އާޝްކާ ފިރިމީހާ ބްރެންޓްއާ އެކު.
16 ނޮވެމްބަރ 2018 - 23:39
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ކުރީގެ ޓީވީ ސިލްސިލާތައް ކަމަށްވާ "ކުސުމް" އާއި "ކަހީ ތޯ ހޯގާ" ފަދަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ އާޝްކާ ގޮރާޑިއާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ފިރިމީހާ ބްރެންޓް ގޮބްލްއާ އެކު، އާޝްކާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ވިވަންތާ ތާޖް ކޮރަލް ރީފް ރިސޯޓްގަ އެވެ. އެތަނުގައި ދެ މީހުންގެ ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓްރާމްގައި ހިއްސާކޮށްފައިވެ އެވެ.
ބްރެންޓްގެ ޕޯސްޓެއް.
އާޝްކާ، 32، އެންމެ ފަހުން ކުޅުނު ސިލްސިލާއަކީ ކަލާޒް ޗެނެލްގެ "ނާގިން" އެވެ. އެ ސިލްސިލާގެ ފުރަތަމަ ސީޒަނުގެ އިތުރުން މިހާރު ދައްކާ ދެވަނަ ސީޒަނުގައި ވެސް ވަނީ އޭނާ ވަނީ ރާނީ އަވަންތިކާގެ ރޯލް ކުޅެފަ އެވެ.
އާޝްކާ ރާއްޖޭގައި.
އެކްތާ ކަޕޫރު 2003-2005 އަށް ސޮނީން ގެނެސް ދިން "ކުސުމް" ގައި ކުމުދުގެ ރޯލް ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި އާޝްކާ ވަނީ ވަރަށް ވަރަށް ގިނަ ސިލްސިލާތަކުގައި މަސައްކަތްކޮށްފަ އެވެ.
އޭނާ ކުޅުނު އިތުރު ސިލްސިލާތަކުގެ ތެރޭގައި "ސިންދޫރު ތޭރޭ ނާމް ކާ"، "ސާތު ޕޭރޭ" އަދި "ލާގި ތުޖްސެ ލަގަން" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy