މުނިފޫހިފިލުވުން / ޔޫސުފު ޝަފީއު (ޔޫއްޕެ)

ދެވަންސޫރަ: ޔޫއްޕެގެ ސަސްޕެންސް ތުރިލާއެއް

ފިލްމް "ދެވަންސޫރަ" ގެ ޕޯސްޓަރެއް: ފިލްމް މިހާރު އަންނަނީ ޝޫޓް ކުރަމުން.

ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އަނެއްކާ ވެސް ވަރުގަދަ ފިލްމެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ނޯޓީ 40 (2017) އާއި ބައިވެރިޔާ (2015) އަކީ އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ދެ ކޮމެޑީ އެވެ.

އެކަމަކު ޔޫއްޕެ މި ފަހަރު ގެނެސް ދޭން އުޅެނީ ސީރިއަސްކަން އޭގެ އިންތިހާ އަށް ދައްކުވައި ދޭނެ "ދެވަންސޫރަ" އެވެ. މިއީ މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް ކިޔައިދޭ ސަސްޕެންސް ތުރިލާއެކެވެ.

ޔޫއްޕެ ލިޔެ، ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މީގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ). މުހައްމަދު ފައިސަލް އަދި އަހުމަދު ސައީދު އަދި އިބްރާހީމް ޖިހާދު (ޖިމީ) ފަދަ އެކްޓަރުން ހިމެނެ އެވެ.

"ދެވަންސޫރަ" ގެ ޕޯސްޓަރެއް: މިއީ ސަސްޕެންސް ތުރިލާއެއް.

"ދެވަންސޫރަ" އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި އެންވިޝަން އެންޓަޓައިންމަންޓް އަދި ގްރީން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމް ސިނަމާ އަށް އަންނާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

ޔޫއްޕެ ބުނި ގޮތުގައި "ދެވަންސޫރަ" ރަސްމީކޮށް މި ހަފުތާގެ ތެރޭގައި ލޯންޗް ކުރާނެ އެވެ.

މި ފަހުން ޔޫއްޕެ ކޮމެޑީ ފިލްމްތަކެއް ގެނެސް ދިން ނަމަވެސް، އޭނާ ވަނީ މީގެ ކުރިން ވެސް ސީރިއަސް ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ "ލޯތްބަށްޓަކާ" އެވެ.

"ދެވަންސޫރަ" އަކީ ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ފިލްމެއް ކަމަށް މީގެ ޓީމުން ބުނާ އިރު، ފިލްމްގެ ޓެގް ލައިނަކީ "ދަ ޓްވިސްޓެޑް ލަވް ސްޓޯރީ" އެވެ.

9 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޭން

22 October 2017

ޢަޅެ އަހަރުމެންގެ ލޯބި ފަރީލަ ވީ ތަނެއް އެނގެނީ ކޮންކުއަޖަކައް .. ހާދަ ދުވަހެކޭ ނުފެންނަނީ

The name is already taken The name is available. Register?

ހަންޑި

22 October 2017

ދެވަންސޫރަ؟ މިއީ ހިންދީ ފިލްމް "އިއްތިފާޤް" ގެ ކޮޕީއަކަށްވުން ވަރަށްވެސް ގާތް..... ދެން ހަމަ ބުނެލީ

The name is already taken The name is available. Register?

ތެދު

23 October 2017

ހަމަ ޔަޤީން! އިއްތިފާޤް ގެ ކަވަރ ޕިކް ގެ ޓެގް ލައިންސް ހަމަ މިއޮތީ!

The name is already taken The name is available. Register?

ޓިއުޓާ

21 October 2017

ތިއިން ޕޯސްޓަރުގަ އެބައިން ގްރެމެޓިކަލް އެރަރ އެއް. 'ތުރީ ވަރޝަން' އެއް ނޫން. ރަނގަޅު ގޮތަކީ 'ތުރީ ވަރޝަންސް'. ރަނގަޅުކޮށްލާނެކަމަށް ހީކުރަމު.

The name is already taken The name is available. Register?

ައަޒޫގެ ފޭނެއް

21 October 2017

އަޒޫއާ ބެހޭގޮތުން ނެގެޓިވްކޮއް ކޮމަންޓް ނުކުރާތި ،ނިއުމާ ރިޓަޔާވެއްޖެ ދެން ތިކުދިން ބަލަންޖެހޭނީ މަގޭ ފޭވަރިޓް އަޒޫގެ ފިލްމުތައް،ޔޭޭޭޭޭ ޔޭ ޔޭ

The name is already taken The name is available. Register?

ގްރެފިކް ޑިޒައިނަރ

21 October 2017

ތިއޮއް ކަވަރ އެއް. ބޮޑެތި ފިލްމް ތައް ހަދާ ނިންމާލާއިރު ބަލާލަން ކެރޭވަރުގެ ކަވަރ އެއް ޑިޒައިން ކޮއްލެވެން ޖެހޭނެ ކަމަށް ޤަބޫލުކުރަން. ތީ މާކުރީގެ ސްޓައިލް އެއް. ޓެކްނޮލޮޖީގެ ކުރިއެރުމާ އެއްވަރަށް ފައިހަމަ ކުރަން ވެއްޖެ އެއްނު. ކޮލެޓީވެސް އެހާ ދައް. ކަންފަސޭހައަށް ކަންކަން ކުރުން ދޫކޮށްލާފަ އަމިއްލަ ކްރިއޭޓިވިޓީ ދައްކަން އުޅެބަލަ ދޯ. ދެޓް ކަވަރ ލުކްސް ހިޑިއަސް. _ހަމަ ޑިޒައިނަރެއްގެ ހައިސިއްޔަތުން ބުނެލީ_

The name is already taken The name is available. Register?

ައަލިބެ

21 October 2017

މީދެން އަރަތެއްނު ޔޫއްޕެ ފިލްމުތަކައް ވަކި ކާސްޓެއް ޑާކްރެއިން އައް ވަކި ކާސްޓެއް މިޔޮއް ކުޑަތަންވެސް ބައިބަޔައް ބެހިފަ

The name is already taken The name is available. Register?

ރައްދު

21 October 2017

އަޒޫ އަކީ މޮޅު އެކްޓަރެއް މަވެސް ނީމް އާ އެއްބަސް،ސަހުޒާ މެންކަހަލަ އަލި ފަނޑު ތަރިންވެސް ކުރިޔައްނެރެވޭނީ ޔޫއްޕެމެނައް

The name is already taken The name is available. Register?

ނީމް

21 October 2017

ކުރިން ހުރިހާ ފިލްމެއްގަ ނިއުމާ،މިހާރު އަޒޫ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454