މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ބަގަޅޭ: ތަފާތު ފިލްމެއް، ދިވެހި ސިނަމާ އަށް ބަދަލެއް ގެނުވާނެ

މަދޮށިޕް ސްޓޫޑިއޯގެ މަސައްކަތުގެ ތެރެއިން.

ދިވެހި ފިލްމީ ދާއިރާ އަށް ބަދަލުތަކެއް ބޭނުންވާކަން އެންމެން ވެސް ގަބޫލުކުރެ އެވެ. އެ ބަދަލުތައް މިހާރަކަށް އައިސް ފެންނަމުން ވެސް ދެ އެވެ. ތަފާތު ރަހަތަކުގެ އަދި ކޮލިޓީ ފިލްމްތައް މިހާރު އަންނަނީ ހަދަމުންނެވެ. އަދި ހަދަން މަސައްކަތް ވެސް ކުރަމުންނެވެ.

ދިވެހި ސިނަމާ އަށް އަނެއްކާވެސް މިއީ ބަދަލައެއް އައުމުގެ މަރުހަލާއެއް ކަމަށް ބެލެވިދާނެ އެވެ. މުޅިން އާ ސްޓޫޑިއޯކުން މިހާރު މި ވަނީ ފީޗާ ފިލްމެއް ސްކްރީނަށް ގެނައުމުގެ ތައްޔާރީތައް ވާން ފަށައިފަ އެވެ. އެއީ މަދޮށިޕް ސްޓޫޑިއޯ އެވެ.

އެ ނަން ފަހަރުގައި ގިނަ ބަޔަކަށް އާ ވެދާނެ އެވެ. އެކަމަކު އަލަކަސް އެއީ ކުޅަދާނަ ވެސް ސްޓޫޑިއޯއެކެވެ. މިދިޔަ ރޯދަ މަހު މަޝްހޫރުވި އުރީދޫގެ "ޔޫސުފް" އިޝްތިހާރު އެއީ މަދޮށިފްގެ އުފެއްދުމެކެވެ. މޮޅެއް ނޫންހެއްޔެވެ؟

އަންނަ މަހު ރިލީޒް ކުރާ ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ"ގެ ސިނަމަޓޮގްރަފީ އާއި ޓެކްނިކަލް އެހެން މަސައްކަތުގެ މުގުލުގައި ވެސް އޮތީ ހަމަ މަދޮށިޝިޕެވެ.

މަދޮށިޕުން ހެދި އުރީދޫ އިޝްތިހާރު

އެ ސްޓޫޑިއޯ އިން މިހާރު އަމާޒު ހިފާފައި ވަނީ އެ މީހުންގެ ފުރަތަމަ ފީޗާ ފިލްމް މި އަހަރު ސްކްރީނަށް ގެންނާށެވެ. ފިލްމުގެ ވާކިން ޓައިޓްލްއަކަށް ހަމަޖައްސައިފައި ވަނީ "ބަގަޅޭ" އެވެ. އެއީ ފިލްމުގައި އުޅޭ ކެރެކްޓާއެއްގެ ނަމެވެ.

"ބަގަޅޭ"ގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

"ބަގަޅޭ" ލިޔެ، ޑައިރެކްޓް ކުރަނީ ފީޗާ ފިލްމެއްގެ މަސައްކަތަށް މުޅިން އާ މީހެކެވެ. އެއީ އަހުމަދު ސައީދު (އަންދު) ވެ. އެކަމަކު އޭނާއަކީ ފިލްމް މޭކިން ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޒުވާނެކެވެ.

"ބަގަޅޭ" ގެ ޕްރޮޑިއުސަރު އަދި މަދޮށިޕްގެ ސީއީއޯ އާރިފް އަބްދުﷲ ބުނީ މިހާރު ތާވަލު ކުރެވިފައި އޮތް ގޮތުން އަންނަ ސެޕްޓެމްބަރު މަހު ފިލްމް ޝޫޓިން ފަށާނެ ކަމަށެވެ.

މަދޮށިޕްގެ ސީއީއޯ އަދި "ބަގަޅޭ" ގެ ޕްރޮޑިއުސަރު އާރިފް (ކ) އެކު ޓީމްގެ ބައެއް މެމްބަރުން މަސައްކަތުގައި.

"ޝޫޓިން ނިންމައިލެވޭނެ ކަމަށް މި ބަލަނީ ސެޕްޓެމްބަރުގެ ނިޔަލަށް. ރޭވިފައިވާ ގޮތަށް ކަންތައްތައް ދާ ނަމަ ސެޕްޓެމްބަރު ފަސްޓްގައި ޝޫޓިން ފަށައި ސެޕްޓެމްބަރު އެންޑަށް ނިންމައި ލެވޭނެ،" އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށް މިހާރުގެ މުޖުތަމައުގެ ތެރެއިން ކުރިމަތިލާންޖެހ ކަންތައްތަކެއް ދައްކުވައިދޭ ފިލްމާ ބެހޭ ގޮތުން އާރިފް ބުންޏެވެ. "ފިލްމް މި އަހަރު ސްކްރީނަށް އައުމަކީ ވެސް އެކަށީގެންވާ ކަމެއް. މަސައްކަތް ކުރާނަން މި އަހަރު ފިލްމް އެޅުވޭތޯ."

އޭނާ ބުނީ މިލިއަނެއްހާ ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭ ފިލްމް ޝޫޓް ކުރާނީ މާލޭގައި ކަމަށެވެ.

ފިލްމަށް ބޭނުންވާ ބައެއް ކާސްޓުން ހޯދަން ވެސް މަދޮށިޕުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އަތޮޅު ތެރެއިން ޝައުގުވެރިވާ ޒުވާނުންނަށް ވެސް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

މަދޮށިޕުން ބުނީ އަތޮޅުތަކުން "ބަގަޅޭ" އަށް ހޮވޭ ޒުވާނުންނަށް ފިލްމުގެ ޝޫޓިން އަށް ހޭދަވާ މުއްދަތުގެ ތެރޭގައި މާލޭގައި ތިބުމުގެ ހަރަދު ވެސް ދޭނެ ކަމަށެވެ.

ފިލްމް "ބަގަޅޭ" އަށް ކާސްޓުން ހޯދަން ފުރުސަތު ހުޅުވާލާފައި.

މީގެ އިތުރުން ފިލްމުގެ އެކި ޑިޕާޓްމަންޓްތަކަށް ވެސް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

"މުޅިން އާ ކާސްޓުންނާ އެކު ފިލްމީ ދާއިރާގައި މިހާރު ތިބި ބައެއް ތަރިން ވެސް ފިލްމުން ފެނިގެން ދާނެ،" އާރިފް ބުންޏެވެ.

އޭނާ ބުނީ ބޭނުން ވަނީ ދިވެހި ސިނަމާ އަށް ބަދަލެއް ގެނެވޭ ވަރުގެ ފިލްމެއް ހަދަން ކަމަށެވެ. އެހެންވެ މޮޅު، ފުރިހަމަ އަދި ތަފާތު ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން މުޅި ޓީމް މަސައްކަތް ކުރާނެ ކަމަށް އާރިފް ބުންޏެވެ.

"މިހާރު މި ހުޅުވާލި ފުރުސަތުގައި އިންޓްރަސްޓް ހުރެެގެން އަންނަ ކުދިންނަށް އަހަރެމެން ތަޖުރިބާކާރު މީހުންނާ އެކު ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންދާނަން،" އޭނާ ބުންޏެވެ. "ދެން އޭގެ ތެރެއިން ހޮވާލެވޭ ކުދިން މި ޕްރޮޖެކްޓަށް ނަގާނީ."

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454