"މޫޝަން މުބާރިކް" އަކީ އަމިއްލަ ރާގުގެ އަށް ލަވަ ހިމެނޭ އަލްބަމެއް.
14 އޮކްޓޯބަރ 2017 - 14:21
ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަޝްހޫރު ރާއްޖޭގެ ޒުވާން ލަވަ ކިޔުންތެރިޔާ މޫޝަން މުބާރިކް (މުންމު) ގެ ފުރަތަމަ ސޯލޯ އަލްބަމް ނެރެފި އެވެ.
އޭނާގެ ނަމުން ނަން ދީފައިވާ އަލްބަމް ނެރުނީ ސީހައުސްގައި ރޭއް ބޭއްވި ހަފުލާއެއްގަ އެވެ. އަލްބަމް "މޫޝަން މުބާރިކް"ގެ ލަވަތައް މިހާރު ލަވަފޮށިން ލިބެން ހުންނާނެ އެވެ.
އަމިއްލަ ރާގުގެ ހިތްގައިމު އަށް ލަވަ ހިމެނޭ މި އަލްބަމްގައި މުންމު ކުރިން އާންމުންނަށް ދޫކޮށްލައިފައިވާ ވަރަށް މަގުބޫލް ދެ ލަވައެއް ހިމެނެ އެވެ. އެއީ "ރަންނަމާރި" އާއި ވީޑިއޯ ލަވައެއްގެ ގޮތުގައި ގެނެސް ދިން "ރީތިކަން" އެވެ. އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން ދެ ލަވައެއް ވަނީ ބޭރުގެ ޑީޖޭއެއް ކަމަށްވާ އޮސްޓުން ލީޑްސްއާ އެކު ރިމިކްސްކޮށްފަ އެވެ. އެ ދެ ލަވައަކީ "ރީތިކަން" އާއި "އިހުސާސް" އެވެ.
"މޫޝަން މުބާރިކް" އާ ބެހޭ ގޮތުން މުންމު ބުނީ މި އަލްބަމަކީ ދިވެހި ލަވަތަކެއް ހިމެނޭ އަލްބަމަކަށް ވިޔަސް، އަލްބަމް ބޭރު މީހުންނަށް ވެސް ހާއްސަ ކުރާ ކަމަށެވެ. އެގޮތުން އަލްބަމްގައި ހިމެނޭ ލަވަތަކުގެ ދިވެހި ތަރުޖަމާ ވަނީ ކަލެކްޝަންގައި ހިމަނައިފަ އެވެ.
"މޫޝަން މުބާރިކް" ގެ ލޯންޗިންގެ ތެރެއިން.
"ބޭރުގައި ތިބި ފޮރިން ރައްޓެހިންނާއި ދެން ހަމަ އިންޓަނެޝަނަލް މިހުންނަށް މީތި ހާއްސަ ކުރަނީ،" ބައްޕަ އަބްދުﷲ މުބާރިކަށް ޑެޑިކޭޓް ކުރާ އަލްބަމާ ބެހޭ ގޮތުން މުންމު ބުންޏެވެ.
އޭނާ ބުނީ އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން "އިހުސާސް" ލަވައިގެ ވީޑިއޯ ވެސް ވަރަށް އަވަހަށް ފޭނުންނާ ހަމައަށް ގެނެސް ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕުލަސް
14 October 2017
ގުޑް، އެކަމު މިއަށް އެޑް ފައިސާ ދައްކައިގެން އަހަރެމެންގެ ފޭސްބުކަށާއި ޔޫޓިއުބަށް އިރުއިރުކޮޅާ އަރާ ގޮތް ނަހަދައްޗޭ، ކުރީ ފަހަރުވެސް ރީތިކަން ލަވަ މަތިން ފޫހިވާވަރު ކޮށްލީ ވިއްޔަ