މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑިގަންގަނާ: "ޖަލޭބީ" އިން ބޮލީވުޑަށް ތައާރަފުވެގެން ދާނެ.

11 ސެޕްޓެމްބަރ 2018 - 09:12

ކޮމެޑީ ޝޯތަކަށް ލޯބިކުރާ މީހުންގެ އިންތިޒާރީ އަށް މިހާރު ނިމުމެއް އަންނަނީ އެވެ. ސޮނީ ޓީވީން ގެނެސްދެމުން ގެންދިޔަ މަގުބޫލް ޝޯ "ކޮމެޑީ ސާކަސް" ދެއްކުން ހުއްޓައިލިތާ ގާތްގަނޑަކަށް ފަސް އަހަރުން ފަހުން މީގެ އާ ސީޒަނެއް ބެލުންތެރިންނާ ބައްދަލުކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ޖުމްލަ 18 ސީޒަނެއް ގެނެސްދިން "ކޮމެޑީ ސާކަސް" ސޮނީން އެންމެ ފުރަތަމަ ގެނެސް ދެނީ 2007 ގަ އެވެ. "ކޮމެޑީ ސާކަސް" އަކީ މި ފަހުން އިންޑިއާގައިގައި ބޮޑު މަޝްހޫރު ކަމަކާއި މަގުބޫލު ކަމެއް ހޯދި ގިނަ ކޮމެޑީއަނުން އުފެއްދި ޝޯ އެވެ. އޭގެ ތެރޭގައި ކަޕިލް ޝަރްމާ، ބާރްތީ ސިންގް، ކްރުޝްނާ އަބިޝެކް، ސުދޭޝް ލެހެރީ އަދި އަލީ އަސްގަރް ފަދަ ފަންނާނުން ހިމެނެ އެވެ.

މި ޝޯގެ ޖަޖްކަންކޮށްފައިވާ މީހުންގެ ތެރޭގައި އެކްޓަރު އަރްބާޒް ހާނާއި އޭނާގެ ކޮއްކޮ ސޮހައިލް ހާން، ޑައިރެކްޓަރު ރޯހިތު ޝެޓީ، ޝޭކަރް ސުމަން، އަރްޗަނާ ޕޫރާން ސިންގް، ސަތިޝް ޝާހް އަދި ޖޯނީ ލީވާ ހިމެނެ އެވެ.

"ކޮމެޑީ ސާކަސް" 15 ގައި ފަށަނީ

ބަދަލުތަކެއް ވެސް ފެނިގެން ދާނެ ކަމަށް ބެލެވޭ "ކޮމެޑީ ސާކަސް" ގެ 19 ވަނަ ސީޒަން މިހާރު ވަނީ މި މަހުގެ 15 ގައި ފަށަން ނިންމައިފަ އެވެ. ޝޯގެ އާ ޕްރޮމޯތަކެއް ވެސް މިހާރު އަންނަނީ ދައްކަމުންނެވެ.

"ކޮމެޑީ ސާކަސް" ގެ ޕްރޮމޯއެއް.

ބެލެވޭ ގޮތުން ޝޯ އިން ކުރިން ފެނިގެން ދިޔަ ކޮމީޑިއަނުންނާ އެކު، އާ މޫނުތަކެއް ވެސް މި ފަހަރު ފެނިގެން ދާނެ އެވެ. މި ފަހަރު ވެސް ޖަޖުންގެ ތެރޭގައި ހިމެނޭ ކުރީގެ ބައެއް ޖަޖުންނެވެ. އޭގެ ތެރޭގައި ސޮހައިލް ހާނާއި އަރްޗަނާ ޕުރާން ސިންގް ހިމެނެ އެވެ.

ބެލެވޭ ގޮތުން ތިން ވަނަ ޖަޖަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް އެވެ. "ކޮމެޑީ ސާކަސް" ކޮންމެ ހޮނިހިރަކާއި އާދީއްތަ ދުވަހުގެ ރޭ ގެނެސް ދޭނެ އެވެ.

"ޖަލޭބީ" ގެ ޓްރެއިލާ ދައްކާލައިފި

"އޭކް ވީރް ކީ އަޅްދާސް" އާއި "ޝަކުންތަލާ" ފަދަ ޓީވީ ސިލްސިލާތައް ކުޅެފައިވާ ޑިގަންގަނާ ސޫރިޔާވަންޝީ ބޮލީވުޑަށް ތައާރަފުވާ ފިލްމް "ޖަލޭބީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ މި ފިލްމަކީ ބަޓް ކޭމްޕްގެ ފިލްމް ކުންފުނި ވިޝޭޝްގެ ފިލްމެކެވެ. ޑިގަންގަނާއާ އެކު "ޖަލޭބީ" ގެ ލީޑް ރޯލުން ފެނިގެން ދާނީ ރިއާ ޗަކްރަބަތީ އާއި އަލަށް ތައާރަފުވާ ވަރުން މިތުރާ އެވެ.

"ޖަލޭބީ" ގެ ޓްރެއިލާ.

އަންނަ މަހުގެ 12 ގައި ރިލީޒް ކުރާ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޕުޝްޕްދީޕް ބަރަދްވާޖް އެވެ.

"ޖަލޭބީ" ރިލީޒް ކުރަން ނިންމާފައި އޮތް ތާރީހަކީ ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" ވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ.

"މަނިކަރްނިކާ" ލަސްކޮށްފާނެ

ފިލްމްގެ ޝޫޓިން ނިންމައިލިކަން އިއުލާންކޮށްފައި ވަނިކޮށް ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ޖެހުމުން، ފިލްމްގެ ބައެއް ތަރިން ވަކިވެފައިވާތީ، މިހާރު ތާވަލުކޮށްފައި އޮތް ތާރީހުގައި ފިލްމް ނާޅުވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މި ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ، 25، 2019 ގަ އެވެ.

ޒީ ސްޓޫޑިއޯ އިން ގެނެސްދޭ "މަނިކަރްނިކާ" ގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ކަންގަނާގެ ބެލުމުގެ ދަށުންނެވެ. ފިލްމްގެ ޑައިރެކްޓަރު ކްރިޝްގެ ބަދަލުގައި މަންޒަރުތައް އަލުން ނަގަނީ ކަންގަނާ ޑައިރެކްޓަރެއްގެ ޒިންމާ ވެސް ނަގާ ގޮތަށެވެ.

"މަނިކަރްނިކާ" ގެ ޝޫޓިންގެ ތެރެއިން.

ސޯނޫ ސޫދް ފަދަ ތަރިން މި ފިލްމް ދޫކޮށްލީ މި ސަބަބާ ހުރެ ހިތްހަމަނުޖެހިގެންނެވެ. އަނެއްކޮޅުން ފިލްމްގެ ވަރަށް ގިނަ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ޖެހުމުން، ފިލްމަށް ކަނޑައެޅި ބަޖެޓަށް ވުރެ 20 ކްރޯޑް ރުޕީސް އިތުރަށް ހޭދަވާ ކަމަށްވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "މަނިކަރްނިކާ" ގެ މިހާރުގެ ބަޖެޓަކީ 125 ކްރޯޑް ރުޕީސް އެވެ. މިކަމާ ގުޅިގެން ޕްރޮޑިއުސަރުންގެ މެދުގައި ވެސް ނުތަނަވަސްކަން އުފެދިފައިވެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454