ސުޝްމިތާ އާއި ރޮހްމާން: ދެ މީހުން އުޅެނީ ރައްޓެހިވެގެން ކަމަށްވޭ.
17 އޮކްޓޯބަރ 2018 - 07:00
ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން ހުސްހަށިބަޔަށް ހުއްޓަސް، އެޑޮޕްކޮށްގެން ގެންގުޅޭ ދެ އަންހެން ކުދިން އެބަތިއްބެވެ.
އެކަމަކު މީގެ ކުރިން ވެސް އެކި މީހުންނާ ސީރިއަސް ލޯބީގެ ގުޅުންތަކެއް ބާއްވާފައިވާ 42 އަހަރުގެ ބަތަލާގެ ލޯބީގެ އާ ވާހަކަތަކެއް އަނެއްކާ ވެސް މި ވަނީ މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވެން ފަށައިފަ އެވެ.
މި ވާހަކަތައް ސުރުހީތަކަށް އަރަން ފެށީ މިދިޔަ ހަފުތާގެ ތެރޭގައި މުމްބާއީ އިންޓަނެޝަނަލް އެއާޕޯޓުން ސުޝްމިތާ ކެމެރާތަކުގެ ލެންސަށް އެރި އިރު، ކުރިން އޭނާއާ އެކު ނުފެންނަ ފިރިހެނަކު ފެނިފައިވާތީ އެވެ. މީޑިއާތަކުން ދެން އަވަސްވެގަތީ އެއީ ކާކުތޯ ބެލުމަށެވެ. ސުޝްމިތާގެ އާ ބައިވެރިޔަކީ މޮޑެލް ރޮހްމާން ޝޯލް އެވެ.
ޒުވާން މި މޮޑެލް އާއި ސުޝްމިތާއާ އޮތީ އެކުވެރި ކަމަކަށް ވުރެ ބޮޑު ގާތް ކަމެއް ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް އޭނާގެ ގާތް ބައެެއް މީހުންނާ ހަވާލާދީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނީ ރޮހްމާން އާއި ސުޝްމިތާ ސީރިއަސްކޮށް ރައްޓެހިވެގެން އުޅޭ ކަމެއް އަދި ކަށަވަރު ނުވާ ކަމަށެވެ. އެކަމަކު ދެ މީހުންގެ ގުޅުން ބަދަހި ކަމަށް ބުނެފައިވެ އެވެ.
ރޮހްމާން.
މީޑިއާތަކުން ދެން ބުނާ ވާހަކައަކީ އެކަން ކަށަވަރު ނުވިޔަސް، ކުރީގެ މިސް ޔުނިވާސްގެ ދެ ދަރިން ކަމަށްވާ ރެނީ ސެން، 18، އާއި އަލީސާ، 9، އާ ވެސް ރޮހްމާންގެ ގުޅުން ވަރަށް ބަދަހި ކަމަށެވެ.
އިހަކަށް ދުވަހު ބޭއްވި މަޝްހޫރު ފެޝަން ޑިޒައިނަރު ނީތާ ލުއްލާގެ ޝޯއެއްގެ ތެރޭގައި ވެސް ރޮހްމާން، ސުޝްމިތާގެ ކުދިންނާ ވަރަށް ގާތްކޮށް ވާހަކަ ދައްކައި ސަކަރާތް ޖަހާ ފެނިފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ރޮހްމާން.
ކޮންމެއަކަސް ސުޝްމިތާގެ ހަޔާތަށް މި ވަގުތު ތިލަވެގެން އުޅޭ ޒުވާނާގެ ހަގީގަތެއް މުޅިއަކުން ސާފެއް ނޫނެވެ. އަނެއްކޮޅުން ސުޝްމިތާއަކީ ޒާތީ ވާހަކަތައް މީޑިއާތަކުގައި އެއްވެސް ވަރަކަށް ދައްކާ މީހަކަށް ނުވާތީ ރޮހްމާނާއި އޭނާއާ އޮތީ ކޮން ކަހަލަ ގުޅުމެއް މީޑިއާތަކުން ސިފަ ކުރާނީ ހަމަ ލޯބީގެ ގުޅުމެއްގެ ގޮތުގަ އެވެ. އެކަން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ސާފުވެގެން ދާނެ އެވެ.
މިހާރު ފިލްމީ މަސައްކަތްތަކާ ވެސް ވަރަށް ބޮޑަށް ދުރުގައި ހުރި ސުޝްމިތާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ ރިތިކް ބާސިން ކިޔާ މީހަކާ އެވެ. އޭނާ ލޯބީގެ ގުޅުމއް ބޭއްވި މީހުންގެ ތެރޭގައި ކުޅުނު ފިލްމު "ދުލްގާ މިލްގަޔާ" ގެ ޑައިރެކްޓަރު މުދައްސަރު އަޒީޒު ވެސް ހިމެނެ އެވެ.
ސުޝްމިތާ އާއި ރޮހްމާން މުމްބާއީ އެއާޕޯޓްގައި މިދިޔަ ހަފުތާގައި.
މީޑިއާތަކުން ބުނާ ގޮތުގައި ސުޝްމިތާ ވަނީ މިހާތަނަށް 10 މީހަކާ އެކު ލޯބީގެ ގުޅުން ބާއްވާފައިވެ އެވެ.
އޭގެ ތެރޭގައި އޭނާގެ ފުރަތަމަ ފިލްމު ދަސްތަކު (1996) ގެ ޑައިރެކްޓަރު ވިކްރަމް ބަޓް، އެކްޓަރު ރަންދީޕް ހޫޑާ، ޕާކިސްތާންގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ވަސީމް އަކްރަމް، ޒުވާނ ވިޔަފާވެރިޔާ އިމްތިއާޒު ހަތުރީ، މަނާވް މެނަން، ވިޔަފާވެރިޔާ ސަންޖޭ ނަރަންގް، ހޮޓްމެއިލްގެ އެއް ބާނީ ސަބީރު ބާޓިއާ އަދި ބަންޓީ ސަޗްދޭވާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
17 October 2018
އެސޮރުގެ އުމުރު ވެސް ޖަހާލިނަމަ އެއްނު އިނގޭނީ.
ބުނެލީ
17 October 2018
މިހާރު ދެން ވާވަރު ވެއްޖެ އިންނައުޅޭ