"ކިޒީ އޯރް މެނީ" ގެ ޕޯސްޓަރު.
11 ޖުލައި 2018 - 07:34
ދެހާސް ސާދައިގައި ރިލީޒް ކުރި ހޮލީވުޑްގެ މަޝްހޫރު ފިލްމް "ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކިން އަށް ވަރަށް ތަފާތު ނަމެއް ދިނުމަށް ފަހު، ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައި، ހޯމަ ދުވަހު ޝޫޓިން ފަށައިފި އެވެ.
މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށް ދީފައިވާ ނަމަކީ "ކިޒީ އޯރް މެނީ" އެވެ.
ޖަމްޝޭދްޕޫރްގައި މިހާރު ޝޫޓިން ކުރިއަށްދާ ފިލްމްގެ ލިޑް ރޯލުން ފެނިގެން ދާނީ ސުޝާންތު ސިންގް ރާޖްޕޫތާއި މީގެ ކުރިން "ރޮކްސްޓާ" ގައި ކުޑަ ރޯލެއް ކުޅުނު ބަތަލާ ސަންޖަނާ ސަންގީ އެވެ.
Sushant Singh Rajput and Sanjana Sanghi... First look poster of #KizieAurManny... An official adaptation of #TheFaultInOurStars... Directed by Mukesh Chhabra... Music by AR Rahman... Shoot starts today in Jamshedpur. pic.twitter.com/Xm7GgZzae9
— taran adarsh (@taran_adarsh) July 9, 2018
"ކިޒީ އޯރް ނެނީ" ގެ ޕޯސްޓަރު.
"ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކިންއެއް ހަދާތީ އެ ވާހަކަ ލިޔުނު ޖޯން ގްރީން ވަނީ އެކަމަށް މަރުހަބާ ކިޔައި، ފިލްމަށް އިންތިޒާރު ކުރާ ކަމަށް ބުނެ އެވެ. އޭނާގެ ވާހަކަ އަށް ހަމަ އެ ނަމުގައި ޖޯޝް ބޫން ޑައިރެކްޓް ކުރި ފިލްމްގައި ލީޑް ރޯލް ކުޅުނީ ޝައިލީން ވުޑްލީ އާއި އެންޒެލް އެލްގޮޓް އެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ފޯލްޓް އިން އަވާ ސްޓާޒް" ގައި ކިޔައި ދެނީ ކެންސަރުގެ ޝިކާރަކަށްވެފައިވާ ޒުވާން ދެ ލޯބިވެރިއެއްގެ ވާހަކަ އެވެ.
ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދޭ "ކިޒީ އޯރް މެނީ" ރިލީޒް ކުރާ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy