމެ ފަހުގެ ދެ ފިލްމަށް ބަލާއިރު ވާށޭ މަށާއެކީ (2016) އާއި އެންމެ ފަހު ވިންދާ ޖެހެންދެން (2015) އަކީ ވަރަށް ކާމިޔާބު ދެ ފިލްމެވެ.

ތަންކޮޅެއް މަޖާ އަދި ލޯބީގެ ރޯލްތަކެއް މަޖޫ ކުޅެފައިވާ އެ ދެ ފިލްމަކީ މަޖޫގެ ހުނަރު ކިތަންމެ ރަނގަޅަކަށް ދައްކައިލަ ދިން ދެ ފިލްމެވެ. އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މަޖޫ ފިލްމަކުން އެނބުރި އަންނަ އިރު، "ވަކިން ލޯބިން" އަކީ އޭނާގެ ވަރަށް ތަފާތު ކެރެކްޓާއެއް ބެލުންތެރިންނަށް ފެނިގެން ދާނެ ފިލްމެކެވެ. މިއީ ޑާކް ރެއިނުން އަންނަ އަހަރުގެ މާޗް 5 ގައި ރިލީޒް ކުރާ ފިލްމެކެވެ.

"ކުރިން ކުޅެފައި ހުރި ރޯލްތަކާ މާ ބޮޑަށް ވެސް ތަފާތު ކެރެކްޓާއެއް ވަކިން ލޯބިންގައި މި ކުޅެނީ. މިއީ ވަރަށް މެޗުއާޑް ފެމިލީ ޑްރާމާއެއް. މަޖޫ ކުޅޭ ރޯލަށް ބަލާ އިރު ވަރަށް ސްޓްރޯންގް ކަންކަމާ ކުރިމަތިލާން ފަސްނުޖެހޭ ހިތްވަރު ގަދަ އަންހެނެއްގެ ރޯލުން ފެނިގެން ދާނީ،" އަނެއްކާ ވެސް އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) އާ އެކު ކުޅޭ ފިލްމާ ބެހޭ ގޮތުން މަޖޫ ބުންޏެވެ. "އަދި ކުރިން ކުޅެފައި ހުރި ރޯލްތަކާ އަޅާބަލާ އިރު މީގައި ކުޅެނީ ވަރަށް ސީރިއަސް ރޯލެއް."

"ވަކިން ލޯބިން" ގެ ޕޯސްޓަރެއްގައި މަޖޫ އާއި ޖުމަލް.

"ހުޅުދާން" ގައި ވެސް ތަފާތު ރޯލެއް ކުޅުނު ބަތަލާ ބުނީ "ވަކިން ލޯބިން" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށެވެ.

"މިއީ އަސްލު ވަރަށް އެމޯޝަނަލް ފިލްމަކަށް ވާނެ. މަޖޫގެ ކެރެކްޓާއަކީ ބެލުންތެރިން ވަރަށް ދެރަ ވެސްކޮށްލާނެ ކަހަލަ ކެރެކްޓާއެއް،" ދެމަފިރިއެއްގެ ދޭތެރޭގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފިލްމާ ބެހޭ ގޮތުން މަޖޫ ބުންޏެވެ.

އޭނާ ބުނީ ޑާކް ރެއިންގެ ފިލްމެއްގައި އަނެއްކާ ވެސް މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ވަރަށް ފަސޭހަ އެ މީހުންނާ އެކު މަސައްކަތް ކުރަން. އަބަދު ވެސް އެންމެން ވެސް ވަރަށް ސަޕޯޓިވް ވާނެ. ހާއްސަކޮށް ވަކިން ލޯބިން އަށް ބަލާ އިރު ލޮކީ [ސްކްރީން ރައިޓަރު އައިޝަތު ފުއާދު ތައުފީގް] ގެ އެހީތެރިކަން ވަރަށް ބޮޑު." މަޖޫ ބުންޏެވެ. "ލޮކީ ވަރަށް ބޮޑަށް ސީންތައް ކިޔައި ދިނުމުގެ އިތުރަށް އަމިއްލަ އަށް އެކްޓްކޮށްފައި މީގެ ސީންތައް ހުންނާނެ މަޖޫ ލައްވައި އެކްޓް ކުރުވާފައި. އެހެންވެ އަސްލު ވަރަށް ފަސޭހަ."

