މުނިފޫހިފިލުވުން / މަރިޔަމް އުނޫޝާ (ކިޑީ)

އުނޫޝާގެ އޮބިނެސް ގެއްލުނު ހިސާބަކީ ކޮބާ؟

ފޮޓޯ: އުނޫޝާ ފޭސްބުކް ޕޭޖު

މަރިޔަމް އުނޫޝާ އަކީ ދިވެހިންގެ މިއުޒިކީ ސްޓޭޖުން އަރައި އުދުހިގެން ދިޔަ އެހެން އެއްވެސް ތަރިއަކަށް ނުދެވޭ ހިސާބަކަށް އަރައިގެން ގޮސްފައިވާ ފަންނާނެއްކަމާ މެދަކު ޝައްކެއް ވެސް ނެތެވެ. އޭނާ އަކީ ފަހުގެ ތާރީޚެއްގައި ދިވެހިން ދުށް އެންމެ ކުޅަދާނަ، އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިޔާއޭ ބުނަން ވެސް ވަރަށް ފަސޭހަ އެވެ. އޭނާގެ އަޑާއި ސްޓާއިލާއި ކޫލްކަމާއި ނަލަކަމާ އެކު އެއީ ފުލް ޕެކޭޖެކެވެ.

"އޮބިނެސް ޓު ދަ މެކްސް" އޭ ކިޔާފައި މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖަށް އުނޫޝާ އުކަމުން އެ ގެންދާ ތައުރީފު ހަގީގަތުގައި އެންމެ ފުރަތަމަ ހައްގުވާ ފަރާތަކީ އަސްލު އޭނާ އެވެ. އެކަމަކު ދެން ބުނަން މި ޖެހެނީ އެ "އޮބިނެސް" ހަމަ އެންމެ ރެއަކުން ގެއްލި، އުނޫޝާގެ އެ މަގްބޫލުކަމާއި މޮޅުކަމާއި ނުފޫޒާއި ގަދަކަން ވެސް ހަމަ ކުއްލިއަކަށް ކުޑަވެ، ނުރައްކަލަަށް ހުށަހެޅިއްޖެ ވާހަކަ އެވެ.

އެހެންވީމަ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާ އަދި އައިޑޮލްގެ ޖަޖިން ޕެނަލް ތިން ސީޒަން ފަތަހަކޮށްލި އެންމެންގެ "ކިޑީ ދައްތަ" ގެ "އޮބިނެސް" ކުއްލިއަކަށް ވަޔަށް އަރައިގެން ދިޔަ ހިސާބަކީ ކޮބައިތޯ ބަލަން އަހަރެމެން އެންމެން ވެސް އެބަޖެހެ އެވެ. އެންމެ މޮޅު އަދި އެންމެ މަގްބޫލު ލަވަކިޔުންތެރިޔާ، ޖަޖިންގެ ޕެނަލްގެ އެންމެ ފޫހި ފަނޑިޔާރަށް ބަދަލުކޮށްލި ސަބަބު ހޯދަން އެބަޖެހެ އެވެ. މިއީ އުނޫޝާގެ އަގުބޮޑު ކެރިއަރާ ވެސް ގުޅިފައިވާ ސީރިއަސް މައްސަލައެކެވެ.

ޖަޒުބާތު ޓު ދަ މެކްސް

މިއީ މިފަހަކަށް އައިސް އައިޑޮލްގެ ޖަޖިން ޕެނަލުން އަހަރެމެންނަށް ފެންނަ އުނޫޝާ ސިފަކޮށްދެވިދާނެ ކުރު އެއްގޮތެވެ. މިފަދަ ޖަޖިން ޕެނަލެއްގައި އިންނަ މީހަކަށް އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ނުކުރެވިއްޖެ ހާލަތެއްގައި ދެން ކަންތައް ވެގެންދާނޭ ގޮތް އުނޫޝާ އެ ވަނީ މީގެ ހަފުތާއެއްހާ ކުރިން ދެއްކި އެޕިސޯޑެއްގައި ނިކަން ރީއްޗަށް މުޅި ރާއްޖެ އަށް ތަމްސީލުކޮށްދީފަ އެވެ. ޖަޒުބާތު ޓު ދަ މެކްސް އަށް އަރައިގެން ގޮސް އެރޭ ކަށި ވެސް ބިންދައިގެން ދިޔައީ އެވެ. އެންމެފަހުން އުނޫޝާ ސާބިތުކޮށްދޭން ބޭނުންވި ޕޮއިންޓްގައި ކިތަންމެ ބަރުދަނެއް ހުއްޓަސް، އެ ވާހަކަ އަށް އެއްވެސް ބައެއްގެ ސަމާލުކަން ނުލިބި ޖަޒުބާތުގެ ޑްރާމާގައި އެންމެން ޖެހި އުނޫޝާ ދެކެ އެންމެން ރުޅިއައީ އެވެ.

އުނޫޝާ އަށް ވުރެ ޝޯގައި ނުފޫޒުގަދަކޮށް މަގްބޫލުކަން ވެސް ހޯދާފައިވާ ޖަޖު އައްފާންގެ އެ ހުރިހާ ވާހަކައަކަށް އުނޫޝާ ރައްދު ނުދީ، ޖަޒުބާތުތައް ކޮންޓްރޯލްކޮށް އެ ހުރިހާ ކަމެއް ހަޖަމުކޮށްލި ނަމަ މި ހަޑިއެއްގެ ތެރެއަށް އުނޫޝާ ނުވެއްޓުނީސްކަން ޔަގީނެވެ. އެކަމަކު ޖަޒުބާތު، އުނޫޝާ އަށް ކެހިދިނީ އެވެ.

ފޮޓޯ: އުނޫޝާ ފޭސްބުކް ޕޭޖު

ޖަޖުކުރުމާއި ފޭވާކުރުން އޮޅުންބޮޅުންވުން

މިއީ މި ސީޒަނުގައި އުނޫޝާ އަށް ކުރަން ފެށި ތުހުމަތެއް ނޫނެވެ. މިކަމަށް ތުހުމަތުކޮށް ބެލުންތެރިންގެ ތީރުތައް އުނޫޝާ އަށް އުކަމުން އަންނަނީ މި ފޯރިގަދަ އައިޑޮލެއްގެ އަލަތު ސީޒަނުން ފެށިގެންނެވެ. މި ވާހަކައިގެ އަނެއްކޮޅަކީ، ވަކި ލަވަކިޔުންތެރިންތަކަކަށް އުނޫޝާ ފޭވާކުރާ ކަމަށް ބުނާ ވާހަކަ އޭނާ އަބަދުވެސް ދޮގުކުރާ ކަމެވެ. އެކަމަކު "އުނޫޝާގެ މެލްޓްޑައުން" ފެނިގެން ދިޔަ އެޕިސޯޑުގައި އޭނާ ވަނީ ފާޅުކަން ބޮޑުގޮތެއްގައި ބައެއް ލަވަކިޔުންތެރިންތައް ކަނޑައެޅިގެން ދަށްކޮށްލުމަށް ފަހު އިންސާފާއި ހަމައިން ކަޓައި، ވަކި ލަވަކިޔުންތެރިޔަކަށް އައިޑޮލްގެ "ރަން މައިކް" ނަގައި ދީފަ އެވެ. މިއީ އުނޫޝާ ވަކި ލަވަކިޔުންތެރިންނަށް ފޭވާކުރާ ކަމަށް ބެލުންތެރިން ބުނަމުން ދިޔަ ވާހަކަ އެންމެންގެ ކުރިމަތީގައި ހަގީގަތަކަށް ބަދަލުކޮށްލި ބޮޑު މަންޒަރެވެ. އުނޫޝާގެ ޖަޖުކުރުމުގެ ފެންވަރާއި ފޭވަރިޓިޒަމް ނިކަން ރަނގަޅަށް ފެނިގެން ދިޔަ ރެއެއް ވެސްމެ އެވެ. އެއަށް ފަހު، އެންމެ އޮބި ޖަޖަކީ ކޮބައިތޯ ސުވާލުކޮށްލުމުން ހުރިހާ ވޯޓެއްގައި ވެސް އުނޫޝާ ދިޔައީ އެންމެ ފުލަށެވެ.

އެހެން ޖަޖުންނަށް ދޭ ރައްދު

އައިޑޮލް ފެށުނީއްސުރެން ޖަޖުންގެ ޕެނަލުން ގޮނޑި ނުގެއްލި މިއަދާ ހަމަ އެންމެ ފަސޭހަކަމާ އެކު ހިންދެމިލި ހަމައެކަނި އާޓިސްޓަކީ އުނޫޝާ އެވެ. ބަޔަކަށް ފޭވާކުރާ ތުހުމަތެއް މި ޝޯ ފެށުނީއްސުރެން އޭނާގެ މައްޗަށް ކުރެވުނަސް ނިމިގެން ދިޔަ ދެ ސީޒަނުގައި ވެސް އުނޫޝާ އަކީ ޖަޖެއްގެ ގޮތުގައި ހިޓެކެވެ. އޭނާގެ ވާހަކަ ގަބޫލުކޮށް މީހުން އިހްތިރާމް ވެސް ކުރި އެވެ. ނަމަވެސް މިފަހުން އުނޫޝާގެ މަގްބޫލުކަން ކުޑަވެ ފާޑުކިޔުން އަމާޒުވެފައިވާއިރު އުނޫޝާ ވެސް ހުރީ މި ރޭހުގައި ވަކި އެއްވެސް ބަޔަކަށް ދޫދޭ ކަހަލަ ރޫހެއްގައެއް ނޫނެވެ. ވަކިން ހާއްސަކޮށް އަލަށް އައި ޖަޖުންތަކެއް މި ސީޒަނާއެކު އުނޫޝާ އަށް ވުރެ ބޮޑަށް އާންމުންގެ މެދުގައި މަގްބޫލުވެ މަޝްހޫރުވެ، ލޯބި ލިބިގެން ދިއުން ވެފައި ވަނީ ފެންނަ ފެނުމަށް އުނޫޝާ އަށް ހަޖަމުކުރަން އުނދަގޫ ކަމަކަށެވެ. އެހެން ނޫން ނަމަ ޖަޖިން ޕެނަލްގައި އުނޫޝާ އަށް ވުރެ ހަގުކޮށް ތިބި ޖަޖުންނާ ދިމާލަށް އެގޮތަށް ފުންމައިގެން ދިއުމުގައި އޮތީ ވަކި ކޮން ބޭނުމެއް ހެއްޔެވެ؟

މިކަން ވެފައި ވަނީ އުނޫޝާގެ ބޮޑު ވެއްޓުމަކަށެވެ.

91 ކޮމެންޓް, 458 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 7%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކިި

22 April 2018

ސައިނާ އަށް ތަ ފޭވާރ ކުރަނީ މަށަށް ފެންނަނީ އަޒަލް އަށް ފޭވާ ކުރާ ތަން

The name is already taken The name is available. Register?

ފާހު

22 April 2018

އައްފާނެ: އަހަންނަށް ވަރަށް ސަޅި އަދި ހާއްސަކޮއް އިމްޕްރޮވައިސް ކޮއްފަ އިން ތަނކޮޅު އަންމަޑޭ: ރޫޅާ އިރާ ކުދި ޒާރާ: އަހަންނަށް ވަރަށް ކަމުދޭ އުނޫޝާ: ޔޫލުކްސް ޕްރިޓީ، ޔުއަރ ފެމިލީ އިސް ސޯ އެޑޯރަބަލް. އޯމައިގޯޑް ހާދަ ރީތި ހެދުމެކޭ (ބުނަން މިއުޅެނީ ތި އުނޫޝާގެ ކަމަކީ އާއިލާގެ ލޯބި ވާހަކަ ދެއްކުމާ، ހެދުމުގެ ރީތި ވާހަކަ ދެއްކުން) ވަރަށް ބޭކާރު އަންހެނެއްތީ

The name is already taken The name is available. Register?

ެިިޮތިބުނިހެން

22 April 2018

އެކިމީހުން ސަމާލުކަން ހޯދަންކުރަނީ އެކިގޮތަށް އެކިކަންކަން ކޮއްގެން އެކަންހަމަޖެއްސޭ ގޮތަކަށް، އެހެންވީމަ އުނޫޟާ މިއޮތީ އެކަން ދައްކުވައިދީފަ، އެކަމް ދެރަކަމަކީ ޖަޖްކުރަން އިނދެގެން އަދި ލަވަކިޔާ މީހަކަށްވެހުރެ މިކަހަލަ ގޮތަކަށް ދިޔާމަ، ދެން ފަހަރެއްގަ ވެދާނެ ލަވަކިޔާ ކުދިންނަށް ފޭވާ ކުރުމާ ހެއްދުމާ އޮޅުވާލުމަކީ އުނޫޟާގެ އިތުރު ހުނަރެއް ކަމަށްވެސް، ދެންކޮންމެ އަކަސް ގޮތްނިށްމާނީ ބެލުންތެރިން، މީ އަޅުގަނޑުގެ ހިޔާލު.

The name is already taken The name is available. Register?

ޏ އައިކު

22 April 2018

ކިޔާ ނިމުނުއިރުވެސް ނޭގުނު ލިޔުންތެރިޔާ ބުނަން އުޅުނީ ކީކޭ ކަމެއް.

The name is already taken The name is available. Register?

ކެނެޑީ

22 April 2018

މަށަށްވެސް ވީ ތިހެނޭ އެހެންވެ ކޮމެންޓް ސެކްޝަނަށް މިހާރު މިއައީ އެއްޗެއް ފަހުމްވޭތޯ

The name is already taken The name is available. Register?

ޖުނޫ

21 April 2018

އެންމެނަށް ހާމަވާ ހަޤީޤަތަކީ އުނޫޝާ ހަަމަ ސައިނާ އަށް ފޭވާރ ކުރާކަން ... ދުވަހަކު ކަޑަކަމެއް ނުފެނޭ ސައިނާ ކިބައިން .. އެވަރިހަމަ ރޯގާ ޖެހިގެން ނުކިޔުނަސް . ރޭގަވެސް މާ މޮޅުކޮށް ލަވަކީ ކުދިން ތިބި އެކަމު ސްޓޭންޑިންގ އޮވޭޝަން ވެސް ދިނީ ސައިނާއަށް ... ޖަޖު އަންމަޑޭވެސް މައިގެ ޕާރފޯމަންސް ވީދާކުދި ކުދި ކޮށްފިޔޭ ކިޔާފަ .. ޒާރާވެސް އަދި އައްފާން ވެސް ރަގަޅުކޮށްލަން ޖެހޭ ކަމެއްނެތް އިރު މައި އަށް ސްޓޭންޑިންގ އޮވޭޝަން ނުދިނީ ކިޑީ ދައްތަދެކެ ބިރުންބާ އޭ ހިތައްއަރާ ... އަދި ތަސް ފަކީރު އަށްވެސް އުނޫޝާ ޖައްސާލާފަ ހުންނަހެން ހަމަ ހީވަނީ .. ....ޓްވިޓަރ އަށް ބަލާލީމަވެސް އިންގޭ އެންމެ އާންމުންނަށް ކަމުދިޔައީ މައިޝާގެ ލަވަ... ވަރަށް ދެރަކަމެއް ޖަޖުން މިހެން ތަފާތުކުރުން ގެންގުޅޭތީ .... އައިޑަލްގެ މެނޭޖްމަންޓުން މިކަމާ ޖަޖުންނަށް ލެކްޗަރެއް ދޭންވީނު ... ސްޓޭންޑިންގ އޮވޭޝަން ދޭންވީ ކޮން ކަހަލަކަންތަކަށް ބަލާފަ ކަންވެސް ބުނެދޭންވެއްޖެ ... އަޅެފަހެ!

The name is already taken The name is available. Register?

ސިޓީ

21 April 2018

އުނޫޝާ ދައްތަ، ހާދަ ގިނަ ޑިސްލައިކެއް ތިހޯދަނީ! އޭރުވެސް މަ ބުނިން 'ފެއަރނެސް ޓް ދަ މެކްސް' ގަ ބަހައްޓާށޭ. ހެދުނު ގޯސްތަކަށް މާފައް އެދި، އަޚްލާގީ މިންގަނޑު ރަނގަޅުކޮށްލުމައް ފެނޭ.

The name is already taken The name is available. Register?

ސީލާ

21 April 2018

ތިދެންކާކު

The name is already taken The name is available. Register?

ލޮލަޓި

21 April 2018

މިކޮމެންޓުވެސް ޖަހާލަދޭނެ ކަމަށް ހީކުރަން. ހިއެއްނުވޭ ޖަހާދޭނެހެނެއް. އެކަމަކު ޖަހައިދީފިއްޔާ ބުނާނަން މިހާރަކީ ބެލެންސް ނޫހެކޭ. ތިވާގޮތަކީ މީ! މީވަރަށް ވާހަކަ. ކިޑި ދައްތަގެ އަގުދެންދާނީ ވެއްޓެމުން. ސަބަބަކީ ކިޑި އެކަންޏެއް ނޫން. ޑިންބާ ގުރޫޕު ތިތަނަށް ގާތްކުރިހިސާބުން އެހެންވާނެކަން ފެށުނުތަނުންވެސް މަށަށް އެނގުނު.

The name is already taken The name is available. Register?

ފަސީ

23 April 2018

ތި ބުނަން އުޅޭ އެއްޗެއް އިނގޭ ގޮތަށް ބުނައްޗޭ!

The name is already taken The name is available. Register?

ޛިިރަ

21 April 2018

ޢައްފާންްަ އަދި ޒާރާ ކުދިންގެ ހިތްމަރާާލަނީ

The name is already taken The name is available. Register?

ހާމަ333

21 April 2018

މަށަށްފެނޭ މިގައުމުގަ ވޯކަލް އެންޑް މިއުޒިކް ކިޔަވާދޭން ފަށަން..އޭރުން އަންޕްރޮފެޝަނަލަޒިމް ގެ ކަންތައް ރަނގަޅުވާނެ...ތެދެއް ބަލަން ހުންނައިރު މަށަށްވެސް އުނޫޝާ ވަކި ކުއްޖަކަށް ފޭވާކުރާހެން ހީވޭ...ދެން އައްމަޑޭ ވެސް އަސްލު މީހާގެ ފިސިކަލް އެޕެއަރެންސް އަހަރުމެންގެ އިސްލާމީ ދިވެހިންގެ މިންގަނޑާ ނުގުޅޭ...ގައުމީޓީވީން ދައްކާ މުޅިގައުމުގެ އިވެންޓަކަށް ނަމޫނާއަކަށް ނަގަން ކަންފަތުގެ ގަހަނާ ލައިގެން އަންހެން ކުއްޖެއްހެން ހެދުން ޖަރީކޮށްގެން ހުންނަ މީހަކު ކަމަކު ނުދާނެ...ގައިމު ދިވެހިންނަށްވުރެ އެތައް ގުނައެއް މޮޅު ލަވަކިޔުންތެރިން އިންޑިއާގަ އެތިބީ...މާ މަޝްހޫރުވެސްމެ....ކިހާ ޑީސެންޓްކޮށް ކިހާ ނަލަކޮށް އެތިބެނީ....ރާއްޖެއަށް ބަލަންޏާ މިހާރު ކުޑައިއްބެ ވެސް ރަނގަޅު...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454