ކަރަން، އަރިޔަންއާ އެކު: ކަރަންގެ އެންމެ ބޮޑު އެއް ހުވެފަނަކީ އަރިޔަން ބޮލީވުޑަށް ނެރުން.
15 އޮކްޓޯބަރ 2018 - 07:38
ހިންދީ ފިލްމުތަކަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ކަމަކީ ޝާހްރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ހާން ބޮލީވުޑަށް ނުކުންނާނެ އިރަކަށެވެ. އެމެރިކާގެ ލޮސް އެންޖެލިސްގައި މިހާރު ކިޔަވަމުން އަންނަ 20 އަހަރުގެ އަރިޔަން ބޮލީވުޑަށް ލޯންޗް ނެރުން ވެގެން ދާނީ ވަރަށް ބޮޑު، ހާއްސަ ކަމަށެވެ.
ކުރިން ވެސް އަޑު އަރާފައިވާ ގޮތުން އަރިޔަން ބޮލީވުޑަށް ނެރޭނީ އޭނާގެ ބައްޕަގެ ގާތް އެކުވެރިޔާ އަދި ބައްޕަގެ ކާމިޔާބު ފިލްމުތަކެއް ގެނެސް ދިން ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ. ޔަގީންވާ ކަމަކީ ކަރަން ނޫން މީހަކަށް ޝާހްރުކްގެ ދަރިން ބޮލީވުޑަށް ދޫކޮށްލުމުގެ ނަސީބު ނުލިބޭނެ ކަމެވެ. އެގޮތުން އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހާން، 18، އަކީ ވެސް ކަރަންއާ ހަވާލުވެފައިވާ ކުރިމަގުގެ ތަރިންނެވެ.
ކަރަން، ޝާހްރުކް އާއި އަރިޔަންއާ އެކު.
ރިޕޯޓްތައް ބުނާ ގޮތުން އަރިޔަން ކިޔަވައި ނިމުމާ އެކު، ބޮލީވުޑްގެ ދަތުރު ފަށާނެ އެވެ. އެގޮތުން ކުރިއަށް އޮތް ދެތިން އަހަރަށް މަޑުކޮށްލަން ޖެހޭނެ އެވެ. ކަރަން ހުރީ އަރިޔަންގެ އިންތިޒާރުގަ އެވެ. އަދި އަރިޔަން ބޮލީވުޑަށް ނެރެން ކެތްމަދުވެފަ އެވެ.
އެ ވާހަކަ އޭނާ ވަނީ ހުކުރު ދުވަހުގެ ރޭ ޒީ ޓީވީން ގެނެސް ދިން ޝޯ "ސްޓާރީ ނައިޓް ޓޫ ޕޮއިންޓް އޯ" ގައި ހިއްސާކޮށްފަ އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ކޯމަލް ނަހަޓާ ހޯސްޓްކޮށްދޭ ޝޯގައި ކަރަން ބުނީ އޭނާ މިހާރު އެންމެ ކެތްމަދުވެފައި ވަނީ އަރިޔަން ބޮލީވުޑަށް ލޯންޗް ކުރަން ކަމަށެވެ.
ސުހާނާ: އޭނާ ވެސް ބޮލީވުޑަށް ނެރޭނީ ކަރަން.
"ހަމައެއާ އެކު ސުހާނާއަކީ ވެސް އަހަރެންގެ ހުވަފެނެއް،" ތަހުތުގެ ނަމުގައި ތާރީހީ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަރަން ބުންޏެވެ.
ކަރަން ބުނި ގޮތުގައި އަރިޔަން އާއި ސުހާނާ ބޮލީވުޑަށް ދޫކޮށްލުމަކީ އޭނާގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާއެއްގެ ގޮތުގައި ދެކެ އެވެ.
"އެއީ ހަމަ ގައިމު ވެސް ކުޑަ މަސައްކަތަކަށް ނުވާނެ. އަދި މިއީ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާނެ ކަމެއް،" އޭނާ ބުންޏެވެ.
މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އަރިޔަން ބޮލީވުޑަށް ނެރޭ ފިލްމުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރް، 18، ވެސް ފިލްމީ ދުނިޔެ އަށް ދޫކޮށްލާނެ އެވެ. އެހެންވެ މި ވެސް ފިލްމު އިތުރަށް ހާއްސަވެގެން ދާނެ އެއް ސަބަބެވެ.
ކަރަން އާއި ހުޝީ.
ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް، 21، ވެސް ބޮލީވުޑަށް ނެރުނީ ކަރަން އެވެ. އެއީ ޖުލައިގައި ރިލީޒް ކުރި "ދަޅަކް" އިންނެވެ. އަދި ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާނަކީ ވެސް ކަރަން ޕްރޮޑިއުސް ކުރާ ފިލްމުން ތައާރަފުވެގެން ދާނެ ބަތަލާއެކެވެ. އެއީ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އިންނެވެ.
ކަރަން ނެރެފައިވާ ތަރިންގެ ތެރޭގައި ވަރުން ދަވަން، އާލިއާ ބަޓް އަދި ސިދާތު މަލްއުތުރާ ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޮޮޮރ
23 October 2018
ހަހަ
ފުލަޓޮ ދޮންބެ
15 October 2018
ފްފަޓް ކަަައިރި އޮއްނަ ގުރޫޕުގަ ތިބޭނެ ވަރައް ރީތި ކުދިން. ޖީންސް ފައިކުރި ހިނމަކޮން އޮޅާފަ ތިބެނީ ފެންނުވަރާ,
ޕީކޭ
15 October 2018
"އަރިޔަން ބޮލީވުޑަށް ލޯންޗް ނެރުން ވެގެން ދާނީ ވަރަށް ބޮޑު، ހާއްސަ ކަމަށެވެ." ކޮންތާކު ދުއްވަން ނެރޭ ލޯންޗެއް މީ؟ ބޮއި ހަލާކު.
ޑެއިޒީ
15 October 2018
ހައްހާ...ހީހީ ހަލާކު..
ހާޖަރާ
15 October 2018
މިފަދަ ޑައިރެކްޓަރުން ޅަޒުވާންކުދިން ގެންގުޅެ ގެންގުޅެ މޯޅިވާފަހުން އެހެންމީހަކަށް މި ލިބެނީ.
މިލް
15 October 2018
އަރިޔަން އިޒް ސޯ ހެންޑްސަމް (>.<) މޯލްޑިވިޔަން ގައިޒް އާ ލައިކް މަޑް އިން ފްރަންޓް އޮފް ހިމް!
ޕީކޭ
15 October 2018
ކަލެޔަށް މަ ފެނިލާބަލަ. އޭރުން ތިހެން ނުބުނާނެ.
މިލް
15 October 2018
"ކަލެ" ޔޭ؟!! އައި އެމް މިލް! މޯލްޑިވިއަން ގައިޒްގެ ބަހުރުވަވެސް ވަރަށް ފޫހި. ޕްލީސް އެޓް ލީސް ލާން ޓު ޓޯކް ޕޮލައިޓްލީ
ސަމްވަން11
15 October 2018
ރާއްޖެ ފިރިހެނުން މާ ރީތި :)
ޕީކޭ
15 October 2018
އާން ކަލޭ. ހަމަ ކަލޭ. ކަލެޔަށް ރީތި ހުތުރުވެސް ވަކިނުވަނީ އެއްނު.
މިލް
15 October 2018
"ޕީކޭ" ކަހަލަ ކެރެކްޓަރ ހުންނަ ފިރިހެނުން ދެކެ މިލް ވަރަށް ފޫހިވެ. ޕްލީސް އީވަން ޔޯ ސޯލް އިޒް އަގްލީ.
މީހޭންޑްސަމް
15 October 2018
އަދި ރާއްޖެއިން ރީތި ކުދިންނެއް ތިމަންޖެއަށް ނުފެންނަނިީ ކަންނޭގެ. އަހަރަމެން ފެނިއްޖިޔާ ތިއާރިއަންމެންނަށް ނުބަލާނެ މީހަކު.
ަހަހަހަ
15 October 2018
އަމިއްލަ މީހާގެވެސް ސިފަ ފެނުނީމަ ތިއަށް ބުނާނެ އެއްޒެއް އިނގޭނީ، އޯވަރޯލް ކޮށް ބުނަންޏާ ތިކަހަލަ ތިމާއަށް ތިމާފެނިފަ ތިބޭ ތުއި އަންހެނުންވެސް ވަރަށް ފޫހި
މިލް
15 October 2018
މިލް ބުނެލަން ބޭނުންވަނީ ރާއްޖޭގެ ފިރިހެނުން ހަމަ އިންސެކުޔަރ އޭ! ރީތިވާން ހަށިގަނޑަށް ބަލައި، ކަސްރަތުކޮށްލައި، ކެރެކްޓަރ ރަނގަޅުކުރަން މަސައްކަތްކުރުމުގެ ހިތްވަރެއް ނެތް ބައެއް! އެއްވެސް ކަހަލަ ފިރިހެން ވަންތަކަމެއް ނެތް! ތި މީހުންނާ ހެދި މިލްއަށް މަގުމަތިން ހިނގާލެވޭ ވަރެއްނޫން! ފަހަތުން ދުވާނެ، ތުމުން ފުމޭނެ، ގައިގާ އަޅައިގަންނާނެ! މިލް މި އައީ ޔޫރަޕްގައި އުޅެލާފައި ދުވަހަކުވެސް މި ފަދަގޮތަކަށް މިލްއާ ނުފޮށޭ! ވަރަށް ރެސްޕެކްޓް ކުރޭ!
ޔުލް
16 October 2018
އަދި ހަދަހަދައިގެން އެއްޗެހި ކިޔައޭ މި މިލް. ހަގީގަތަކީ މީހާގެ ބޭރުފުޝުގެ ރީތިކަމަށްވުރެ ބޮޑަށް ބަލަން ޖެހޭނީ އެތެރެފުށުގެ ރީތިކަމަށް!
ރާއްޖޭ އަންހެންމީހާ 1
16 October 2018
މިލް.....މިލްވެސް ޕޮލައިޓްކޮށެއްނޫން ބުނެފަ އޮތީކީއެއް.މީހުން ތިމާއަށް ރައްދުދޭނީ ތިމާގެ ލެވެލްއިން ގިނަފަހަރު....ރާއްޖޭ ފިރިހެނުން=މަޑް އޭ ތިބުނަނީ..ކޮންމެތަނެއްގަވެސް ތިބޭނެ ގޯސްމީހުނާ ރަނގަޅުމީހުން....އަދި ޔޫރަޕްގަ އުޅެލާފައޭ މިއައީ ބުނީމަ ގެސް ކޮށްލެވޭ މިލްމެންގެ ފެޝަން ސެންސް ހުންނާނެވަރު
ރާއްޖޭ އަންހެންމީހާ 2
16 October 2018
މޫނާތުންފަތުގަ ކުލަލައިގެން ވާނާތަށް ހާޔަށްލައިގެން މަގުމަތީ ކެޓްވޯކް އަށް ހިނގުމުން އެދެވެނީ ފުރަތަމަ ހެރަސްމަންޓްއަށް ސިގްންލްއެއް....ދެން ކިޔާނެ މީހުން ފޮށެނީއޭ..ރަނގަޅު ފޮށިގެން ނުވާނެ..އެކަމް އެންމެން އެހާ އީމާންތެރިޔެއްނޫން..ޔޫރަޕްސަވެސް ރޭޕް ހައްދުންނައްޓަފަކްން ނޭނގެނީތަ މިލް މީހެއްގެ ށިކާރައަކަށްނުވުން އެއީ އެތަނުގެ މީހުން ވަކި ރަނގަޅީކީއެއްނޫން...ސޯ،..އިފް ޔޫ އާ އަ މުސްލިމް ގާލް... ލާން ޓު ބީ ލައިކް ވަން...ޕްރޮބްލަމް ސޯލްވްޑް...
ރިލަވީ
17 October 2018
މިލް އަށް ވަކި ކިހިނެއް އެނގެނީ އާރިއަން ކުދިން ކުދިންނަކަށް ނުފޮށޭކަމެއް؟؟؟ ބަލާބެލުމަށް މީހާ ރީތިކޮށް ހުއްޓެއްކަމަކު ނޭނގޭނެދޯ އެއީ އަހަހުލާގީ ގޮތުން ރަނގަޅު މީހެއް ކަމެއް!