"ދެވަންސޫރަ"ގެ ޕޯސްޓަރެއް: ފިލްމް އަޅުވާނީ އަންނަ މަހުގެ 6 ގައި.
08 ޖެނުއަރީ 2018 - 15:42
އަންނަ މަހުގެ ހައެއްގައި އަޅުވާ ފިލްމް "ދެވަންސޫރަ" ގެ ޓީޒާ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލިތާ ދެ މަހެއްހާ ދުވަސް ފަހުން، އެ ފިލްމްގެ ޓްރެއިލާއެއް އާންމުކޮށްފި އެވެ.
މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ސަސްޕެންސް ތުރިލާއެކެވެ. ފިލްމްގެ ވާހަކަ އެނބުރެނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތަށެވެ. ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މިއީ ބެލުންތެރިން ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ގިނަ މަންޒަރުތަކެއް ފެނިގެން ދާނެ ފިލްމެކެވެ.
ބޮޑު ކާސްޓެއް ވެސް ފެނިގެންދާ ފިލްމްގެ ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ޖިހާދު (ޖިމީ)، އަހުމަދު އީސަ (އާނަންދު)، އަލީ ޝަޒްލީމް، މުހައްމަދު ފައިސަލް އަދި ޖާދުﷲ އިސްމާއީލް (ޖާދު) ހިމެނެ އެވެ.
އަދި ފިލްމްގެ ލީޑް ބަތަލާގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފުވާ މަރިޔަމް ޝިފާ އެވެ.
"ދެވަންސޫރަ" ގެ ޓްރެއިލާ.
އަހަރުގެ ފުރަތަމަ ފިލްމްގެ ގޮތުގައި "ދެވަންސޫރަ" ބެލުންތެރިންނާ ހަމައަށް އަންނަ އިރު، ފިލްމްގެ ޓިކެޓް މިހާރު އަންނަނީ ބުކްކޮށް ދެމުންނެވެ. އަދި ބުދަ ދުވަހުން ފެށިގެން އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނެ އެވެ.
"ދެވަންސޫރަ" އަކީ މިދިޔަ އަހަރު އެޅުވި "ނޯޓީ 40" އަށް ފަހު، ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. ޔޫއްޕެ ބުނީ މި ފިލްމަކީ މިހާރުގެ މުޖުތައުގެ ހާލަތާ ވަރަށް ބޮޑަށް ގުޅޭ އަދި ބެލުންތެރިން ވަރަށް ގަޔާވާނެ ފިލްމަކަށް ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ފ
12 January 2018
ސާފް ކޮށް ކިޔާ ނުކިކާ އެބައިނޭ ބޭފުޅާ ފޯން ބައްތި ފޯނަކުން 2018 ގަ އަޑުއެހީމަ ވެދާނެ ތިކަހަލަ ގޮތެއް ޒަމާނަށް ނުފެތެނީ ނޫނީ ދާއިރާމީހަކު އަގުވަށްޓާލަން ކަމަށްވެސް ވެދާނެ ޒަމީނީ ފިލްމަ.ބަލަން ޒަމާނަށް ވާސިލްވޭ
ހަބީބާ
10 January 2018
ދެވަން މިއޮތީ ހަތަރު ވަނަށްވެފައެއްނު. ޑައިލޮގު ތަކުގަ ކީއެއް ނުކީއެއް ނޭނގެ. ފިލްމު އަޅުވާއިރު ފަސްވަންސޫރައަށް ވެފަކަންނޭގެ އޮންނާނީ.
ހަނާ
10 January 2018
ޓަރޭލާ ވަރަށް ހަޑި.