"އިޝްގްބާޒް" ގެ ލީޑް ކާސްޓް.
22 ނޮވެމްބަރ 2018 - 06:55
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަގުބޫލު ޓީވީ ސިލްސިލާ އަށް ގެންނަން ނިންމާފައިވާ ބޮޑު ބަދަލާ ގުޅިގެން އެ ސިލްސިލާގެ މައިގަނޑު ކާސްޓް އެއްކޮށްހެން އެއިން ވަކިވާން ނިންމައިފި އެވެ.
މުނިފޫހި ފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "އިޝްގްބާޒް" ގެ ވާހަކަ އަހަރުތަކެއް ކުރިއަށް ޖައްސައިލަން ނިންމުމުން، އެ ޝޯގެ ލީޑް ބަތަލާ ސުރުބީ ޗަންދުނާ އަށް ކުޅެން ޖެހެނީ މައެއްގެ ރޯލެވެ.
އެހެންވެ އެކަމާ ހިތްހަމަނުޖެހިގެން އަނީކާ ވަރުދާންގެ ރޯލް ކުޅޭ ސުރުބީ ސިލްސިލާ ދޫކޮށްލަން ނިންމާފައި ވަނިކޮށް، އިތުރު ގިނަ ކާސްޓުންތަކެއް "އިޝްގްބާޒު" އާ އެކު ކުރިއަށް ނުދާން ނިންމާފައިވާ ކަމަށް ބޮލީވުޑް ލައިފުން ބުންޏެވެ.
ސުރުބީ: އޭނާއަކީ "އިޝްގްބާޒް" ގައި މައި ބަތަލާ.
އެ ނޫހުން ބުނި ގޮތުގައި ސިލްސިލާގައި ޝިވާއޭ ސިންގް އޮބެރޯއީގެ ރޯލް ކުޅޭ ނަކުލް މެހެތާ ފިޔަވައި، މުހިއްމު އެހެން ހުރިހާ ކެރެކްޓާތަކެއް ކުޅޭ ތަރިން ވަނީ "އިޝްގްބާޒް" ދޫކޮށްލަން ނިންމައިފަ އެވެ.
އޭގެ ތެރޭގައި ކުނާލް ޖެއިސިންގް (އޮމްކާރޯ ސިންގް އޮބެރޯއީ)، މާންސީ ސުރިވަސްތާވް (ބާވިޔާ ޕްރަތާބު)، ޝްރެނޫ ޕަރިކް (ގޯރީ ވަރުދާން) އަދި ލެނޫޝް މައްޓޫ (ރުދުރާ ސިންގް އޮބެރޯއީ) ހިމެނެ އެވެ.
މިކަމާ ބެހޭ ގޮތުން އެ މީހުންނާ މީޑިިއާތަކުން ސުވާލު ކުރުމުން ބުނެފައި ވަނީ "އިޝްގްބާޒް" އަށް ވާން އުޅޭ ގޮތެއް ބަލަން މަޑުކޮށްލައިގެން ތިބި ކަމަށާއި މި ވަގުތު އެއްވެސް ވާހަކައެއް އަދި ދައްކަން ބޭނުން ނުވާ ކަމަަށެވެ.
#Ishqbaaz's New Promo is making us CURIOUS for the upcoming episodes!
— Telly Masala (@tellymasala) October 19, 2016
RT if you're excited too...@SurbhiChandna @NakuulMehta pic.twitter.com/AqphIPHwBN
"އިޝްގްބާޒް" ގެ ޕްރޮމޯއެއް.
"ހިނގާ ނިކަން ވާ ގޮތެއް ބަލަން ތިބެމާ،" މާންސީ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސުރުބީ ސިލްސިލާ އިން ވަކިވާން ނިންމާފައިވާތީ އޭނާގެ ބަދަލުގައި އެ ޝޯ އިން ދެން ފެންނާނެ ކަމަށް ބެލެވޭ ބަތަލާއިންގެ ތެރޭގައި ދާދި ފަހުން ކަލާޒުގެ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" އިން ވަކިވި ދުރަޝްތީ ދާމީ އާއި ކުރީގެ މަޝްހޫރު ޓީވީ ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ގެ ބަތަލާ ސަނާޔާ އިރާނީ ހިމެނެ އެވެ.
އެކަމަކު ސުވާލަކީ "އިޝްގްބާޒް" ގައި މައެއްގެ ރޯލް ކުޅެން ދުރަޝްތީ އެއްބަސްވާނެތޯ އެވެ. އޭނާ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ވެސް ދޫކޮށްލީ އޭގައި މައެއްގެ ރޯލް ކުޅެން ޖެހިގެންނެވެ.
މުއްސަނދި އާއިލާއެއްގެ ތިން ބެއިންގެ ވާހަކަ ކިޔައިދޭ "އިޝްގްބާޒް" އަކީ 2016 އިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާއެކެވެ. ޖޫން 27، 2016 އިން ފެށިގެން މިހާތަނަށް އެ ސިލްސިލާގެ 700 އާ ގާތް ކުރާ އަދަދެއްގެ އެޕިސޯޑްތައް ގެނެސް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy