13 ފެބުރުއަރީ 2018 - 06:20
ދަންނަ ކަމަށް ވެސް ނުހަދައި، ސޯނަމް ކަޕޫރު ވަރަށް ބޮޑާކޮށް އުޅުނު ކަމަށް ބުނެ ސޮނާކްޝީ ސިންހާ ދެއްކި ވާހަކައަކަށް ސޯނަމް ރައްދު ދީފި އެވެ.
ސޯނަމް ބުނި ގޮތުގައި ސޮނާކްޝީ އާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް އޭނާ ވަރަށް އެކުވެރިކަމާއެކު ވާހަކަ ދައްކަ އެވެ. ޓީވީ ޝޯއެއްގައި ޑިޒައިނާ މަނީޝް މަލްހޯތުރާއާ އެކު ސޮނާކްސީ ބައިވެރިވެ ދެއްކި ވާހަކަތަކުގެ ތެރޭގައި ސޯނަމް އާ މެދު ދެކޭ ގޮތް ބުނެދޭން ޝޯގެ ހޯސްޓް ވަނީ ސޮނާކްޝީ ގާތު ބުނެފަ އެވެ.
ސޮނާކްޝީ ބުނީ އެއް ފަހަރު ސޯނަމް ވަރަށް ފޮނިބޮޑުކޮށް އުޅުނު ކަމަށާއި އެގޮތަށް އުޅެން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
Thanks @ManishMalhotra ❤️😊@sonakshisinha sona I’ve always been warm towards you , don’t remember showing you attitude! If you feel that way I’m sorry! ❤️❤️❤️ https://t.co/VyLjIbA99W
— Sonam Kapoor (@sonamakapoor) February 10, 2018
ސޯނަމްގެ ޓުވީޓް
ސޮނާކްޝީ ދެއްކި މި ވާހަކަތައް ސޯނަމް އަށް އިވުމުން މިދިޔަ ހޮނިހިރު ދުވަހު އޭނާ ކުރި ޓުވީޓެއްގައި ބުނީ ސޮނާކްޝީ ފެނުމުން ފޮނިވެ ބޮޑާވެގެން އުޅުނު ހަނދާނެއް ނެތް ކަމަށާއި އޭނާއަށް އެފަދަ ގޮތަކަށް ހީވެފައި އޮތް ނަމަ މާފަށް އެދޭ ކަމަށެވެ.
ސޯނަމްގެ މި ޓުވީޓަށް ކުޑައިރުކޮޅެއް ތެރޭ ސޮނާކްޝީ ޖަވާބުދިނެވެ. ސޮނާކްޝީ ބުނީ އެކި ޝޯތަކަށް އެމީހުން އަރުވައިގެން ބުނަން ބޭނުން ނުވާ ތަފާތު ވާހަކަތައް ވެސް ބުނުވާ ކަމަށެވެ. އަދި ދައްކާ ވާހަކަ މާ ބޮޑުކޮށްލައިގެން ނޫސްތަކުގައި ޖެހުމަކީ އާންމު ކަމެއް ނޫންތޯ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަޤީގަތް
14 February 2018
ވަރަށް ބޮޑާ ގޮތެއް ހުރޭ ސޯނަމްގެެ