ޖޫހީ ލަނޑާގިރާވަރު ރިސޯޓްގައި.
22 ޑިސެމްބަރ 2018 - 22:31
މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިންޑިއާގެ ބަތަލާ ޖޫހީ ޗާވްލާ އަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 51 އަހަރުގެ ބަތަލާ މި ފަހަރު އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތައް ޖޫހީ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
"ޑަރް" އާއި "ދަރާރު"، "ޔެސް ބޮސް" އަދި "އިޝްގް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ.
ޖޫހީ ލަނޑާގިރާވަރުގައި.
މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޭ މެހެތާއާ ކައިވެނިކޮށްގެން މިހާރު ދެ ކުދިން ވެސް ތިބި ޖޫހީ ފިލްމުތަކުން މިހާރު ފެންނަލެއް ވަރަށް މަދެވެ. ޖޫހީގެ ތިބެނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ 17 އަހަރުގެ ޖާންވީ މެހެތާ އާއި އަރުޖުން މެހެތާ، 15، އެވެ.
ޖޫހީ ލަނޑާގިރާވަރުގައި.
ހުކުރު ދުވަހު ރިލީޒްކުރި، ޝާހްރުކް ހާންގެ "ޒީރޯ" ގައި ހާއްސަ ފެނިލުމަކުން ޖޫހީ ފެނިގެންދާ އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ފެބުރުއަރީ މަހުގެ 1 ގައި ރިލީޒްކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެވެ.
މި ފިލްމުގައި ޖޫހީ ފެނިގެން ދާނީ އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރާ އެކީގަ އެވެ.
ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު ފިލްމުތައް ކުޅެފައިވާ ޖޫހީއަކީ ދިވެހި ފިލްމެއްގައި ލަވައެއް ކުޅެން ވެސް ފުރުސަތު ލިބުނު ބަތަލާއެކެވެ. އެއީ "ދެރިޔާ" ގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން ގެނެސް ދިން ފިލްމު "ރަންމުތް" ގަ އެވެ. އެ ފިލްމުގައި ބަތަލު އިސްމާއީލް ވަޖީހާ އެކު ލަވައެއް ކުޅެން ރާއްޖެ އައިސް އެއާޕޯޓުން ލޯންޗަށް އަރަން އުޅުމުގެ ތެރޭގައި ޖޫހީގެ ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ޖެހުނީ ލަވަ ނުކުޅެ އެނބުރި އިންޑިއާ އަށް ދާށެވެ.
ފަހުން އެ ލަވަ ވަޖީހާއާ އެކު ކުޅުނީ މިހާރު އެއްވެސް ވަރަކަށް ފިލްމުތަކުން ނުފެންނަ ކުރީގެ ބަތަލާ ރާޖޭޝްވަރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް.
23 December 2018
ވަރަށް ރީތި ޖޫހީ ކިޔާފަހުރި ލަވަތައް. އަބދުވެސް އަޑުއަހަން
އަނގަ ގަދަމިތުރު
24 December 2018
އާރޓިކަލް ގައި އޮތީ ފިލްމުކުޅުނު ކަމަށް. ދެން ކޮން އިރަކު ލަވަކީ؟
ބިދޭސީ ރާއްޖެ ރިސޯޓް
23 December 2018
މި ތަނުން ފެނުނު ފޮޓޯ ގައި ވެސް ބިދޭސީ މީހެއް!! މަތީ ފެންވަރުގެ ރިސޯޓްތަކުން ދިވިހެންނަކަށް ނެތް ފުރުސަތެއް! ފޯޒީޒަން ފެންވަރުގެ ބްރޭންޑް ތަކަކީ މަހަކަ މުސާރަގެ އިތުރުން ސައްވިސްސް ޗާޖްއަ ށް 800 ޑޮލަރުން މަތިން ދެމުން އަންނަށް ތަންތަނެވެ. މި ތަންތަނަސް ދިވެހިން ކުނި ކަހަންވެސް ދާނެ ވަޒީފާ ދޭނަމަ!! މިކަން ބެލޭނެ ހިއްވަރެއް ސިޔާސީ މީހުންގެ އަތުނެވެ.
ޖޫހީ
23 December 2018
ދެން އޭނަވެސް މުސްކުޅިވާނެ ދޯ... އެންމެން އަބަދު އެއް ގޮތަކު ނުތިބޭނެ... ތިޔަ މަދޫރީ ވެސް މޭކަޕާ ނުލާ ފެނުނީމަ އެނގޭނީ ހުރި ރީތިކަމެއް... ކޮންމެ މީހަކީ ވެސް އެމީހެއްގެ އަސްލު ސިފައިގައި ހަމަ ރީތި މީހެއް...
މޮގާ
23 December 2018
ޖޫހީ ހާދަ މުސްކުޅި ވައްތަރު ޖަހައޭ. މަދޫރީ އަދިވެސް ކިޔާ ޒުވާންކޮށް ހުންނަނީ.
ހުނި
23 December 2018
ވަރަށްރީތި ކުއްޖެއްމީ