ޕަރިނީތީ: އޭނާގެ ސިންގަލް "މުޖެ ތުމް" ވަރަށް އަވަހަށް ނެރޭނެ.
16 އެޕްރީލް 2018 - 06:36
ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާއަކީ ލަވަ ކިޔަން އާ މީހެއް ނޫނެވެ. އޭނާގެ ފިލްމް "މޭރީ ޕިޔާރީ ބިންދޫ" ގެ ލަވައެއް ވެސް ޕަރިނީތީ ވަނީ ކިޔައިފަ އެވެ.
ޕަރިނީތީ މިހާރު އަންނަނީ ސިންގަލްއެއް ނެރެން ތައްޔާރުވަމުންނެވެ. ޒުވާން ލަކިޔުންތެރިޔާ އަދި މިިއުޒިޝަން އަމާލް މާލިކްގެ މިއުޒިކަށް ގެނެސްދޭ ލަވައިގެ ނަމަކީ "މުޖެ ތުމް" އެވެ. ލަވައިގެ ޅެން ހަދާފައި ވަނީ މަނޯޖް މުންތަސިރް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕަރިނީތީ ވަރަށް އަވަހަށް ލަވައިގެ ރެކޯޑިން ހަދާނެ އެވެ. އަދި މި ލަވަ ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ވީޑިއޯއާ ވެސް އެކުގަ އެވެ. އެގޮތުން ޕަރިނީތީގެ ފަރި ހަރަކާތްތައް ހިމަނައިގެން ވީޑިއޯ ޑައިރެކްޓްކުރާނެ މީހަކު މިހާރު އަންނަނީ ހޯދަމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "މުޖެ ތުމް" ލަވަ ޑައިރެކްޓް ކުރާނީ ބޮލީވުޑްގެ ފާހަގަކޮށްލެވޭ ޑައިރެކްޓަރެކެވެ. އަދި މި ލަވަ އާންމުންނަށް ގެނެސް ދޭނީ މިހާރު ވެސް ހިތްގައިމު ވީޑިއޯ ލަވަތައް ފުލުފުލުގައި ގެނެސް ދެމުން އަންނަ ޓީ-ސީރީޒްގެ ތައްގަނޑާ އެކުގަ އެވެ.
މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ގޯލްމާލް އެގެއިން" އަށް ފަހު، ޕަރިނީތީ، 29، މިހާރު އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އަރުޖުން ކަޕޫރާ އެކު ކުޅޭ "ސަންދީޕް އޯރް ޕިންކީ ފަރާރް" އާއި "ނަމެސްތޭ އިންގްލެންޑް" ގެ އިތުރުން އަކްޝޭ ކުމާރާ އެކު ކުޅޭ "ކެސަރީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy