ޓައިގާ އާއި ޑިޝާ: ދެ ތަރިން މި ވަގުތު ތިބީ ރާއްޖޭގައި.
31 ޑިސެމްބަރ 2018 - 12:05
ރާއްޖެ އަށް ޗުއްޓީ އަށް މިހާރު އެންމެ ގިނައިން އަންނަ ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ ޒުވާން ދެ ލޯބިވެރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
އާ އަހަރު ފާހަގަކުރަން ދެ ތަރިން ރާއްޖެ އައިސް، ޗުއްޓީ ހޭދަކުރަމުން އަންނަ ސޮނެވާ ޖާނީގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ދެ ތަރިން ރާއްޖޭގައި ތިބޭތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.
ޓައިގާ އާއި ޑިޝާއަކީ މި އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބާގީ 2" ގެ ތަރިންނެވެ.
ޑިޝާ ރަންގަލީގައި ނަގާފައިވާ ފޮޓޯއެއް.
ދެ ތަރިންގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާ އިރު ޓައިގާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ.
ޓައިގާގެ ވީޑިއޯއެއް.
ޑިޝާގެ ކުރިއަށް އޮތް ފިލްމަކީ ސަލްމާން ހާނާ އެކު ކުޅޭ "ބާރަތު" އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަތްބޯރާސް
02 January 2019
އިސްމައިލް ވަޖީހު ސިކްސް ޕެކްސް ނެތީމަ ހަމަ. ހޫން.
ޓައިގާ ފޭން
01 January 2019
ވަޖީހު އޭނައާ ގާތް ވެސް ނުކުރެވޭނެ???...ވަޖީހޭ....ލޮލް
މަފް
01 January 2019
މިދެމީހުންނަކީ ރެގިލަރކޮށް ރާއްޖެއަންނަ ދެމީހުން. ދެން މިވަގުތު ރާއްޖޭގަ ތިބި ސެލެބްރިޓީންގެ ލިސްޓް މިތާގަ ލިޔަން ވެއްޖެއާ ވަރަށް ދިގުވާނެ.
މަންސޫރު
31 December 2018
އަހަރެންވެސް މިހިރީ ރާއްޖޭގައި. ފޮޓޯ ފޮނުވާލަންތަ؟
ބާބާ
31 December 2018
އިންޑިއާ މީހުންނަކީ ވަރަށް ދަހިބައެއް، އާސްދާނެ ބަހައްޓާފަ ދެވުނު ޝޭންޕްފުޅި ބަލާވެސް!
ލޯލް
01 January 2019
ދަހި ނަަމަ ނާންނާނެ. ޝޭންޕުޅިއަށްވުރެ ޓިކެޓް އަގު ބޮޑުވާނެ ދޯ
ޙަމްޒާ
31 December 2018
ތީ ނ. ސޮނެވާ ޖާނީ
ރިނީ
31 December 2018
އަހަރުމެންގެ އިސްމާއިލް ވަޖީހު މިހެން ސަޅިކޮށް ނެށީމަ ކަމަކުނުދޭ ދިވެހިންނަކަށް. މީނަވެސް ހަމަ މިޖައްސަނީ އެއްވައްތަރެއް. އެކަމަކު ހަމަ އޯކޭ!
އަބްޖީ
31 December 2018
ތިއުޅެނީ ހާދަ ފަހަތުގައޭ. އެންމެ ފަހުން ކުޅުނު ހޮލީވުޑް ފިލްމް ޖޭމްސް ބޮނޑް ނުބަލަންދޯ. އިސްމާއިލް ވަޖީހު ފައްކަލޭ ބުނާކަށް ފައްކާ.