ޑާކް ރެއިންގެ މައި ތިން ތަނބު ކަމަށްވާ މޮގާ ކުރީ ބަރިން ވާތް ފަރާތުގައ،ި ޗިއްޕެ މެދުގައި އަދި ޝިނާން ކަނާތް ފަރާތުގައި ބައެއް ތަރިންނާ އެކު.
22 މާޗް 2018 - 06:38
ކާމިޔާބު ފިލްމްތަކެއް ގެނެސް ދެމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓް އިން އަންނަ އަހަރު ތިން ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.
އޭގެ ތެރެއިން އެއް ފިލްމަކީ ޑާކް ރެއިންގެ މައި ޑައިރެކްޓަރު އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ. އެ ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.
ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނި ގޮތުގައި އެ ފިލްމްގެ މަސައްކަތް ފަށަން ވާން ޖެހޭ އެންމެ ފަހުގެ ތައްތާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެހެންވެ އޭގެ ތަފުސީލެއް އަދި ނުދެ އެވެ.
"ޗިއްޕެ މިހާރު އެ އަންނަނީ ފިލްމަށް ތައްޔާރުވަމުން. މި އަހަރު އޭގެ ޝޫޓިން ފަށާނެ،" އޭނާ ބުންޏެވެ.
މިހާރު ވެސް ސިނަމާގައި ދައްކަމުން އަންނަނީ ޗިއްޕެގެ ޑައިރެކްޝަނެކެވެ. އެއީ "ވަކިން ލޯބިން" އެވެ. ކުރިން ބެލެވިފައި އޮތް ގޮތުން ފީޗާ ފިލްމެއްގެ ބަދަލުގައި ޗިއްޕެ ދެން ހަދާނީ ވެބް ސީރީޒް "މާމުއި" އެވެ.
"އެކަމަކު އޭތި ބާއްވާފައި މިހާރު ހަމަ ޗިއްޕެ ހަދާ ފީޗާ ފިލްމަކަށް ފޯކަސް ހުރީ،" މޮގާ ބުންޏެވެ.
އަންނަ އަހަރު ގެނެސް ދޭން ނިންމާފައިވާ ތިން ފިލްމްގެ ތެރެއިން އަނެއް ފިލްމަކީ މި އަހަރު ޑިސެމްބަރުގައި ރިލީޒް ކުރަން ނިންމާފައިވާ "ގޮށްރާޅު" ގެ ޑައިރެކްޓަރު އަހުމަދު ޝިނާން ހަދާ ފިލްމެކެވެ. އެ ފިލްމްގެ ނަމާއި ތަފުސީލްތައް ވެސް އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
މޮގާގެ އެފްބީ ޕޯސްޓެއް.
އެކަމަކު ފިލްމް ސިނަމާ އަށް އަންނާނީ 2019 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އަންނަ އަހަރުގެ ތިން ވަނަ ޕްރޮޖެކްޓަކީ އެޕްރީލްގައި ނެރެން ނިންމާފައިވާ ފިލްމެކެވެ. އެކަމަކު އޭގެ ޑައިރެކްޓަރާއި މުޅި ޕްރޮޖެކްޓް ވެސް އޮތީ ވަންހަނާކޮށްފަ އެވެ.
"އަންނަ އަހަރަކީ ޔަގީނުން ވެސް ބެލުންތެރިންނަށް ޑާކް ރެއިންގެ ވަރަށް ތަފާތު ތިން ފިލްމެއް ގެނެސް ދޭނެ އަހަރެއް،" މޮގާ ބުންޏެވެ. "އެހެންވީމަ އަހަރެންގެ ޝެޑިއުލްތައް ވެސް ވަރަށް ޓައިޓްކޮށް އުޅޭނީ."
ދެހާސް ނަވާރާގައި ތިން ފިލްމް ގެނެސްދޭ އިރު، 2020 ގެ ޕްރޮޖެކްޓެއް ވެސް ޑާކް ރެއިނުން އޮތީ އިއުލާންކޮށްފަ އެވެ. އެއީ ޗިއްޕެ ޑައިރެކްޓް ކުރާ "ވަކިން ލޯބިން" ގެ ދެވަނަ ބައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިޝްކާ
22 March 2018
ދެން ކަލޭތަ ލާންވީ. ބަލަ ތި ރަވީމެން ލައިގެން ފިލްމެއް ނުހިގައޭ. ބޯހަލާކު.
ރިޝްމީ
23 March 2018
އާ ރަވީ ލައިގެން އެއްކަމެއްވެސް ނުވޭ. ހެހެެހހެހެހެހެހެ
ދާލު
22 March 2018
ދެން ލައްކަ އެއްޗިހި ތިހަދަނީ. ޢެއްޗަކަށް އެއްޗެއް ހަދާބަލަ
ދުބޫ
22 March 2018
އަބަދު އެއްބައެއް ލައިގެންތަ މޮގާ އަށް ފިލްމް ހެދެނީ؟ މަށަށް ހީވަނީ ހުސް އެއްފިލްމުހެން... ވ ފޫހިވޭ
ލޮލްލޮލް
22 March 2018
މާމުއި އަކީ ފިލްމެއް. ވެބް ސީރީޒްް އެއް ނޫން. ދެން އަނެއްކާ ވަންހަނާކުރިއްޔޭ؟ ހަހަހަހަހަހަހަހަ