"ހެލޯ ހެލޯ" ލަވައިގެ މަންޒަރެއްގައި މަލައިކާ.
07 ސެޕްޓެމްބަރ 2018 - 07:26
މަލައިކާ އަރޯރާ ބޮލީވުޑްގައި މަޝްހޫރީ އައިޓަމް ގާލްއެއްގެ ގޮތުގަ އެވެ. އޭނާގެ ފަރި ނެށުންތައް ފެނިގެންދާ ގޮސްފައިވާ ވަރަށް ގިނަ ލަވަތަކެއް ފިލްމްތަކުން ފެނިގެން ގޮސްފައިވާނެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ޝާހްރުކް ހާންގެ ފިލްމް "ދިލް ސޭ" ގައި ހިމެނޭ "ޗައްޔާ ޗައްޔާ" އާއި ސަލްމާން ހާންގެ "ދަބަންގް" ގެ "މުންނީ ބަދްނާމް ހުއީ" ހިމެނެ އެވެ.
އެކްޓަރު އަރްބާޒް ހާންގެ ކުރީގެ އަންހެނުންގެ އައިޓަމް ލަވަތަކަށް ލޯބި ކުރާ މީހުންނަށް އަނެއްކާ ވެސް އާ ލަވައެކެވެ.
މަލަކައިކާ މި ފަހަރު ފެނިގެން ދާނީ "ހެލޯ ހެލޯ" ކިޔާ އަައިޓަމް ލަވައަކުންނެވެ. ލަވަ މިހާރު އާންމުންނަށް ދައްކައި ވެސް ލައިފަ އެވެ. މި ލަވައަކީ މި މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރާ ވިޝާލް ބަރަދްވާގެ ފިލްމް "ޕަޓާހާ" ގެ ލަވައެކެވެ.
Hello Hello 📞📞
— Malaika Arora KhanFC (@MallaAroraFC) September 5, 2018
malaikaarorakhanofficial is back ! Song out now! https://t.co/aWieP9cGJN#malaikaarora #malaikaarorakhan #bollywood #hellohello #india #mumbai… https://t.co/BU83Qw632a
"ހެލޯ ހެލޯ" ލަވަ.
އަންހެން ދެބެއިންގެ ވާހަކަ ކިޔައިދޭ ފިލްމްގައި ހިމެނޭ "ހެލޯ ހެލޯ" ލަވައަކީ ރަށްފުށުގެ އިހުސާސްތައް ގެނުވައިދޭ ރަސްޓިކް ލަވައެކެވެ. މި ލަވަ ކިޔާފައި ވަނީ މީގެ މިއުޒިކް ވެސް ތައްޔާރު ކުރި ވިޝާލްގެ އަންހެނުން ރޭކާ ބަރަދްވާޖް އެވެ.
ގުލްޒާރު ޅެމަށް ކިޔާފައިވާ ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ގަނޭޝް އަޗަރިއާ އެވެ. "ޕަޓާކާ" ގައި ލީދް ރޯލް ކުޅެފައި ވަނީ ސުނިލް ގްރޯވާ އާއި ސާނިޔާ މަލްއުތުރާގެ އިތުރުން ރާދިކާ މެނަން އެވެ.
ބަލްގޭރިއާގައި މިހާރު ޝޫޓް ކުރަމުން އަންނަ އާލިއާ ބަޓާއި ރަންބީރު ކަޕޫރްގެ ފިލްމް "ބުރައްމަސްތުރާ" ގެ ސެޓަށް އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ޒިޔާރަތެއްކޮށްފި އެވެ. ޕްރެޒިޑެންޓް އޮފް އިންޑިއާގެ އިންސްޓަގްރާމްގައި ވަނީ ސެޓްގައި ކާސްޓާއި ކްރޫ މެމްބަރުންނާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.
މިއީ ބަލްގޭރިއާ ރައީސް ކުރައްވަމުން ގެންދަވާ ދަތުރެއްގެ ތެރެއިން "ބުރައްމަސްތުރާ" ގެ ސެޓަށް ކުރެއްވި ޒިޔާރަތެކެވެ.
ރައީސް ރާމް "ބުރައްމަސްތުރާ" ގެ ޓީމާ އެކު.
ބަލްގޭރިއާގައި "ބުރައްމަސްތުރާ" ގެ ޝޫޓިން ކުރިއަށްދާތާ ދުވަސްތަކެއްވެފައިވާ އިރު، މީގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަބް، ޑިމްޕަލް ކަޕާޑިއާ، ނާގުރްޖުނާ އަކިނޭނީ އަދި މޯނީ ރޯއި ހިމެނެ އެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މި ފިލްމް ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ.
ސިނަމާތަކުގައި މިހާރު ބެލުންތެރިން ބިރު ގަންނުވާލައި އަދި ހެއްވައި ވެސް ލަމުން އަންނަ ކާމިޔާބު ފިލްމް ހޮރޯ/ކޮމެޑީ "ސްޓްރީ" އަކީ ތިން ފިލްމްގެ މައްޗަށް އެކުލެވޭނެ ޓްރިލޮޖީއެއް ކަމަށް މީގެ އެއް ޕްރޮޑިއުސަރު އަދި ކޯ-ރައިޓަރު ރާޖް ނިދިމޮރޫ ބުނެފި އެވެ.
އޭނާ އެކަން ކަށަވަރުކޮށް ދިނީ ބޮކްސް އޮފީހުގައި ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު، މީގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާކަން ފިލްމް ގެނެސް ދިން މެޑޮކް ފިލްމްގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނެފައި ވަނިކޮށެވެ.
ރާޖް ބުނި ގޮތުގައި "ސްޓްރީ" ގެ ވާހަކައަކީ އަދިވެސް ބެލުންތެރިންގެ ޝައުގުވެރިވާ ގޮތަށް ދިގުދެންމިދާނެ ކަހަލަ ވާހަކައެކެވެ. އެހެންވެ ކްރިޝްނާ ޑީކޭއާ ދެ މީހުންވެގެން މީތި ޓްރިލޮޖީއެއްގެ ގޮތުގައި ލިޔާނެ ކަމަށް ބުންޏެވެ. ފިލްމްގެ ދެވަނަ ބައިގެ މަސައްކަތް އަންނަ އަހަރު ފަށަން ވަނީ ނިންމައިފަ އެވެ.
އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ "ސްޓްރީ" ގެ ތަރިންނަކީ ރާޖްކުމާރް ރާއޯ އާއި ޝްރަދާ ކަޕޫރެވެ. މި ފިލްމަށް މިހާތަނަށް ވަނީ 63.93 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.
ހިންދީ ސިނަމާގެ ރަން ޒަމާނުގައި ވަރަށް ވެސް ކާމިޔާބު އަދި އެހާމެ ރީތި ފިލްމްތަކެއް ކުޅެފައިވާ ދިލިޕް ކުމާރް ހޮސޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފަ އެވެ. އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން އާއިލާ އިން ކިރި ޓްވީޓެއްގައި ބުނީ 95 އަހަރުގެ އެކްޓަރު މުމްބާއީގެ ލީލަވަތީ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މޭމަތީގައި އިންފެކްޝަނެއް އުފެދިގެން ކަމަށެވެ.
Saab has been admitted to Mumbai’s Lilavati Hospital as he was bit uneasy due to a chest infection. He’s recuperating. Requesting your duas and prayers. -FF
— Dilip Kumar (@TheDilipKumar) September 5, 2018
ދިލިޕް ކުމާރްގެ ޓްވީޓް.
ހޮސްޕިޓަލާ ހަވާލާދީ އާއިލާ އިން ފަހުން ބުނީ ދިލިޕްގެ ހާލު ރަނގަޅު ކަމަށާއި މުސްކުޅި ބަލި ފިޔަވައި ސީރިއަސް ސިއްހީ މައްސަލައެއް ނެތް ކަމަށެވެ. މީގެ ކުރިން ވެސް ވަރަށް ގިނަ ފަހަރު މަތިން އޭނާ ބަލިވެގެން އެޑްމިޓްކޮށްގެން ފަރުވާ ދީފައވެ އެވެ.
ކުރީގެ ބަތަލާ ސާއިރާ ބާނޫގެ ފިރިމީހާ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި މުގްލޭ އާޒަމް، ނަޔާ ދައުރު، ދޭވްދާސް އަދި އަންދާޒް ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ ފިލްމް "ނަމަސްތޭ އިންގްލެންޑް" ގެ ޓްރެއިލާ ދައްކާލައިފި އެވެ. މި ފިލްމަކީ އަންނަ މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
How far can you go for love? Presenting the #NamasteEnglandTrailer. https://t.co/elWUbXNaJc@NamasteEngFilm @ParineetiChopra @RelianceEnt @PenMovies #VipulAmrutlalShah @jayantilalgada @sonymusicindia @erosnow #BlockbusterMovieEntertainers
— Arjun Kapoor (@arjunk26) September 6, 2018
"ނަމަސްތޭ އިންގްލެންޑް" ގެ ޓްރެއިލާ.
"ނަމަސްތެ އިންގްލެންޑް" އަކީ ވިޕުލް ޝާހް 2007 ގައި އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިް ހިމަނައިގެން ގެނެސް ދިން ކާމިޔާބު ފިލްމް "ނަމަސްތޭ ލަންޑަން" ސީރީޒްގެ ބައެކެވެ.
އަރްޖުން އާއި ޕަރިނީތީ އެންމެ ފުރަތަމަ އެކުގައި މަސައްކަތް ކުރި ފިލްމަކީ އަރްޖުން 2012 ގައި ބޮލީވުޑަށް ނުކުތް "އިޝަގްޒާދޭ" އެވެ. "ނަމަސްތޭ އިންގްލެންޑް" އަކީ އެ ފިލްމަށް ފަހު ދެ ތަރިންގެ ޖޯޑު އެކީގައި ސްކްރީނުން ފެނިގެންދާ ދެވަނަ ފިލްމެވެ.
އަރްޖުން އާއި ޕަރިނީތީ ވަނީ އެކުގައި ތިން ވަނަ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ އަންނަ އަހަރު މާޗްގައި ރިލީޒް ކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ""ސަންދީޕް އޯރް ޕިންކީ ފަރާރް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy