"މާމުއި" ގެ މަންޒަރެއްގައި ޝާއްކޮ އައްމަޑޭ.
23 އޮކްޓޯބަރ 2018 - 07:30
އަންނަ އަހަރު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭ ފިލްމު "މާމުއި" އަކީ އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އެންމެ ތަފާތު ގޮތަކަށް ފެނިގެން ދާނެ ފިލްމެކެވެ. އެހެންވެ އޭނާ ވެސް ހުރީ މި ފަހަރު މި ކުޅޭ "ހުދުމުހުތާރު" ކެރެކްޓާ ބެލުންތެރިން ބަލައި ގަންނާނެ ގޮތެއް ބަލަން ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.
އަލީ (ޗިއްޕެ) ޝިފާއު ބޮޑު ކާސްޓަކާ އެކު ގެނެސްދޭ "މާމުއި" ގައި ޝާއްކޮ ފެންނަލެއް ވަރަށް ތަފާތު ވާނެ އެވެ. ތަލަ ވާނެ އެވެ. ދިގު ނުރަ ތުނބުޅިއެއް ހުންނާނެ އެވެ. އެއް ލޮލުގެ ކަޅި އައިބުވެފައި، ބިރުވެރި ގޮތެއް ހުންނާނެ އެވެ. ފިލްމުގައި މުޅިންހެން ފެންނާނީ ހުދު ކުލައިގެ ކޮސްޓިއުމެއްގަ އެވެ.
އެހެން ގޮތަކަށް ސިފަ ކުރާ ނަމަ މިއީ ވަރަށް މުއްސަނދިކޮށް އުޅޭ، ނުފޫޒު ގަދަ އަދި ޖެހިލުން ކުޑަ ކެރެކްޓާއެކެވެ. ކެރެކްޓާ އަށް ދީފައިވާ ނަން "ހުދުމުހުތާރު" އިން ވެސް އެކަން އެނގޭނެ އެވެ.
Ladies and Gentlemen @SharkkoAmmaday as Hudhu Mukhthar in @DarkRainEnt 's Maamui @mogerdre @Jumayyil @AzzaMariyam @Ju_Maih pic.twitter.com/ObuZKedrcA
— Dark Rain Ent (@DarkRainEnt) September 9, 2018
"މާމުއި" ގައި ޝާއްކޮގެ ލުކް.
މި ރޯލާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލަކަށް ދާކޮށް ޝާއްކޮއަކަށް ހުއްދައެއް ނެތެވެ. އެހެންވެ ކުރުކޮށް އޭނާ ބުނީ "މިއީ ކުޅެން އެންމެ ބިރުގަތް، އެންމެ ޖެހިލުންވި ރޯލް" ކަމަށެވެ.
"އެއް ކަމަކީ ފިޒިކަލީ ވެސް ކެރެކްޓާ އެއް ޗޭންޖަސްތަކެއް ގެންނަން ޖެހުން. ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ފިލްމަށް ބޭނުންވާ ލުކް ގެންނަން،" އޭނާ ބުންޏެވެ. "އަހަރެން ބުނާނީ މިއީ މާމުއިގެ މުޅި ޓީމްގެ މަސައްކަތޭ."
#Maamui #AprilFoolsDay2019 @SharkkoAmmaday @shifauchippe @Ju_Maih @Jumayyil @AzzaMariyam @AdamRizwee @fubiano305 pic.twitter.com/70JpJLXPLA
— Dark Rain Ent (@DarkRainEnt) September 21, 2018
"މާމުއި" ގެ ޝޫޓިންގެ ތެރެއިން.
ޝާއްކޮ ބުނި ގޮތުގައި އޭނާ އަބަދު ވެސް ބޭނުން ވަނީ ސްކްރީންގައި ތަފާތު ކެރެކްޓާތައް ދައްކައިލާށެވެ. އެެހެންވެ "މާމުއި" އަކީ މިހާތަނަށް ކުޅެން ލިބުނު އެންމެ ޗެލެޖިން ރޯލް ކަމަށް ބުންޏެވެ.
#Maamui #AprilFoolsDay2019 #HudhuMukhthar @SharkkoAmmaday pic.twitter.com/cKhvhtBryX
— Dark Rain Ent (@DarkRainEnt) September 29, 2018
"މާމުއި" ގެ މަންޒަރެއް.
"ތެދަށް ބުނަންޏާ މިއީ ކުޅެން މިހާތަނަށް ލިބުނު އެންމެ އުނދަގޫވި ރޯލް. އަދި އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހުނު ރޯލު. އަދި އެންމެންގެ ސަޕޯޓާ އެކު އަހަރެންގެ މެކްސިމަމް ދީފައި ހުންނާނެ،" ވާށޭ މަށާއެކީ އާއި މީ ލޯތްބަކީ ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ބުންޏެވެ. "އަހަންނަކީ އެއް އިރެއްގައި ވެސް ކުޅެން ލިބޭ ރޯލުގެ ދިގުމިނަަށް ބަލާ މީހެއް ނޫން. އަހަންނަށް ޕުލް-އޮފް ކުރެވޭ ކަހަލަ ރޯލެއް ކަމަށް ވަންޏާ ކިތަންމެ ކުރަސް އެ ރޯލެއް ކުޅޭނަން."
95% of #Maamui shooting completed. A very special thanks to the cast and crew. 💗🙏 @fubiano305 @SharkkoAmmaday @mogerdre @AdamRizwee @Jumayyil @shifauchippe @najeebsheela @ismileamile2 @ahmedshinan @AzzaMariyam @iJumaih @ShuaibNuzhath pic.twitter.com/fWVDjsGTUS
— Dark Rain Ent (@DarkRainEnt) October 21, 2018
"މާމުއި" ގެ ޝޫޓިންގެ ތެރެއިން.
އެޕްރީލް، 1، 2019 ގައި ސިނަމާ އަށް ގެންނަން ނިންމާފައިވާ "މާމުއި" އަކީ ޑާކް ކޮމެޑީއެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލެވެ.
"މާމުއި" ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ފެންނަ ގޮތަށް ޝާއްކޮގެ "ހުދުމުހުތާރު" ގައި ކެރެކްޓާގައި އެ ހުރި ތަފާތެއް ބަލަން ފިލްމަށް އިންތިޒާރު ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ކެތްމަދުވެފަ އެވެ. ޔަގީނުން ވެސް މިއީ މި ފިލްމުގެ އެންމެ ތަފާތު އެއް ރޯލަށް ވާނެ ކަމުގެ ޔަގީން ބޮޑެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.
"ބެލުންތެރިން ރިއަކްޓް ކުރާނެ ގޮތެއް ނޭނގޭ ފިލްމު ބަލާފައި. އެކަމަކު އަހަރެން ބުނާނީ މާމުއިއަކި ޑާކް ރެއިނުން ގެނެސްދޭ ވަރަށް އިންޓަރެސްޓިން ފިލްމަކަށް ވާނޭ،" ޝާއްކޮ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy