ދުރަޝްތީ: އޭނާ ވަނީ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" އިން ވަކިވެފައި.
03 ނޮވެމްބަރ 2018 - 07:53
ކަލާޒް ޗެނެލުން ގެނެސްދޭ ޓީވީ ސިލްސިލާ "ސިލްސިލާ ބަދަލްދޭ ރިޝްތޯން ކާ" ގައި ނަންދިނީގެ ރޯލް ކުޅެމުން އަންނަ ބަތަލާ ދުރަޝްތީ ދާމީ އެ ސިލްސިލާ އިން ވަކިވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދުރަޝްމީ ސިލްސިލާ ދޫކޮށްލަން ނިންމީގެ އޭގެ ވާހަކަ އަހަރުތަކެއް ފަހަތަށް ގެންނަން ނިންމާފައިވާތީ އެވެ. އެހެންވެ އޭނާގެ ފެނިގެން ދާނެ ފަހުގެ އެޕިސޯޑްތައް އަންނަ ހަފުތާގައި ފެނިގެންދާ އިރު، ދުރަޝްމީގެ އެންމެ ފަހުން ފެންނާނެ އެޕިސޯޑް ވެސް މިހާރު ވަނީ ޝޫޓްކޮށް ނިންމައިފަ އެވެ.
"ސިލްސިލާ ބަދަލްދޭ ރިޝްތޯން ކާ" އިން ވަކިވާކަން ކަށަވަރުކޮށް ދެމުން ދުރަޝްމީ އާންމު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ ބުނީ ނަންދިނީގެ ކެރެކްޓާ އަށް ފުރިހަމަކަން ގެނެސް ދޭން އޭނާ ވަރަށް މަސައްކަތް ކުރި ކަމަށާއި މީގެ މަސައްކަތް ފުރަތަމަ ފެށި ދުވަސް ވެސް ވަރަށް ހަނދާން އެބަހުރި ކަމަށެވެ.
ދުރަޝްތީގެ ޕޯސްޓް.
"މިއީ އެކްޓަރެއްގެ ގޮތުންނާއި އަދި އަމިއްލަ ގޮތުން ވެސް ވަރަށް ގިނަ އެއްޗެހި ދަސްވި ސިލްސިލާއެއް. އަދި މިއީ ކަލާޒް އާއި ސިލްސިލާ ބަދަލްދޭ ގެނެސްދޭ ޓީމާ އެކު އަހަރެން ކުރި ދެވަނަ މަސައްކަތް،" މަދޫބާލާ: އޭކް އިޝްގް އޭކް ޖުނޫން އަދި ޕަރްދޭސް މޭ ހޭ މޭރާ ދިލް ފަދަ ސިލްސިލާތައް ކުޅުނު 33 އަހަރުގެ ބަތަލާ ބުންޏެވެ. "އަހަންނާ އެކު މަސައްކަތް ކުރި އެކްޓަރުންނަށާއި މުޅި ޓީމަށް ޝުކުރު އަދާކުރަން. އަދި ކާމީޔާބީ އަށް ވެސް އެދެން."
"ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ވަރަށް އަވަހަށް ހުއްޓައިލަން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައިވާ އިރު، ޕިންކްވިލާ އިން ބުނި ގޮތުގައި މި ސިލްސިލާގެ ޕްލޮޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތުން އާ ކާސްޓުން އިތުރުކޮށް، ތަފާތު ބަދަލުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެންނަން ފަށާނެ ކަމަށް ބުންޏެވެ.
"ސިލްސިލާ ބަދަލްދޭ ރިޝްތޯން ކާ" ގައި ދުރަޝްމީއާ އެކު މުހިއްމު ރޯލްތައް ކުޅެނީ ޝަކްތީ އަރޯރާ އާއި އަދިތީ ޝަރްމާގެ އިތުރުން އަބީނާވް ޝުކްލާ އެވެ.
ޖޫން 4 ގައި ދައްކަން ފެށި ސިލްސިލާގެ 100 އަށް ވުރެ ގިނަ އެޕިސޯޑް މިހާރު ވަނީ ގެނެސް ދީފަ އެވެ. މީގައި ކިޔައި ދެނީ ކައިވެނިން ބޭރުން ހިންގާ ގުޅުންތަކާއި ގެވެށި އަަނިޔާ ފަދަ ކަންކަމުން އާއިލާތަކަށް ކުރިމަތިވާ މައްސަލަތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy