އެލްޓަން ޖޯން: ހޮނިހިރު ދުވަހު ބާއްވާ ޝާހީ ކައިވެނީގައި ޕަފޯމް ކުރާނެ.
18 މެއި 2018 - 08:15
މާދަމާ އޮންނަ، ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާގައި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ޕަފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަފުލާގައި ޕަފޯމް ކުރާ ފަންނާނުންގެ ތެރޭގައި 71 އަހަރުގެ ލަވަކިޔުންތެރިޔާ ބައިވެރި ވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ކެންސިންޓަން ޕެލަސް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ގަނޑުވަރުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ވިންސާ ކާސަލްގެ އެސްޓީ ޖޯޗް ޝެޕެލްގައި ކުރިއަށްދާ ކޮއާގެ ރިހާސަލްތަކެއްގެ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.
Led by Director James Vivian, the St. George's Chapel Choir were in rehearsal for the wedding of Prince Harry and Ms. Meghan Markle yesterday. #RoyalWedding pic.twitter.com/jAORFeV6Ca
— The Royal Family (@RoyalFamily) May 17, 2018
ކެންސިޓަން ޕެލަސްގެ ޓްވީޓެއް.
އެލްޓަން ވަނީ މީގެ 21 އަހަރު ކުރިން އަވަހާރި ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާގެ ޖަނާޒާގައި ވެސް ވަރަށް އަސަރު ގަދަ ލަވައެއް ހުށަހަޅައި ދީފަ އެވެ. އެއީ "ކެންޑްލް އިން ދަ ވިންޑް" އެވެ.
ޝާހީ ކައިވެނީގެ ހަފުލާގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، ރިޕޯޓްތައް ބުނާ ގޮތުން އެ ހަފުލާގައި އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ އެޑް ޝީރަން ވެސް ޕަފޯމް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy