ނުޕޫރް: އޭނާއަކީ ލަވަ ވެސް ކިޔާ ފަންނާނެއް.
13 މެއި 2018 - 06:58
ޓައިގާ ޝްރޮފާ އެކު 2013 ވަނަ އަހަރު ފިލްމް "ހީރޯޕަންޓީ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ކިރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން ވެސް ބޮލީވުޑަށް ނުކުތުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ނުޕޫރް، 23، ދާދި ފަހުން ވަނީ ކަވަ ލަވަތަކުން ވެސް އޭނާގެ ލަވަ ކިޔުމުގެ ހުނަރު ވެސް ދައްކާލައިފަ އެވެެ. ރިޕޯޓްތައް ބުނާ ގޮތުން ދައްތަގެ ފިޔަވަޅު މަތިން އެކްޓިން އިން ކުރިއަށް ދިއުމަށްޓަކައި ނުޕޫރް މިހާރު އަންނަނީ ޓްރޭނިންތަކެއް ވެސް ހަދަމުންނެވެ. އެގޮތުން މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އާއި ޕްރަޝާންތު ސިންގް އަދި އަބިޝެކް ޕާންޑޭގެ ބެލުމުގެ ދަށުން ނުޕޫރް އަންނަނީ އެކްޓިން ވޯކްޝޮޕްތަކެއްގައި ވެސް ބައިވެރިވަމުންނެވެ.
އެކްޓިން ކުލާސްތަކުގެ އިތުރަށް ނުޕޫރް މިހާރު އަންނަނީ ޑާންސް ކުލާސްތަކާއި ހަށިގަނޑު ރީތި ކުރުމަށް ޖިމް ސެޝަންތަކެއް ވެސް ނަގަމުންނެވެ.
އެކްޓް ކުރުމުގެ އިތުރަށް ނުޕޫރަކީ ލަވަ ކިޔުމުގެ ހުނަރު ވެސް ލިބިފައިވާ މީހެކެވެ. އެހެންވެ ބޮލީވުޑްގައި އެކްޓިން އާއި ލަވަ ކިޔުމުގެ ކެރިއާއެއް ބިނާ ކުރަން ނުޕޫރް ބޭނުންވާ ކަމަށްވެ އެވެ.
ނުޕޫރް، ދައްތަ ކިރިތީއާ އެކު.
ނަމަވެސް ނުޕޫރްގެ ފުރަތަމަ ފިލްމަކަށް ވާނީ ކޮން ފިލްމެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު މާ ލަސްތަކެއް ނުވެ އޭނާ ބޮޑު ސްކްރީނުން ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެ އެވެ.
ކިރިތީއަކީ މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ އެންމެ އުންމީދީ އެއް ބަތަލާއެކެވެ. އޭނާ ކުޅުނު ފިލްމްތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި "ބެރިލީ ކީ ބަރްފީ" އާއި ޝާހްރުކް ހާންގެ "ދިލްވާލޭ" އަދި "ރާބްތާ" ހިމެނެ އެވެ.
ކިރިތީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "އަރުޖުން ޕަޓިއާލާ"، "ހައުސްފުލް" އަދި "ޕަނިޕަޓް" ހިމެނެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ކޮއްކޮ އިން މީގެ ކުރިން ވެސް ބޮލީވުޑަށް ނުކުމެ ޖާދޫ ދައްކަން މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު ކަރިޝްމާ ކަޕޫރްގެ ކޮއްކޮ ކަރީނާ ކަޕޫރް ފިޔަވައި އެކަހަލަ މާ ގިނަ ބަތަލާއިންނަކީ ކާމިޔާބު ބައެއް ނޫނެވެ.
Neha Sharmage kokko Aisha ves Bollywood ah
The most trusted news source in the Maldives
Mihaaru
އައިޝާ އާއި ނޭހާ ޝަރްމާގެ ކޮއްކޮ.
އޭގެ ތެރޭގައި ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ އާއި ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީ މިސާލަކަށް ނެގި ދާނެ އެވެ. އެ ބަތަލާއިންނަކީ ދައްތަ އިން ހޯދި ކާމިޔާބާ ގާތް ވެސްކޮށްލެވުނު ބަތަލާއިންނެެއް ނޫނެވެ.
ބަތަލާ ނޭހާ ޝަރްމާގެ ކޮއްކޮ އައިޝާ ޝަރްމާ ވެސް މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަނުންނެވެ. އެއީ ޖޯން އަބްރަހަމްއާ އެކު ކުޅޭ ފިލްމް ސަތިޔަމޭވް ޖަޔަތޭ (އެސްއެމްޖޭ) އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy