މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވަރުން "ބާރަތު" ގެ ޕްރޮޑިއުސަރު އަތުލްއާ އެކު.

17 އޮކްޓޯބަރ 2018 - 07:02

މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ރިލީޒް ވާން ހުރި ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމަކީ ރޯހިތު ޝެޓީގެ "ސިމްބާ" އެވެ.

މި ފިލްމު ހާއްސަވާ ސަބަބުތަކަކަށް ބަލާ އިރު ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނަށް ރަންވީރު ސިންގް ކުޅޭ ފުރަތަމަ ފިލްމަށްވުމާ އެކު، "ސިމްބާ" އަކީ ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފު ކުރާ ފިލްމަށްވުން ހިމެނެ އެވެ.

މި ފިލްމު އަންނަ ޑިސެމްބަރު މަހުގެ 28 ގައި ރިލީޒް ކުރަން ނިންމާފައިވާ އިރު، ފިލްމުގެ މަސައްކަތުގެ ވަރަށް ވަރަށް ބޮޑު ބައި މިހާރު ވަނީ ޝޫޓްކޮށް ނިންމައިފަ އެވެ.

"ސިމްބާ" ގެ ޓީމް ސްވިސްގައި

މި ފިލްމުގެ މަންޒަރުތަކެއް މިހާރު ނަގަމުން އަންނަނީ ސްވިޓްޒަލެންޑްގަ އެވެ. ރޯހިތާއި ފިލްމުގެ ދެ ތަރިން ވަނީ އެ ގައުމުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާހައި ހިއްސާކޮށްފަ އެވެ.

"ސިމްބާ" ގެ ޓީމް ސްވިސްގައި.

ރިޕޯޓްތައް ބުނާ ގޮތުން ސްވިސްގައި ނަގަނީ ފިލްމުގެ ލަވައެއްގެ މަންޒަރުތަކެވެ. އެގޮތުން އެ ގައުމުގެ ހިތްގައިމު ފެހި ވާދިތަކާއި ނަލަނަލަ ފަރުބަދަކާއި ކޯރުތަކުގެ ހިތްގައިމު މަންޒަރުތައް "ސިމްބާ" އިން ފެނިގެން ދާނެ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ގޯލްމާލް އެގެއިން" އަށް ފަހު، ރޯހިތު ޑައިރެކްޓް ކުރާ މި ފިލްމަކީ އޭނާ ގެނެސްދޭނެ ވަރުގަދަ މަސާލާ އެންޓަޓައިނާއަކަށް ވާނެ އެވެ. "ސިމްބާ" ގައި ރަންވީރު ފެނިގެން ދާނީ ވަރަށް ވަރުގަދަ ފުލުހެއްގެ ރޯލުންނެވެ. ފިލްމުގެ ނުބައިބައި ރޯލުން ފެނިގެން ދާނީ ސޯނޫ ސޫދެވެ.

"ކޮފީ ވިތު ކަރަން" އަށް އާމިރު އެކަނި

ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން މި މަހުގެ 21 ފަށަން ތައްޔާރުވަމުން އަންނަ އިރު، އާމިރު ހާން މި ފަހަރު ވެސް ޝޯ އިން ފެނިގެން ދާނެ އެވެ. އޭނާ ފެނިގެންދާ އެޕިސޯޑް ޝޫޓްކޮށް ނިންމާލައިފައިވާ އިރު، ކަރަން ވަނީ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.

އާމިރު "ކޮފީ ވިތު ކަރަން" ގެ ސެޓްގައި.

ދެހާސް ސޯޅަ ވަނަ އަހަރު ގެނެސް ދިން "ކޮފީ ވިތު ކަރަން" ގެ ފަސް ވަނަ ސީޒަނާ ހިލާފަށް އާމިރު މި ފަހަރު ޝޯގައި މެހުމާނެއްގެ ގޮތުން ބައިވެރި ވަނީ އެކަންޏެވެ. ކުރީ ފަހަރު އޭނާގެ އަންހެނުން ކިރަން ރާއޯ ބައިވެރިވި އެވެ.

މި ފަހަރު ޝޯގެ ފުރަތަމަ އެޕިސޯޑުން ފެނިގެން ދާނީ ދީޕިކާ ޕަދްކޯނާއި އާލިއާ ބަޓް އެވެ. މިހާތަނަށް ޝޫޓްކޮށްފައިވާ އެޕިސޯޑްތަކަށް ބަލާ އިރު، ދެބޭން ކަމަށްވާ އަރްޖުން ކަޕޫރާއި ޖާންވީ ކަޕޫރް އަދި ރަންވީރް ސިންގް އާއި އަކްޝޭ ކުމާރު އަދި ދެބަފައިން ކަމަށްވާ ސައިފް އަލީ ހާނާއި ސާރާ ޝޯ އިން ފެނިގެން ދާނީ އެކީގަ އެވެ. މީގެ އިތުރުން ވެސް މަޝްހޫރު ގިނަ ތަރިންތަކެއް ޝޯގެ އެކިއެކި އެޕިސޯޑްތަކުން ފެނިގެން ދާނެ އެވެ.

"ކޮފީ ވިތު ކަރަން" ސީޒަން ހައެއް ގެނެސް ދޭނީ ސްޓާ ވޯލްޑް އިންނާއި ސްޓާ ޕްލަސް އިންނެވެ.

އޫލިއާގެ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ސަލްމާން ހާނާ ގާތް ގުޅުމެއް އޮންނަ ރޮމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރު ބޮލީވުޑަށް ބަތަލާއެއްގެ ގޮތުގައި ތައާރަފު ކުރާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އޫލިއާގެ ފިލްމުގެ ޕޯސްޓަރު.

ޕްރިތީ ޒިންތާގެ 2013 ގެ ފިލްމު "އިޝްގް އިން ޕެރިސް" ގެ ޑައިރެކްޓަރު ޕްރޭން އާރް ސޯނީ ޑައިރެކްޓް ކުރާ ފިލްމަށް ދީފައިވާ ނަމަކީ "ރާދާ ކިޔު ގޯރީ މޭ ކިޔު ކާލާ" އެވެ. ޕޯސްޓަރުން ފެންނަ ގޮތުގައި އޫލިއާ ފެނިގެން ދާނީ އިންޑިއާވަންތަ ރޯލަކުންނެވެ. ޕޯސްޓަރުގައި އޭނާ ފެންނަނީ ސާޅީއަކާ އެކު ކަރުގައި މާ ފައްޗެއް އަޅައިގެން ހުއްޓަ އެވެ.

އަންނަ އަހަރުގެ މެއިގައި ރިލީޒް ކުރާ "ރާދާ ކިޔު ގޯރީ މޭ ކިޔު ކާލާ" ގައި އޫލިއާއާ އެކު ބަތަލެއްގެ ގޮތުގައި ފެނިގެން ދާނީ ޖިމީ ޝެރްގިލް އެވެ. ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް އޫލިއާ ތައާރަފުވާ އިރު، މީގެ ކުރިން އޭނާ ވަނީ 2014 ގައި ރިލީޒް ކުރި "އޯ ތެރީ" ގެ އައިޓަމް ލަވައެއް ވެސް ކުޅެފަ އެވެ. އެއީ ސަލްމާން ހާން ޕްރޮޑިއުސް ކުރި ފިލްމެކެވެ.

"ބާރަތު" ގެ އަބޫދާބީ ޝޫޓިން ވެސް ނިންމާލައިފި

ސަލްމާން ހާން މިހާރު ކުޅެމުން އަންނަ ފިލްމު "ބާރަތު" އަބޫދާބީ ޝޫޓިން ޝެޑިއުލް ވެސް ނިންމާލައިފި އެވެ. ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ވަނީ އެކަން ހިއްސާކޮށްފަ އެވެ.

އަލީގެ ޓްވީޓް.

"ބާރަތު" ގެ މަންޒަރުތަކެއް އަބޫދާބީގައި ނަގައި ނިންމައިލި އިރު، ފިލްމުގެ މަންޒަރުތަކެއް މީގެ ކުރިން ވަނީ މޯލްޓާ އާއި އިންޑިއާގައި ވެސް ނަގައިފަ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ މި ފިލްމުގައި ސަލްމާނާ އެކު ފެނިގެންދާ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޖެކީ ޝްރޮފް، ތައްބޫ، ސުނިލް ގްރޯވާ، ޑިޝާ ޕަޓްނީ އަދި ނޯރާ ފަހެތީ ފަދަ ތަރިން ހިމެނެ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ވެސް ފެނިގެން ދާނެ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454