01 ޖެނުއަރީ 2019 - 07:26
މާ ދުރު ނޫން މުސްތަގުބަލެއްގައި ބޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި ފެންނާނެ ސުހާނާ ހާން މި އަހަރު އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ އެކްޓިން ކޯހެއް ހަދަން ފަށާނެ ކަމަށް ބައްޕަ ޝާހްރުކް ހާން ބުނެފި އެވެ. އޭނާ ބުނި ގޮތުގައި އެކްޓިންގެ ތަމްރީނު ނުހޯދައި މޮޅު އެކްޓަރަކަށް ނުވެވޭނެ އެވެ. އެހެންވެ ބަތަލާއެއްގެ ގޮތުގައި ސުހާނާ، 18، ބޮލީވުޑަށް ދޫކޮށްލުމުގެ ކުރިން އެކްޓިންގެ ރޮނގުން އޭނާ ފައްކާ ކުރަން ބޭނުންވާ ކަމަށް ޝާހްރުކް ބުންޏެވެ. އިނގިރޭސިވިލާތުގައި މިހާރު ވެސް އެކްޓިންއާ ގުޅުން ހުރި ދާއިރާއަކުން ކިޔަވަމަން އަންނަ ސުހާނާއާ ބެހޭ ގޮތުން ޝާހްރުކް ބުނީ އޭނާގެ ދަރިފުޅުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.
"އެހެންވެ އަހަރެން ވަރަށް ބޭނުން ފިލްމު ކުޅެން ފެށުމުގެ ކުރިން ސުހާނާ އެކްޓިން އިން ރަސްމީކޮށް ތަމްރީނުވާން. އެމެރިކާގައި އޭނާ ހަދާ ހަތަރު އަހަރުގެ ކޯސްވެގެން ދާނީ ކެރިއަރު ބިނާކުރަން ވަރަށް ވެސް މުހިއްމު އެއްޗަކަށް،" މިފިޔަ މަހު ރިލީޒް ކުރި "ޒީރޯ" ގެ ބަތަލު ބުންޏެވެ.
ސުހާނާ.
ލަންޑަނުގައި ކިޔަވަމުން ސުހާނާ ވަނީ މިދިޔަ އަހަރު "ޒީރޯ" ސެޓްގައި އިންޓާންއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެކަމާ ބެހޭ ގޮތުން ޝާހްރުކް ބުނީ އެ ފިލްމުގެ ސެޓުން ވެސް ސުހާނާ އަށް ވަރަށް ގިނަ އެއްޗެހި ދަސްވެފައި ހުންނާނެ ކަަމަށެވެ.
ސުހާނާ ބައްޕަ ޝާހްރުކާ އެކު "ޒީރޯ" ގެ ސެޓްގައި.
"އަހަރެންގެ އެންމެ ބޮޑު ބޭނުމަކަށްވީ ޒީރޯގެ ދަ ބަތަލާއިން ކަމަށްވާ އަނުޝްކާ އާއި ކެޓްރީނާ މަސައްކަތް ކުރާ ގޮތް ވެސް ސުހާނާ އަށް ގާތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުން،" ޝާހްރުކް ބުންޏެވެ. "ހަމައެއާ ކު އާނަންދު [ޑައިރެކްޓަރު] އާ އެކު ސުހާނާ ވަނީ އެސިސްޓަންޓެއްގއެ ގޮތުގައި ވެސް ޒީރީގައި މަސައްކަތްކޮށްފައި." ޝާހްރުކް ބުންޏެވެ.
ސުހާނާކީ ޝާހްރުކްގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ބޮލީވުޑަށް ނެރޭނެ ބަތަލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުހަބާ
01 January 2019
ސުހާނާ ބިންތި ސާހް ރުކް ޚާން.. މަރުހަބާ..