މޫޝަންގެ އާ ވީޑިއޯ ލަވަ "އިހުސާސް" ވަރަށް އަވަހަށް ނެރޭނެ.
24 ފެބުރުއަރީ 2018 - 07:27
މޫޝަން މުބާރިކް (މުންމު) ކުރިން ވެސް ބުނެފައިވާ ގޮތަށް އޭނާގެ ދެވަނަ ވީޑިއޯ ލަވަ، ދެން މާ ލަހެއް ނުވެ އާންމުންނަށް ދޫކޮށްލާނެ އެވެ. އެ ލަވައަކީ އޭނާގެ ސޯލޯ އަލްބަމްގެ ޓްރެކްތަކުގެ ތެރެއިން "އިހުސާސް" ލަވައިގެ ރިމިކްސް ވާޝަނެކެވެ.
މި ލަވައިގެ ވީޑިއޯ ބެލުންތެރިންނަށް ގެނެސް ދޭނީ ޗޮޕްއާޓުގެ ކުޅަދާނަ މަސައްކަތްތަކާ އެކުގަ އެވެ. ލަވައިގެ ވީޑިއޯގެ ކުޑަކުޑަ ޓީޒާކޮޅެއް އެ މީހުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ވެސް ކޮށްފަ އެވެ. އެއިން ފެންނަ ގޮތުގައި "އިހުސާސް" ލަވައިގެ ވީޑިއޯވެގެން ދާނީ ޒުވާނުންނާ ވަރަށް ގުޅޭ ކަހަލަ، ޕާޓީ ސްޓަައިލްގެ ލަވައަކަށެވެ.
ލަވަ އާންމުކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނެތަސް، ލަވައިގެ ތެރެއަށް ޗޮޕާޓްގެ ނަން އަންނާތީ މީގެ ކޮލިޓީއާ ދޭތެރޭ އުފައްދާނެ އެއްވެސް ސުވާލެއް ނޯންނާނެ އެވެ. ބޮޑު ހިޓަކަށްވި މުންމުގެ ފުރަތަމަ ވީޑިއޯ ލަވަ އަދި 2015 ގައި ނެރުނު "ރީތިކަން" އަކީ ވެސް ޗޮޕްއާޓްގެ މަސައްކަތެވެ.
"އިހުސާސް" ލަވައިގެ ޓީޒާކޮޅެއް.
އެ ލަވަ ކަމުދިޔަ މީހުންނަށް "އިހުސާސް" ވަކި ދުލެއް ނުކުރާނެކަން ޔަގީނެވެ. ލަވަ އަށް އިންތިޒާރު ކުރަމާ ހިނގާށެވެ.
Mooshan ge solo album nerefi
"މޫޝަން މުބާރިކް" އަކީ އަމިއްލަ ރާގުގެ އަށް ލަވަ ހިމެނޭ އަލްބަމެއް.
Mihaaru
އާ ވީޑިއޯ ލަވަ "އިހުސާސް" ގެނެސްދޭނެކަން އިއުލާން ކުރީ އޮކްޓޯބަރު، 13، 2017 ގައި.
މި ލަވައިގެ ވީޑިއޯ ގެނެސް ދޭނެކަން މުންމު އިއުލާން ކުރީ އަލްބަމް ނެރެން އޮކްޓޯބަރު، 13، 2017 ގައި ބޭއްވި ހަފުލާގަ އެވެ. އެހެންވެ މި ލަވައިގެ އިންތިޒާރުގައި އޭނާގެ ބައިވަރު ފޭނުން ތިބޭނެ އެވެ. ފަހަރުގައި މިހާރު ވެސް ތަންކޮޅެއް ލަސްވެއްޖެއޭ ފޭނުން ބުނެފާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy