އައިޝްވާރިޔާ ރާއީ: އަބީޝެކާ އެކު ކުޅޭ "ގުލާބް ޖާމޫ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރު.
20 ސެޕްޓެމްބަރ 2018 - 07:03
އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ މަގުބޫލު އަންހެން ކޮމީޑިއަނުންގެ ތެރޭގައި ހިމެނޭ ބާރްތީ ސިންގް ވެސް އަމިއްލަ ނަމުގައި ގެނެސްދޭ ޝޯއަކާ އެކު އަންނަން ތައްޔާރުވާން ފަށައިފި އެވެ.
އިންޑިއާގެ މަޝްހޫރު ކޮމީޑިއަނުންގެ ތެރެެއިން އަމިއްލަ ނަމުގައި ޝޯތަކެއް އުފައްދައިގެން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެކަކީ ކަޕިލް ޝަރްމާ އެވެ.
"ކޮމެޑީ ސާކަސް" އާއި "ދަ ކަޕިލް ޝަރްމާ ޝޯ"، "ކޮމެޑީ ޑަންގަލް" އަދި "ގްރޭޑް އިންޑިއަން ލާފްޓާ ޗެލެންޖް" ފަދަ ޝޯތަކުގައި މަސައްކަތްކޮށްފައިވާ ބާރުތީއަކީ ހުނަރުވެރި ކޮމީޑިއަންކެވެ.
ބާރްތީ ނަމުގައި ގެނެސްދޭ ޝޯގެ ނަމަކީ "ބާރުތީ ކާ ޝޯ: އާނާ ހީ ޕަޅޭގާ" އެވެ. ޓާޓާ ސްކައި އިން ގެނެސްދޭ ނިންމާފައިވާ ޝޯއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނެތަސް، މި ޝޯވެގެން ދާނީ ބާރުތީގެ ހުނަރު ވަރަށް ރަނގަޅަށް ފެންނާނެ ޝޯއަކަށެވެ.
ބާރްތީ ފިރިމީހާއާ އެކު.
ރިޕޯޓްތައް ބުނާ ގޮތުން މި ޝޯގެ ބައެއް އެޕިސޯޑްތައް މިހާރު ވަނީ ޝޫޓްކޮށް ނިންމައިފަ އެވެ. އެގޮތުން ކަރަން ވާހީ، ރިދިމާ ޕަންޑިތު، ޕުނިތު ޖޭ ޕަތަކް އަދި އަވިކާ ގޯރް ފަދަ ތަރިން "ބާރުތީ ކާ ޝޯ: އާނާ ހީ ޕަޅޭގާ" ގެ އެޕިސޯޑްތަކުން ފެންނާނެ އެވެ.
އަންނަ އަހަރު ކުރީކޮޅު ކަލާޒުން ގެނެސް ދޭން ނިންމާފައިވާ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަންގެ ބައިވެރިއެއްގެ ގޮތުގައި ބާރްތީ، ފިރިމީހާ ހާޝް ލިމްބާޗިއާއާ އެކުގައި ވެސް ފެންނާނެ އެވެ.
"ތަގްސް އޮފް ހިންދުސްތާން" ގެ މައި ކާސްޓުންގެ ފަސްޓްލުކް ބެލުންތެރިންނަށް ދައްކައިިލަން ފަށާފައިވާ ސިލްސިލާގެ ތެރެއިން ފާތިމާ ސަނާ ޝެއިގެ ލުކްސް މިހާރު މި ވަނީ ދައްކާލައިފަ އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޓްވިޓާގައި ވަނީ ފާތިމާ ފިލްމުން ފެންނާނެ ގޮތުގެ މޯޝަން ޕޯސްޓަރެއް ހިއްސާކޮށްފަ އެވެ.
With fire in her heart, here's @fattysanashaikh as #Zafira #ThugsOfHindostan | @SrBachchan | @aamir_khan | #KatrinaKaif | #VijayKrishnaAcharya | @TOHTheFilm pic.twitter.com/y9MPywYLPE
— Yash Raj Films (@yrf) September 19, 2018
ފާތިމާގެ ލުކްސް.
އޭގައި ބުނެފައިވާ ގޮތުގައި އޭނާ ކުޅޭ ކެރެކްޓާގެ ނަމަކީ ޒަފީރާ އެވެ. ފާތިމާ އޭގައި ފެންނަނީ އަމާޒަށް ތީރެއް ޖަހަން ތައްޔާރުވެގެން ހުއްޓަ އެވެ. "ތަގްސް އޮފް ހިންދުސްތާން" އަކީ "ޑަންގަލް" އިން ވިދައިލުމަށް ފަހު، ފާތިމާ ކުޅުނު ދެވަނަ ފިލްމެވެ.
އަންނަ ނޮވެމްބަަރު މަހުގެ 8 ގައި ރިލީޒް ކުރާ ފިލްމްގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، އާމިރް ހާން އަދި ކެޓްރީނާ ކެއިފް ހިމެނެ އެވެ. އަމީތާބްގެ ލުކްސް އަންގާރަ ދުވަހު ވަނީ ދައްކާލައިފަ އެވެ.
މަޝްހޫރު ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ ވެސް ބޮލީވުޑަށް ތައާރަފުކުރާ ކަންގަނާ ރަނާވަތުގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަށް އަނެއްކާ ވެސް ޓީވީ އެކްޓަރަކު ސޮއިކޮށްފި އެވެ.
ތާހެރް ޝައްބީރް.
މި ފަހަރު އެ ފިލްމުގެ ކާސްޓާ ގުޅުނީ ސޮނީން މިހާރު ދައްކާ ޓީވީ ސިލްސިލާ "ބޭޕަނާ" ގައި ޑރ. އަރްޝަދް ހަބީބްގެ ރޯލް ކުޅެމުން އަންނަ ތާހެރް ޝައްބީރެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ބައެއް ފިލްމްތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ޝާހްރުކް ހާންގެ "ފޭން" އާއި ތާޕްސީ ޕައްނޫގެ "ނާމް ޝަބާނާ" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "މަނިކަރްނިކާ" ގައި ތާހެރް ކުޅެނީ ސަންގްރާމް ކިޔާ ހަނގުރާމަވެރިއެއްގެ ރޯލެވެ. މި ފިލްމް ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 25، 2019 ގަ އެވެ.
އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން ނުވަ އަހަރު ފަހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ގުލާބް ޖާމޫ" ގެ ޝޫޓިން އަންނަ އަހަރު ފަށާ ގޮތަށް ނިންމައިފަ އެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ ޝޫޓިން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހަށެވެ.
އައިޝްވާރިޔާ އާއި އަބީޝެކް ދަރިފުޅު އަރަދިޔާއާ އެކު.
"ގްލާބޫ ޖާމޫ" އަކީ މިހާރު ސިނަމާގައި އޮތް އަބީޝެކްގެ އެންމެ ފަހުގެ ފިލްމު "މަންމަރްޒިޔާން" ގެ ޑައިރެކްޓަރު އަނޫރާގް ކެޝަޕް ޕްރޮޑިއުސް ކުރާ ތުރިލާއެކެވެ. އައިޝްވާރިޔާ އާއި އަބީޝެކް އެންމެ ފަހުން އެކުގައި ކުޅުނީ 2010 ގެ "ރާވަން" އެވެ.
އަައިޝްވާރިޔާ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި ފްލޮޕް ފިލްމް "ފަނޭ ހާން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރާންޑޭ
20 September 2018
ހޮލީވުޑް ހަބަރުތައް ކޮބާހޭހޭ?
މޭން
20 September 2018
މި ފަހަރު އެ ފިލްމުގެ ކާސްޓާ ގުޅުނީ ސޮނީން މިހާރު ދައްކާ ޓީވީ ސިލްސިލާ "ބޭޕަނާ" ގައި ޑރ. އަރްޝަދް ހަބީބްގެ ރޯލް ކުޅެމުން އަންނަ ތާހެރް ޝައްބީރެވެ. ކަލާޒް އަކުން ނޫންތަ؟