ރިޝީ އާއި ނީޓޫ، އެމެރިކާގައި ސޮނާލީއާ އެކު.
10 އޮކްޓޯބަރ 2018 - 07:24
ބޮކްސް އޮފީހުގައި ރެކޯޑްތައް ހެދި "ޑަންގަލް" އަށް ފަހު، ނިތޭޝް ތިވާރީ ދެން ގެނެސްދޭ ފިލްމަށް އުންމީދުތައް ބޮޑެވެ. "ޗިޗޯރް" ގެ ނަން ދީފައިވާ ފިލްމުގެ ޝޫޓިން މި މަހުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ.
ސާޖިދު ނަދިއަދްވާލާ އާއި ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، މި ފިލްމަކީ "ޑަންގަލް" ހާ މޮޅު އަދި ރީތި ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑެވެ. އާމިރު ހާން ލީޑް ރޯލް ކުޅުނު އެ ފިލްމަކީ ކުރީގެ މަޝްހޫރު ރެސްލިން ތެޅުންތެރިޔާ މަހާވީރު ޕޯގަޓް އާއި އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ އަދި ކުޅަދާނަ އަންހެން ދެ ރެސްލިން ތެޅުންތެރިން ކަމަށްވާ ބަބީތާ ޕޯގަޓް އާއި ބަބީތާ ކުމާރީގެ ވާހަކަ ކިޔައި ދިން ބައޮގްރަފިކަލް ޑްރާމާއެވެ.
މި ފިލްމުގެ ވާހަކަ އަދި ސިއްރެއްގެ ގޮތުގައި އޮތް އިރު، ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު މި ވަނީ ދައްކާލައިފަ އެވެ. "ޗިޗޯރް" ގެ ޕޯސްޓަރުން ފެންނަ ގޮތުގައި ފިލްމު ވެގެން ދާނީ ތަންކޮޅެއް މަޖާ ފިލްމަކަށެވެ. ކެރެކްޓާތައް ތައާރަފުކޮށް ދީފައި ހުރި ގޮތުން މިއީ ޒުވާނުންތަކެއްގެ މެދުގައި ހިނގާ ކަންތައްގަނޑެއް ކިޔައި ދޭނެ ފިލްމެއް ކަމަށް ޔަގީން ކުރެވެ އެވެ.
"A Timeless Tale Of Timepass" #Chhichhore! Starring @itsSSR, @ShraddhaKapoor and an insanely talented cast. Presented by @foxstarhindi, a @NGEMovies production. Releasing on 30th August 2019. #SajidNadiadwala pic.twitter.com/tExF6GA8MC
— Nitesh Tiwari (@niteshtiwari22) October 9, 2018
"ޗިޗޯރް" ގެ ޕޯސްޓަރު ނިތޭޝް ޓްވީޓްކޮށްފައި.
"ޗިޗޯރް" ގެ ލީޑް ތަރިންނަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރަދާ ކަޕޫރެވެ. މިއީ މި ދެ ތަރިން އެކުގައި ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ. ފިލްމުގެ އިތުރު ކާސްްޓުންގެ ތެރޭގައި ދެން އެންމެ ފާހަގަކޮށްލެވެނީ "ފުކްރޭ" އިން ވިދައިލި ވަރުން ޝަރްމާ އާއި ޕްރަތީކް ބައްބަރް އެވެ.
"ޗިޗޯރް" ސިނަމާތަކަށް އަންނާނީ އޮގަސްޓް، 30، 2019 ގަ އެވެ.
އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ ފިލްމު "ތަގްސް އޮފް ހިސްދުންދާން" ގެ ހެދުމުގެ މަރުހަލާގައިކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ ވީޑިއޯއެއް ދައްކާލައިފި އެވެ. ނޮވެމްބަރު މަހުގެ 8 ގައި ފިލްމު ސިނަމާތަކަށް ގެނައުމަށް މިއޮތް މުއްދަތުގެ ތެރޭގައި މޭކިން ބައިތަކެއް ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭނެ އެވެ.
The making of one of the most powerful parts of #ThugsOfHindostan!
— Yash Raj Films (@yrf) October 9, 2018
Watch what went into making the ships. @SrBachchan | @aamir_khan | #KatrinaKaif | @fattysanashaikh | #VijayKrishnaAcharya | @TOHTheFilm pic.twitter.com/IFcM1sig7v
"ތަގްސް" ގެ މޭކިންއެއް.
މި ފަހަރު މިއޮތީ މީގެ ފުރަތަމަ ބައެވެ. މި ހާއްސަކޮށްފައި ވަނީ ފިލްމުގެ ޝޫޓް ކުރަން ބައި ނައުތަކުގެ މަސައްކަތަށެވެ. ޔަގީނުން ވެސް މިއީ ބެލުންތެރިންގެ ޝައުގުވެރިކަން ދަމައި ގަންނާނެ އެއްޗެކެވެ. ކަނޑުމަތީގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ "ތަގްސް އޮފް ހިންދުސްތާން" ގެ ގިނަ މަންޒަރުތަކެއް ނަގާފައި ވަނީ މޯލްޓާ އެވެ.
ވިޖޭ ކްރިޝްނާ (ވިކްޓާ) އަޗަރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންނަކީ އާާމިރް ހާން، ފާތިމާ ސަނާ ޝެއިހް، އަމީތާބް ބައްޗަން އަދި ކެޓްރީނާ ކެއިފް އެވެ. މިއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ އެ ސްޓޫޑިއޯގެ އެންމެ އަގު ބޮޑު ފިލްމެވެ.
އިމްތިއާޒު އަލީ ދެން ޑައިރެކްޓް ކުރާ ފިލްމުގެ ބަތަލުގެ ރޯލް އޭނާގެ ކުރީގެ ފިލްމު "ޖަބް ވީ މެޓް" ގެ އެކްޓަރު ޝާހިދު ކަޕޫރަށް ހުށަހެޅުމުން، ސްކްރިޕްޓާ ދޭތެރޭ އޭނާ އެހާ ހިތްހަނުޖެހޭތީ، ފިލްމު ފަހުން ރާޖްކުމާރް ރާއޯ އަށް ހުށަހެޅުކަމުގެ އަޑުތަކެއް ވެސް މި ދޭތެރެއިން އެރި އެވެ.
#LoveTakesOver
— Kartik Aaryan (@TheAaryanKartik) October 3, 2018
when you express it Right 🌹
In love wid d songs n promos of #Loveyatri ❤️
Mom - Kya Gaane hai yaar !!
All the best @aaysharma 😘@Warina_Hussain @SKFilmsOfficial 🤗🤗 #Chogadawithlove pic.twitter.com/YFdzGwXA6E
ކާތިކް، އޭނާގެ މަންމައާ އެކު.
އެކަމަކު ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން އިމްތިއާޒް ދެން ހަދާ އަސަރު ގަދަ ލޯބީގެ ފިލްމުގެ ލީޑް ތަރިންނަކީ މިހާރު އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަން އާއި ޑިޝާ ޕަޓްނީ އެވެ. އެކަމަކު މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. ދެ ތަރިން އެކުގައި ސްކްރީނުން ފެނިގެން ދާ ނަމަ މިއީ އަނެއްކާ ވެސް އާ ޖޯޑެއްގެ ކެމިސްޓްރީ ބެލުންތެރިންނަށް ފެނިގެން ދާނެ ފިލްމެކެވެ.
ޑިޝާ މިހާރު ސަލްމާން ހާންގެ "ބާރަތު" ގައި މަސައްކަތް ކުރަމުން އަންނަ އިރު، ކާތިކްގެ ދެ ފިލްމެއް ކުރިއަށް އެބަ އޮތެވެ. އެއީ ކިރިތީ ސެނަންއާ އެކު ކުޅޭ "ލުއްކާ ޗުއްޕީ" އާއި ޖެކްލިން ފެނަންޑޭޒާ އެކު ކުޅޭ ކަންނާޑާ ފިލްމް "ކިރިކް ޕާޓީ" ގެ ހިންދީ ރިމެކިން އެވެ.
އިމްތިއާޒް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ނެރުނު ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާގެ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެމެރިކާ އަށް ބޭސް ފަރުވާއަކަށް ދިޔަ ރިޝީ ކަޕޫރް އެމެރިކާގައި ނަގާފައިވާ ފޮޓޯތަކެއް އަންހެނުން ނީޓޫ ސިންގް އިންސްޓަގްރާމްގައި އާންމު ކުރި ރިޝީ މާ ތަފާތުކޮށް ފެންނާތީ އެކަން ބައެއް މީހުންގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.
ރިޝީ އާއި ނީޓޫ، ޕްރިޔަންކާއާ އެކު.
ނީޓޫ ހިއްސާކުރި ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި ވަނީ ޕްރިޔަންކާ ޗޯޕްޅާއާ އެކު ދެމަފިރިން ތިއްބަ އެވެ. އަނެއް ފޮޓޯގައި ފެންނަނީ އެމެރިކާގައި މިހާރު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ސޮނާލީ ބެންޑްރޭއާ އެކު ނަގާފައިވާ ފޮޓޯއެކެވެ.
މި ފޮޓޯތަކުގައި ރިޝީގެ ބޮލުގެ އިސްތަށިގަނޑު ފެންނަނީ ބްލޮންޑްކޮށް ހުއްޓަ އެވެ. އަދި އޭނާގެ މޫނުމަތިން ވަރަށް ބަލި ފާޑު ޖެހުމާ އެކު، މާ މުސްކުޅިހެން ވެސް ހީވެ އެވެ.
New York,Manhattan. “Kher-free” or is it “Care-free”on Madison Avenue with colleague and old friend Anupam Kher this afternoon! pic.twitter.com/6qwfUufuML
— Rishi Kapoor (@chintskap) October 7, 2018
ރިޝީގެ ޓްވީޓް.
ރިޕޯޓްތައް ބުނާ ގޮތުން 66 އަހަރުގެ އެކްޓަރު އެމެރިކާގައި ފަރުވާ ހޯދަނީ ކެންސަރު ބައްޔަށެވެ. އަދި އޭނާ ހުރީ އެ ބަލީގެ ތިން ވަނަ ސްޓޭޖްގައި ކަމަށް ބުނެ މީޑިއާތަކުން ވާހަކަ ދައްކާފައިވާތީ ރިޝީގެ އާއިލާ އިން ވަނީ އެކަމާ ވަަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.
ފަރުވާ ހޯދާ ބައްޔާ ބެހޭ ގޮތުން ރިޝީ އަދި އެއްވެސް ވާހަކަ ދައްކާފައި ނުވާ އިރު، މިދިޔަ މަހުގެ 29 ގައި އެމެރިކާ އަށް ދިއުމަށް ފަހު، އޭނާ އާދީއްތަ ދުވަހު ވަނީ އަނޫޕަމް ކޭރްއާ އެކު ފެންނަ ވީޑިއޯ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުލޫ
10 October 2018
ރިޝީ ވ ކިޔުޓް ، ނުޖަހާ މުސްކުޅި ވައްތަރެއް