މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަރަންގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން 6" އާދީއްތަ ދުވަހު ވަނީ ފަށާފައި.

22 އޮކްޓޯބަރ 2018 - 07:30

ބޮލީވުޑަށް މިހާރު ތައާރަފުވާން އުޅޭ ބަތަލާއިންގެ ތެރެއިން ތާރާ ސުތާރިއާއަކީ ޑިމާންޑް ބޮޑުވަމުން އަންނަ ބަތަލާއެކެވެ. އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަދި ރިލީޒް ނުކޮށް އުޅެނިކޮށް، އިތުރު ދެ ފިލްމަކުން ވަނީ ފުރުސަތު ލިބިފަ އެވެ.

އޭގެ ތެރެއިން އެއް ފިލްމަކީ ޝާހިދު ކަޕޫރް ކުޅޭ "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން އެވެ. ނަމަވެސް "ސޮޓީ 2" އަށް ވުރެ ކުރިން އެ ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައިވާތީ ތާރާ ވަނީ އެ ފިލްމު ދޫކޮށްލައިފަ އެވެ. ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޕުނިތު މަލްއުތުރާ ޑައިރެކްޓް ކުރާ "ސޮޓީ 2" ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ މެއި، 10، 2019 ގަ އެވެ. ކުރިން މި ފިލްމަކީ އަންނަ މަހުގެ 23 ގައި ރިލީޒް ކުރަން އޮތް ފިލްމެކެވެ.

ސިދާތު އާއި ރިތޭޝްއާ އެކު ތާރާ

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސަތިޔަމޭވް ޖަޔަތޭ" ގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީގެ އާ ފިލްމަށް ތާރާ މިހާރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ކުރިން މީޑިއާތަކުން ވަނީ މި ފިލްމުގެ ބަތަލުންގެ ރޯލަށް ސިދާތު މަލްއުތުރާ އާއި ރިތޭޝް ދޭޝްމުކް ސޮއިކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ރިތޭޝް، ސިދާތު އަދި ތާރާ.

އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ ސާޖިދު ނަދިއަދްވާލާ އާއި ނިކިލް އަދްވާނ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމަށް ތާރާ ސޮއި ކުރި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެކަން އަދި ޕްރޮޑަކްޝަން ޓީމުން ކަށަވަރެއް ނުކޮށްދެ އެވެ. އޭނާ "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން ދޫކޮށްލުމުން އެ ފިލްމުގެ ބަތަލާގެ ރޯލް ޝާހިދާ އެކު ކުޅެން ހަމަޖެހިފައި ވަނީ ކިއާރާ އަދްވާނީ އެވެ.

ރޯހިތުގެ ފިލްމަށް ރިތިކް

ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓް ކުރާ ތިން ވަނަ ފިލްމަށް ރިތިކް ރޯޝަން ސޮއިކޮށްފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމުވެން ދާނީ ވަރަށް އެންޓަޓައިނިން މަސާލާ ފިލްމަކަށެވެ.

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ ފިލްމަށް ރިތިކް ސޮއިކޮށްފައިވާ ކަމަށް ބުނި ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ރިތިކް މިހާރު އަންނަނީ ސާޖިދު ޕްރޮޑިއުސްކޮށް 2014 ގައި ނެރުނު "ބޭންގް ބޭންގް" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓް ކުރާ ފިލްމެއްގެ މަސައްކަތް އިޓަލީގައި ކުރަމުންނެވެ.

ރޯހިތު، ސާޖިދު އަދި ރިތިކް.

މިދިޔަ އަހަރު ރިލީޒް ކުރި "ގާބިލް" އަށް ފަހު، ރިތިކް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖެނުއަރީ، 25، 2019 ގައި ރިލީޒް ކުރާ "ސުޕަ 30" އިންނެވެ.

ރޯހިތު އެންމެ ފަހުން ޑައިރެކްޓް ކުރީ ކޮއްކޮ ވަރުން އާއި ޖޯން އަބްރަހަމް ލީޑް ރޯލް ކުޅުނު 2016 ގެ "ޑިޝޫމް" އެވެ. އޭނާ ޑައިރެކްޝަނަށް ނުކުތީ 2011 ގެ "ދޭސީ ބޯއިސް" އިންނެވެ.

ކަރަން ވެސް ޑިޖިޓަލް ޕްލެޓްފޯމަށް

މީގެ ކުރިން އަޑު އަރާފައިވާ ގޮތުން ނެޓްފްލިކްސްއާ ގުޅިގެން އުފެއްދުންތަކެއް ގެނެސް ދޭން ކަރަން ޖޯހަރް ވަނީ ނިންމައިފަ އެވެ. ނަމަވެސް މީޑިއާތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި ކަރަންގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންގެ ތެރެއިން ޑިޖިޓަލް ކޮންޓެންޓާ ދިމާލަށް ގޮސް، އުފެއްދުންތަކެއް ގެނެސް ދޭން ވަނީ ނިންމައިފަ އެވެ. މިކަމާ ބެހޭ ގޮތުން ލައިވް މިންޓަށް ދިން އިންޓަވިއުއެއްގައި ކުރަން ބުނީ ޑިޖިޓަލް ޕްލެޓްފޯމަށް ހާއްސަކޮށްގެން އުފެއްދުންތައް ގެނެސް ދިނުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ވެސް ވަރަށް ބޮޑަށްވެފައިވާ ކަމަށް ބުންޏެވެ.

"ބޭނުން ވަނީ ވަރުގަދަ ކޮންޓެންޓް ހިމެނޭ އުފެއްދުންތަކެއް ގެނެސް ދޭން. އަދި މި ފްލެޓްފޯމްގެ ތެރެއިން ވަރަށް ގިނަ ޒުވާން ފަންނާނުންނަށް ފުރުސަތުތަކެއް ހުޅުވިގެން ދާނެ،" ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޕްރޮޑިއުސަރު/ޑައިރެކްޓަރު ބުންޏެވެ. އޭނާ ބުނި ގޮތުގައި ބެލުންތެރިންނަށް ގެނެސް ދޭނީ ހަމައެކަނި ވެބް ސީރީޒްތަކެއް ނޫނެވެ. އެއާ ހިލާފަށް އެކި ކަހަލަ އުފެއްދުންތައް ގެނެސް ދޭނެ ކަމަށް ބުންޏެވެ.

މޮހެނާ އެންގޭޖްވެއްޖެ

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކިރިތީގެ ރޯލް ކުޅެމުން އަންނަ މޮހެނާ ސިންގް މިދިޔަ ހަފުތާގެ ތެރޭގައި ލޯބިވެރިޔާއާ އެންގޭޖްވެއްޖެ އެވެ. އޭނާގެ އެންގޭޖްމަންޓް ހަފުލާގައި ނަގާފައި ފޮޓޯއަކާ މީޑިއާތަކުން ބުނީ މޮހެނާ އެންގޭޖްވީ އުފަން އަވަށް ރޭވާގައި ކަމަށެވެ.

މޮހެނާ އާއި ލޯބިވެރިޔާ އެންގޭޖްމަންޓް ހަފުލާގައި.

ނަމަވެސް އޭނާ ކައިވެނި ކުރަން އުޅޭ މީހާގެ ނަމާއި އެއީ ކާކުކަން މީޑިއާތަކުން ހާމައެއް ނުކުރެ އެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން މޮހެނާ ދެކޮޅު ހަދާފައިވާ އިރު، އޭނާ ކައިވެނި ކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށްވެ އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ގައި ސްވަރުނާގެ ރޯލު ކުޅޭ ޕަރުލް ޗޯހަން ވެސް ދާދި ފަހުން އެންގޭޖްވެފައިވާ އިރު، ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކައިވެނި ކުރާނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454