ކްރިސް މާޓިން އާއި ގްވިނެތު ޕަލްޓްރޯ މި ވަގުތު ތިބީ ރާއްޖޭގައި.
03 ޖެނުއަރީ 2019 - 11:23
ބޮލީވުޑާއި ހޮލީވުޑްގެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަކީ މިހާރު އާންމު ކަމެކެވެ. އާ އަހަރާ ދިމާކޮށް ބޮލީވުޑުން ރާއްޖެ އައި ބައެއް ތަރިންގެ ވާހަކަ އޮތީ އިވިފަ އެވެ. ހޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ވެސް އާ އަހަރާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.
މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަނީ މި އަހަރު ރިލީޒް ކުރާ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ގްވެތެނު ޕަލްޓްރޯ އާއި އޭނާގެ ފިރިމީހާ އަދި ޑައިރެކްޓަރު ބްރެޑް ފަލްޗަކްގެ އިތުރުން "ފިފްޓީ ޝޭޑްސް" ސީރީޒް ފިލްމުތަކުގެ ބަތަލާ ޑަކޯޓާ ޖޯންސަން އާއި އޭނާގެ ލޯބިވެރިޔާ ކްރިސް މާޓިން ހިމެނެ އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ކޯލްޑްޕްލޭ" ގެ ލަވަކިޔުންތެރިޔާ ކްރިސްއަކީ ޕަލްޓްރޯގެ ކުރީގެ ފިރިމީހާ އެވެ.
ޕަލްޓްރޯގެ ޕޯސްޓެއް.
މި ތަރިން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓްތަކެއްގައި ކަމެއް ނޭނގެ އެވެ.
"ޝޭކްސްޕިއާ އިން ލަވް" އާއި "ދަ ޓެލެންޓެޑް މިސްޓް ރިޕްލީ" ފަދަ ފިލްމުތައް ކުޅެފައިވާ ޕަލްޓްރޯ ވަނީ އެ މީހުން ޗުއްޓީ ހޭދަ ކުރަމުން އަންނަ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ޕަލްޓްރޯ އާއި ބްރެޑް މިދިޔަ އަހަރު ކައިވެނި ކުރި އިރު، ކްރިސް އާއި އޭނާގެ ޕަލްޓްރޯލް 2003 ގައި ކުރި ކައިވެނި ރޫޅުނީ 2016 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސާތުލް
03 January 2019
ފޮޓޯއިން ފެންނަނީ ސޮނެވާ ޖަނީ