ފިލްމް "ދެވަންސޫރަ" ގެ މަންޒަރެއް: ފިލްމް އަޅުވާނީ ފެބްރުއަރީ 6 ގައި.
24 ޑިސެމްބަރ 2017 - 10:13
އަންނަ އަހަރު ދިވެހި ސިނަމާ އަށް އަންނަ ފުރަތަމަ ފިލްމު "ދެވަންސޫރަ" ގެ ޓިކެޓް ބުކްކޮށް ދޭން ފަށައިފި އެވެ.
ފެބްރުއަރީ 6 ގައި އަޅުވަން ތާވަލުކޮށްފައިވާ ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖަށް އިންބޮކްސްކޮށްގެން މިހާރު ޓިކެޓް ބުކްކޮށް ދޭން ފެށި ނަމަވެސް އޮލިމްޕަހުން ފިލްމުގެ ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ.
"ދެވަންސޫރަ" އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ސަސްޕެންސް ތުރިލާއެކެވެ. މީގައި ކިޔައިދޭނީ މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތެވެ.
މި އަހަރު އެޅުވި "ނޯޓީ 40" އަށް ފަހު ޔޫއްޕެ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމުގެ ކާސްޓުންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، މުހައްމަދު ފައިސަލް، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު، އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަޒްލީމް، އިބްރާހީމް ޖިހާދު (ޖިމީ)، ޖާދުﷲ އިސްމާއީލް (ޖާދު)، އަދި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން ހިމެނެ އެވެ.
"ދެވަންސޫރަ" ގެ މަންޒަރުތަކެއް.
މި ތަރިންނާ އެކު "ދެވަންސޫރަ"ގެ ލީޑް ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފުވާ މަރިޔަމް ޝިފާ އެވެ.
ޔޫއްޕެ ބުނީ މި ފިލްމަކީ މިހާރުގެ މުޖުތަމައުގެ ހާލަތާ ވަރަށް ބޮޑަށް ގުޅޭ ކަހަލަ ވާހަކައެއް ކިޔައިދޭ ފިލްމަކަށް ވާތީ، ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށެވެ. އަދި މޮޅު ފިލްމަކަށް ހަދަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.
މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ސެޓްތައް ހަދައިގެން މަންޒަރުތައް ނަގާފައިވާ ފިލްމުގެ ހުރިހާ މަސައްކަތެއްހެން އެއްކޮށް ނިމި، މިހާރު އަންނަނީ ފިލްމު އިތުރަށް ޕޮލިޝް ކުރަމުންނެވެ.
"ދެވަންސޫރަ" ގެ ޓީޒާ ޓްރެއިލާ.
ޔޫއްޕެ ބުނީ މި ފަހަރު އަމާޒަކީ މާލެއާ އެކުއެކީގައި އާބާދީ ބޮޑެތި ބައެއް އަތޮޅުތަކުގައި ވެސް ފިލްމު ޕްރިމިއާ ކުރުން ކަމަށެވެ. އެގޮތުން އައްޑު އާއި ހދ. ކުޅުދުއްފުށީގައި "ދެވަންސޫރަ" ޕްރިމިއާ ކުރާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ .
25 December 2017
ވަރަށް ކަމުދާނެހެން ހީވޭ ޔޫއްޕޭ އަކީ ހަމަ ނަމްބަރ ވަން ޑައިރެކްޝަން މަގާމާ ހިސާބުގަ ހުރި މީހެއް. ޔޫއްޕެ އަށް ތަފާތު ޑައިރެކްޝަން ކރެވިދާނެކަން މިއޮތީ ދައްކާދީފަ
ޣަނީމާ
24 December 2017
ޑާރކްރެއިން ނޫން ބަޔަކު ހަދާ ފިލްމެއް ބަޔަކު ބަލައެއް ނުގަންނާނެ. ޢެހެންވީމަ ނުދެވޭނެ ބަލާކަށް
ތެދު
25 December 2017
ތީ ވަރަށް ބޮޑު ތެދެއް.. އެ ވަރިހަމަ އެއްވެސް އޮއްޓަރެއްނެތް ފިލްމަކަށް ވިޔަސް.. އަދި ބޮޑު ކޮޕީ އަކަށް ވިޔަސް އޮރިޖިނަލް ސްކްރީން ޕްލޭ އަކަށް ވާނެ..
ނަންބަރވަން
25 December 2017
ޑާކްރެއިން އިޒް ދަ ބެސްޓް
ޝައްޕަ
24 December 2017
މި މަރިޔަމް ޝިފާ މީ ވޮލީ ކުޅޭ އައިޝަތު ޝައްފަގެ ކޮއްކޮތަ؟ ހާދަ ވައްތަރޭ؟ ހަމަ އަހާލީ؟؟
ހަހަހަ
25 December 2017
ކޮނަތާކު! ނައިފަރު ކުއްޖެއް އެއީ
ހެހެހެ
24 December 2017
ޝިފާ އެއްނޫން. ޝިފާޒާ ތީ
ސަޖޯ
24 December 2017
ދެވަންސޫރަޔަކީ ކޯންޗެއްތޯވެސް ބުނެފަ އޮތްނަމަ އަހަރެމެން ކަހަލަ މީހުނަށްވެސް އެނގުނީސް. އަދި އަހާލަންތަ. ތި ފިލްމުގަ އުޅޭ ކާކާތަ ޔޫއްޕެ ދެން އިންނާނީ.
4426
25 December 2017
"4426" ބެލީ ކޯންޗެއްކަން އެނގިގެންތަ؟