މަޖޫ ވަކިން ލޯބިންގެ ސްކްރީން ރައިޓަރު ލޯކީ (ވ) އާއި ފިލްމްގައި މުހިއްމު ރޯލެއް ކުޅޭ ކުޑަކުއްޖަކާ އެކު.

ޑާކް ރެއިންގެ ފިލްމްތަކުން މަޖޫ އާންމުކޮށް ފެނުނަސް، އޭނާއަކީ އެ ސްޓޫޑިއޯ އަށް ހާއްސަ ބަތަލާއެއް ނޫން ކަމަށް ބުންޏެވެ. އަދި ރިލީޒްކޮށްފައި ނުވާ މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" އާއި މުހައްމަދު ފުއާދު (ފޯޑް) ގެ "ހަތަރު ހަޅަ" ވެސް ކުޅެފައިވާ މަޖޫ ބުނީ ރަނގަޅު އޮފާތަކެއް ލިބޭ ނަމަ، ކޮންމެ ބަޔަކާ އެކު ވެސް މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ.

"މިހާރު ކުޑަކުޑަ ބޭބީއެއް ވެސް އޮތީމަ ތަންކޮޅެއް އުނދަގޫވާނެ ކޮންމެ ކޮންމެ ކަހަލަ ޕްރޮޖެކްޓަކަށް ވަގުތު ދޭން. އެހެންވީމަ މަޖޫގެ ސިޗްއޭޝަން އަންޑަސްޓޭންޑްވާ ބަޔަކާ އެކު މަސައްކަތް ކުރަން ހަމަ ތައްޔާރު،" މި ފަހުން ލިބުނު ބައެއް ޕްރޮޖެކްޓްތައް ދޫކޮށްލަން ވެސް ޖެހުނުކަމް ފާހަގަކޮށް މަޖޫ ބުންޏެވެ.

އޭނާ ބުނީ ވަކިން ހާއްސަކޮށް ޝޫޓިންއަކަށް ފުރައިގެން ރަށަކަށް ދާން ޖެހޭ ނަމަ، އެ ފިލްމެއް ގަބޫލު ނުކުރާނެ ކަމަށެވެ.

"މާލޭން ބޭރަށް ޝޫޓިން އަށް ދާން ވަރަށް އުނދަގޫ ވާނެ،" މަޖޫ ބުންޏެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑޭ

03 October 2017

މީނަމަށަށް ހަމައެންމެ ރީތީ

The name is already taken The name is available. Register?

ވިސްނާލީމާ

02 October 2017

ދޮންކަނބުލޯ ތިހެން ކިހިނެތް ފިލްމު ކުޅުވާނީ! މާލޭގާ ރަނގަޅު ލޮކޭޝަނެއްނެތް! ފިލްމުތަކަށް ނަގާނަގާ ބާވެފާވާ ތަންތަން! މާލެއިން ފުރައިގެން އިތުރުތަނަކަށް ނުދެވެންޏާ ވަރަށް ނުލިބޭނެ ރަނގަޅު ޕްރޮޖެކްޓެއް! އެކަން މަޖޫވެސް ގަބޫލުކުރަންވާނެ! އެކަމަކު ތިޔަހާ ކުރީގާ ހުރެފާ ހަމަ ކޮންމެ ކޮންމެ ބަޔަކުބުނާއެއްޗެއް ކުޅެންވެއްޖިއްޔާ މީހާގެ އަގެއްވެސް ނުހުންނާނެ! -އިބްރާހީމް-

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454