މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރާޖްމޯލީ އޭނާގެ އާ ފިލްމުގެ ދެ ބަތަލުން ކަމަށްވާ ރާމް ޗަރަން (ކ) އާއި ޖޫނިއާ އެންޓީއާރްއާ އެކު.

04 ނޮވެމްބަރ 2018 - 07:36

ބާވީހަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު، މަހޭޝް ބަޓް އަލުން ފިލްމެއް ޑައިރެކްޓް ކުރަން ނިންމާފައިވާތީ އޭނާގެ ފޭނުން ތިބީ ލައްކަ އުފަލުންނެވެ. މި ފިލްމަކީ އޭނާ 1991 ގައި ގެނެސް ދިން ފިލްމު "ސަޅަކް" ގެ ދެވަނަ އެވެ.

ފިލްމުގެ ކާސްޓުންނަކީ ކުރީގެ ފިލްމުގައި ވެސް މުހިއްމު ރޯލްތައް ކުޅުނު ޕޫޖާ ބަޓް އާއި ސަންޖޭ ދަތުގެ އިތުރުން އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރެވެ. މަހޭޝްގެ "ސަޅަކް 2" އަށް ކުރަން ޖެހޭ އިންތިޒާރު އަދި ވަރަށް ދިގު ނަމަވެސް، އޭނާ މިހާރު އަންނަނީ ފިލްމުގެ ޝޫޓިން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

"ސަޅަކް 2" އަށް ލޮކޭޝަން ހޯދަނީ

ފިލްމުގެ މަންޒަރުތައް ޝޫޓް ކުރާނެ ތަންތަން ހޯދުމަށް މަހޭޝް އާއި އޭނާގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ މިހާރު އަންނަނީ އިންޑިއާގެ އެކި ހިސާބުތަކަށް ދަތުރު ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ދެ މީހުން ވަނީ ސޯޝަލް މީޑީއާގައި ވެސް ހިއްސާކޮށްފަ އެވެ.

ޕޫޖާ ބަޓްގެ ޓްވީޓެއް.

"ސަޅަކް 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް، 25، 2020 ގަ އެވެ. މި ފިލްމު އިއުލާން ކުރީ މަހޭޝްގެ 70 ވަނަ އުފަން ދުވަހު ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އަދި "ސަޅަކް 2" ވެގެން ދާނީ އޭނާގެ ހަގު އަންހެން ދަރިފުޅު އާލިއާ ބައްޕައާ އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ. އަދި މިއީ އާއިލީ ފިލްމު ކުންފުނި ވިޝޭޝް އަށް ވެސް އާލިއާ ކުޅޭ ފުރަތަމަ ފިލްމެވެ.

ރާޖަމޯލީގެ އުފާވެރި ޚަބަރެއް

"ބާހްބަލީ" ޑައިރެކްޓްކޮށްގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ދެން ހަދާނެ ފިލްމަކީ ކޮބައިތޯ ބަލައިލަން ކެތްމަދުވެފައި ތިބި މީހުން ބައިވަރެވެ. އުފާވެރި ހަބަރަކީ މި މަހުގެ 11 ވަނަ ދުވަހު އޭނާގެ އާ ފިލްމާ ބެހޭ ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރަން ނިންމާފައިވާ ކަމަށެވެ.

ޓްވިޓާގައި އެ ވާހަކަ މިހާރު ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ރާޖަމޯލީގެ ޓްވީޓެއް.

ރާޖަމޯލީގެ އާ ފިލްމުގެ ބަތަލުންނަކީ ސައުތުގެ މަޝްހޫރު ދެ ބަތަލުން ކަމަށްވާ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރް އެވެ. ރިޕޯޓްތައް ބުނާ ގޮތުން 300 ކްރޯޑްގެ ބަޖެޓަކުން ހަދާ ފިލްމަކީ ބޮކްސިންގެ ތެރޭގައި އުޅޭ ދެބޭންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި މި ފަހަރު ވެސް ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރާޖަމޯލީގެ ބައްޕަ ކޭވީ ވިޖެންދުރަ ޕްރަސާދު ކަމަށްވެ އެވެ.

އަބިނާވް ވެސް "ސިލްސިލާ" ދޫކޮށްލައިފި

ކަލާޒްގެ ކާމިޔާބު ޓީވީ ސިލްސިލާ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ގެ ވާހަކަ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެން އޭގައި ނަންދިނީގެ ރޯލް ކުޅެމުން ދިޔަ ބަތަލާ ދުރަޝްތީ ދާމީ ސިލްސިލާ ދޫކޮށްލައިފައި ވަނިކޮށް އެކްޓަރު އަބީނާވް ޝުކްލާ ވެސް އެއިން ވަކިވެއްޖެ އެވެ.

އެކަން އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ގައި ނަންދިނީގެ ކުރީގެ ފިރިމީހާ ރަޖްދީޕް ތާކޫރްގެ ރޯލް ކުޅެމުން ދިޔަ އެކްޓަރު ސިލްސިލާ ދޫކޮށްލި ސަބަބެއް ނުބުނެ އެވެ، އެކަމަކު ސިލްސިލާ އަށް ޝައުގުވެރިކަން ދިން އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް މިހާރު ފެންނަ އަބީނާވްއަކީ ކަލާޒުން ދައްކާ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އެހުސާސްކީ" ގެ ބަތަލާ ރުބީނާ ދިލައިކްގެ ފިރިމީހާ އެވެ. އޭނާ ބުނި ގޮތުގައި ދާދި ފަހުން ކައިވެނި ކުރުމަށް ފަހު، ވަރަށް އަނިޔާވެރި ފިރިއެއްގެ ރޯލް ސްކްރީނުގައި ކުޅެން ޖެހުމަކީ އެހާ ގަޔާވި ކަމެއް ވެސް ނޫނެވެ.

"ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" އިން ކުރިއަށް އޮތް ތަނުގައި "އަފުސަރު ބިޓިޔާ" އާއި "ބިދާއީ" ފަދަ ސިލްސިލާތައް ކުޅުނު ކިންޝުކް މަހާޖަން ފެންނަން ފަށާނެ އެވެ.

ވިވެކްގެ އަގުބޮޑު ބިޔަ ޕްރޮޖެކްޓެއް

"ޗޮކްލެޓް" އާއި "ޖުނޫނިޔަތު" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު/ޕްރޮޑިއުސަރު ހިންދޫ ސިވިލައިޒޭޝަންގެ ވާހަކަ ކިޔައިދޭ ޓްރިލޮޖީއެއް ހަދަން ނިންމައިފި އެވެ.

ވިވެކްގެ ޓްވީޓެއް.

ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކިޔައި ދީ ނިންމާ ގޮތަށް އޭނާ ފަށާ މި ބޮޑު ޕްރޮޖެކްޓަކީ 250 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާ އެއްޗެކެވެ. ފިލްމަށް އިނގިރޭސިވިލާތުގެ ބައެއް ކުންފުނިތަކުން ވެސް އިންވެސްޓް ކުރާނެ ކަމަށް ވިވެކް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހިންދޫ ސިވިލައިޒޭޝަންގެ ވާހަކަ އޭނާ ބޮޑު ސްކްރީނަށް ގެންނަނީ ތާރީހު ދިރާސާ ކުރާ މީހުންނާއި އެ ދާއިރާގެ އިލްމުވެރިންގެ ލަފަ އާއި މަޝްވަރާ ހޯދައިގެންނެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓަށް ރިސާޗްތަކެއް ހަދަމުން އަންނަ ކަމަށް ބުންޏެވެ.

މީގެ މަސައްކަތް ރަސްމީކޮށް ފަށައި ގަންނަނާނީ ވިވެކްގެ ކުރިއަށް އޮތް ފިލްމު "ދަ ތަޝްކެންޓް ފައިލްސް" ރިލީޒް ކުރުމަށް ފަހު އެވެ.

މިތުން ޗަކްރަބަތީ އާއި ނަސީރުއްދީން ޝާހް ފަދަ އެކްޓަރުން ހިމެނޭ އެ ފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454