މުނިފޫހިފިލުވުން / ހޮލީވުޑް

ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މާގޯ ރޮބީ: "ބާބީ" ގެ ރޯލަކުން ފެނިގެން ދާނެ.

މަޝްހޫރު ބާބީ ޑޯލް އަށް ބިނާކޮށް ފިލްމެއް ހަދަން އިއުލާން ކުރިތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. ކުރިން މި ފިލްމުގައި ބާބީގެ ރޯލު ކުޅެން ހަމަޖެހުނީ އެމީ ޝޫމާ އެވެ. އެކަމަކު ފަހުން އެ ރޯލަށް އެނަ ހެތަވޭ އަށް ވެސް ހުށަހެޅި އެވެ. އެކަމަކު ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ ތަރިއަކާ މެދު އަދިވެސް ސުވާލުތަކެއް ހުރި އިރު، މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް މުޅިއަކުން ކަށަަވަރުވާ ވަރެއް ނުވެ އެވެ.

އެކަމަކު ޔަގީނުން ވެސް ބާބީގެ ވާހަކަ ބޮޑު ސްކްރީނުން ބަލައިލަން ލިބުމަކީ ޝައުގުވެރި އަދި ގިނަ ބަޔަކު އިންތިޒާރު ކުރާ ކަމަކަށް ވާނެ އެވެ. ކުރިން މި ފިލްމް ގެނެސް ދޭން ރޭވީ ސޮނީ ޕިކްޗާޒުންނެވެ.

"ބާބީ" އަށް މާގޯ ރޮބީ

"ބާބީ" ގެ ވާހަކަ ކިޔައިދޭ ފިލްމުގެ ރޯލަށް އޮސްކާ އަށް ނޮމިނޭޓްވެފައިވާ އޮސްޓްރޭލިއާގެ ބަތަލާ މާގޯ ރޮބީ މިހާރު ވަނީ ސޮއިކޮށްފަ އެވެ. ވެރައިޓީން ބުނި ގޮތުގައި މި ފިލްމުގެ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް "ސުއިސައިޑް ސްކޮޑް" އާއި "އައި، ޓޯނިޔާ" ގަދަ ފިލްމުތައް ކުޅެފައިވާ 28 އަހަރުގެ ބަތަލާ ނަގާނެ އެވެ. ނަމަވެސް އޭނާ ކުޅޭނީ "ބާބީ" ގެ ރޯލު ކަމެއް އަދި ކަށަވަތެއް ނުވެ އެވެ.

ވާނާ ބްރޮސް އާއި މެޓެލް އިން ގެނެސް ދޭން ނިންމާފައިވާ "ބާބީ" އާ ގެ މަސައްކަތާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ ފިލްމު އޮތީ އަދިވެސް ވާނުވާގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ބާބީ" ފިލްމު ބޮޑު ސްކްރީނަށް ގެނެސް ދޭނީ އެޑަލްޓް ކޮމެޑީއެއްގެ ގޮތުގައި 2020 ގަ އެވެ. އަދި ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެދާނެ ކަމަށް ބެލެވޭ ޑައިރެކްޓަރުންގެ ތެރޭގައި "ވޮންޑަ ވުމަން" ގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ހިމެނެ އެވެ.

ސްކްރީން ރައިޓަރު އައުޑްރީ މަރުވެއްޖެ

"ޝަލް ވީ ޑާންސް" އާއި "އަންޑާ ދަ ޓަސްކެން ސަން" އަދި "އަ ޑޯގްސް ޕާޕަސް" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އައުޑްރީ ވެލްސްސް މަރުވެއްޖެ އެވެ. އޭނާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 58 އަހަރުގައި ބުރާސްފަތި ދުވަހު އެވެ.

އައުޑްރީ ވެލްސް: އޭނާ މަރުވީ ކެންސަރު ބަލީގައި.

ވެލްސްގެ ފިރިމީހާ ބްރަޔަން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ފަސް އަހަރު ވެލްސް ގެންދިޔައީ ވަރަށް ހިތްވަރާ އެކު ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ކަމަށެވެ. އަދި އޭނާގެ ވަކިވުމަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ބުންޏެވެ.

"ދަ ޓުރުތު އެބައުޓް ކެޓްސް އެންޑް ޑޯގްސް" އާ އެކު 1996 ގައި ސްކްރީން ރައިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ވެލްސް މަރުވި އިރު، ހުކުރު ދުވަހު ވަނީ އޭނާ ލިޔުނު ސްކްރީންޕްލޭއަކަށް ހަދާފައިވާ "ދަ ހޭޓް ޔޫ ގިވް" ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ.

"ދަ މިއުލް" ގެ ޓްރެއިލާ ދައްކާލައިފި

މަޝްހޫރު ޑައިރެކްޓަރު/އެކްޓަރު ކްލިންޓް އީސްޓްވުޑް ބޮޑު ސްކްރީނުން ފެންނާނެ ކަމަށް ބެލެވޭ ފަހު ފިލްމު "ދަ މިއުލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ. ޑިސެމްބަރު މަހުގެ 14 ވަނަ ދުވަޖު ސިނަމާތަކަށް ގެންނަ މި ފިލްމު ޑައިރެކްޓް ވެސް ކޮށްފައި ވަނީ 87 އަހަރުގެ ކްލިންޓް އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ވެޓެރަންއަކާއި ޑްރަގް ވިޔަފާރިއާ އޮންނަ ގުޅުން ދައްކުވައިދޭ "ދަ މިއުލް" ގެ ކާސްޓުންގެ ތެރޭގައި ބްރެޑްލީ ކޫޕާ، ޑަޔަން ވިއެސްޓް، ލައުރެންސް ފިޝްބާން އަދި މައިކަލް ޕޭނާ ހިމެނެ އެވެ. ކްލިންޓް އެންމަ ފަހުން ޑައިރެކްޓް 2015 ގެ "15:17 ޓް ޕެރިސް" އެވެ. އޭނާ އެންމެ ފަހުން އެކްޓްކޮށް ނެރުނު ފިލްމަކީ 2012 ގެ "ޓްރަބަލް ވިތު ދަ ކާވް" އެވެ.

އެފްލެކް ރިހެބް ފަރުވާ ނިންމާލައިފި

އަލުން ރަލަށް ދެވި ހިފައިގެން ރިހެބް ފަރުވާ އަށް މިދިޔަ މަހުގެ ތެރޭގައި ދިޔަ މަޝްހޫރު އެކްޓަރު ބެން އެފްލެކް ރިހެބް ފަރުވާ ނިންމުމަށް ފަހު، އަނެއްކާ ވެސް އަލުން ފިލްމީ މަސައްކަތްތައް އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.

މަލިބޫގެ ޓްރީޓްމަންޓް ސެންޓަރެއްގައި 40 ދުވަހު ހުރުމަށް ފަހު، އިންސްޓަގްރާމް ޕޯސްޓެއްގައި އެފްލެކް ބުނީ ރަލުން ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތަކީ އަމިއްލަ ނަފުސާއި އާއިލާ އަށް ޓަކައި ކުރާ ހަނގުރާމައެއް ކަމަށެވެ. ބަތަލާ ޖެނިފާއާ ގާނާއާ ކައިވެނިކޮށް ތިން ދަރިން ވެސް ތިބި އެކްޓަރު ބުނި ގޮތުގައި އޭނާ ރަނގަޅުވާން ކުރާ މަސައްކަތަށް އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބޭ ހިތްވަރާއި ސަޕޯޓަކީ ރިހެބަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރު ވެސް މެ އެވެ.

އެފްލެކްގެ އިންސްޓަގްރާމް ޕޯސްޓް.

ރިހެބަށް ދިޔަ އިރު، މިދިޔަ އަހަރު ރިލީޒް ކުރި "ޖަސްޓިސް ލީގް" އަށް ފަހު އެފްލެކް ދިޔައީ "ޓްރިޕްލް ފްރޮންޓިއާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އަންނަ އަހަރަށް ތާވަލުކޮށްފައިވާ ނެޓްފްލިކްސްގެ ފިލްމެކެވެ. މީގެ އިތުރުން ގާތް އެކުވެރިޔާ އަދި މަޝްހޫރު އެކްޓަރު މެޑް ޑެމަން ލީޑަށް ލައިގެން ފިލްމެއް ޑައިރެކްޓް ކުރަން ވެސް އޮސްކާ ހޯދާފައިވާ 46 ގެ އެކްޓަރު ގެންދިޔައީ ތައްޔާރުވަމުންނެވެ. އޭނާ އަލުން އެނބުރި އައުމަށް ފަހު، ކުރި ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ފަށައި ގަންނާނެ އެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

66666

07 October 2018

އެހެންވީމައޭ އަހަރުން ބުނަނީ އެ ނުބޯށޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454