އަނުޝްކާ: އޭނާއަކީ ބޮލީވުޑްހެ އެންމެ ކާމިޔާބު އެއް ބަތަލާ.
04 ޑިސެމްބަރ 2018 - 08:09
އަވަސް އަރުވާލައިގެން ގިނަ ފިލްމުތަކަކަށް ސޮއި ކުރަން ބޭނުން ނުވާ ކަމަށާއި ކުޅޭނީ އަބަދުވެސް ތަފާތު އެކި ކަހަލަ ކެރެކްޓާތައް ކުޅެން ލިބޭ ފިލްމުތައް ކަމަށް ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.
އޭނާ ބުނީ ބަތަލާއެއްގެ ގޮތުގައި މިހާރު އޭނާ ހުރީ ހަމަޖެހިލައިގެން ހުރެވޭ ހިސާބެއްގައި ކަމަށެވެ.
އެގޮތުން 2008 ގެ ފިލްމު "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނުކުތް ފަހުން، މިހާތަނަށް ވަރަށް ތަފާތު އެކި ކަހަލަ ފިލްމުތައް ކުޅެގެން، ބެލުންތެރިން ބަލައިގެންފައިވާ ބަތަލާއަކަަށް ވެވިފައިވާ ކަމަށް އަނުޝްކާ ބުންޏެވެ.
އަނުޝްކާ ފިރިމީހާ ވިރާޓްއާ އެކު.
"ވަކިން ހާއްސަކޮށް މި އަހަރަކީ އަހަންނަށް ވަރަށް ބިޒީ އަހަރެއް. އަހަރެން ވަރަށް ގިނަ މަސައްކަތްތަކެއް އެއް ފަހަރާ ކިރަން ޖެހުނު އަހަރެއް. އެހެންވެ ދެން ބޭނުން ވަނީ އާ ފިލްމަކަށް ސޮއި ކުރުމުގެ ކުރިން ފިލްމީ މަސައްކަތްތަކުން ކުޑަކޮށް ދުރަށް ޖެހިލައި، ހިތްހަމަޖައްސާލަން،" މި އަހަރުގެ މިހާތަނަށް ތިން ފިލްމަކުން ފެނުނު ބަތަލާ ބުންޏެވެ. "އަހަންނަކީ ހަމައެކަނި ބަތަލާއެއް ނޫން މިހާރަކު. ކޮނޑުގައި އެޅިފައި ހުރި އެހެން ޒިންމާތަކެއް ވެސް އެބަހުރި."
މި އަހަރު ރިލީޒްވި އަނުޝްކާގެ ފުރަތަމަ ފިލްމަކީ އޭނާ ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލު ވެސް ކުޅުނު ބިރުވެރި ފިލްމު "ޕަރީ" އެވެ. އޭގެ ފަހުން ޖޫންގައި "ސަންޖޫ" އަދި ސެޕްޓެމްބަރުގައި ރިލީޒް ކުރި "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އިން އަނުޝްކާ، 30، ފެނިފައިވެ އެވެ. އަދި މި މަހުގެ 21 ގައި އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ "ޒީރޯ" ސިނަމާތަކަށް އަންނާނެ އެވެ.
Dekha nahi toh nazar mein aane ke liye itna taam jhaam lekar aaya hai! Jaisa bhi hai, kuch alag toh hai ye @BauuaSingh ! #MereNaamTuhttps://t.co/57HNK3uCKm @iamsrk #KatrinaKaif @aanandlrai @AjayAtulOnline @Irshad_Kamil @RedChilliesEnt @cypplOfficial @TSeries
— Anushka Sharma (@AnushkaSharma) November 23, 2018
އަނުޝްކާ "ޒީރޯ" ގެ ލަވައެއް ޓްވީޓްކޮށްފައި.
"ޖަބް ތަކް ހެ ޖާން" އާއި "ޕީކޭ" އަދި "އޭ ދިލް ހޭ މުޝްކިލް" ފިލްމުތައް ކުޅެފައިވާ އަނުޝްކާ ބުނި ގޮތުގައި މިހާރު ވެސް ގިނަ ފިލްމުތަކެއް އޭނާ އަށް ހުށަހަޅާފައި އެބަ ހުއްޓެވެ. އަދި ވަގުތު ޖެހުމުން އެ ފިލްމުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ކަމަށް ބުންޏެވެ.
"ޒީރޯ" އަށް ފަހު، އަނުޝްކާގެ އިތުރު ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެެއް ނެތެވެ. އެކަމަކު އޭނާ ޕްރޮޑިއުސް ކުރާ ވެބް ސީރީޒް "ބުލްބުލް" އަންނަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމް ކުރާނެ އެވެ.
ކްލީން ސްލޭޓް ފިލްމްސްގެ ނަމުގައި ފިލްމު ކުންފުންޏެއް ހަދައި މިހާރު ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ އަނުޝްކާ ޕްރޮޑިއުސްކޮށް، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޕަރީ" ގެ އިތުރުން ފިލޯރީ (2017) އަދި އެންއެޗް 10 (2015) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޕް ޓު ޔޫ
04 December 2018
އަނުސްކާ