މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ދިވެހި ސިނަމާގެ ސުރުހީތައް

އައްޒަ: މި އަހަރު ވެސް ގިނަ ފިލްމުތަކަކުން ފެންނާނެ.

މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ނިއުމާ މުހައްމަދު ވަދާއީ ފިލްމު "ނިވައިރޯޅި" ހުކުރު ދުވަހުގެ ރެއިން ފެށިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ވަނީ ދައްކަން ފަށައިފަ އެވެ.

އެ ފިލްމުގެ ޓީމުން ބުނީ ހުޅުމާލޭގައި ޝޯތައް ދައްކަން ހަމަޖެހިފައިވާ މި މަހުގެ 11، 12، 14 އަދި 15 ގައި ކަމަށާއި އެ ޝޯތަކުގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ ކަމަށެވެ. ޓިކެޓްގެ އަގަކީ 100ރ. އެވެ.

މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނިވައިރޯޅި" މިހާރު އަންނަނީ އަތޮޅު ތެރޭގައި ވެސް އަޅުވަމުންނެވެ.

މި ފިލްމުގައި ނިއުމާ އެކު މުހިއްމު ރޯލްތައް ކުޅެފައިވާ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، އަހުމަދު އާސިމް، ޒީނަތު އައްބާސް އަދި އައިމިނަތު ރިޝްފާ ފަދަ ތަރިން ހިމެނެ އެވެ.

"ނިވައިރޯޅި" އަކީ ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ނަމުގައި އުފައްދާފައިވާ ފިލްމު ކުންފުނި ނިއުޒޯ އިން ގެނެސް ދިން ފުރަތަމަ ފިލްމެވެ. އެ ކުންފުނީގެ ދެވަނަ ފިލްމުގެ ގޮތުގައި އިއުލާންކޮށްފައި ވަނި ރަވީ ފާރޫގް ޑައިރެކްޓް ކުރާ "ގޯނާ" އެވެ.

"ލީނާ" އެޕްރީލް 20 ގައި

އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމު އަންނަ އޮޕްރީލް މަހުގެ 20 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ އޭނާ މުހިންމު ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ލީނާ" ގައި ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ (ދޮން އައްޔަ) އާޒިމް، އަހުމަދު ނިމާލް، ނުޒުހަތު (ނުޒޫ) ޝުއައިބް)، އަހުމަދު ސައީދު އަދި ޒީނަތު ހިމެނެ އެވެ.

"ލީނާ" އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފާވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރަލި އަޒްލީނާ ނަފީސުގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މީގެ މަންޒަރުތައް ނަގާފައި ވަނީ އއ. އުކުޅަހުގަ އެވެ.

ތޭރަގެ ފަރާތުން ނިއުމާ އަށް ޅެމެއް

ފިލްމު "ނިވައިރޯޅި" އިން އެކްޓިން ކެރިއަރު ނިންމައިލި ބަތަލާ ނިއުމާ މުހައްމަދަށް މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު (ތޭރަވާ) އަބްދުލް ޢަނީ ޅެމަކުން ތައުރީފުކޮށްފި އެވެ.

އޭނާ ބުނި ގޮތުގައި މި ޅެމަކީ "ނިވައިރޯޅި" ޕްރިމިއާ ކުރި ރޭ ނިއުމާ އަށް ޓްރިބިއުޓެއް ލަވަ ސެޓެއްގެ އައިޓަމަކުން ސްޓޭޖްމަތީގައި ގެނެސް ދިން ބަތަލާ އައިޝަތު ރިޝްމީގެ ހިޔާލަކަށް ހެދި ޅެމެކެވެ. އެގޮތުން ޅެމުގައި ނިއުމާގެ ހުނަރަށް ތައުރީފުކޮށް އޭނާ ކުޅެފައިވާ ބައެއް ލަވަތަކުގެ ކަނޑިތަކާއި ފިލްމުތަކާއި ޑްރާމާތަކު ނަންތައް ވެސް ހިމަނާފައިވެ އެވެ.

ނިއުމާގެ އެންމެ ފަހު ވީޑިއޯ ލަވައިގެ ގޮތުގައި ވެސް ބެލުންތެރިންނަށް ދޫކޮށްލި އަދި "ނިވައިރޯޅި" ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ބޭނުން ކުރި "ސިހުރު ފަދަވި ކަމަނާ" ގެ ޅެމަކީ ވެސް ތޭރަ ހަދާފައިވާ ޅެމެކެވެ.

1 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 20%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަން ކްލިކް އަހައްމައިދީ

12 January 2019

ކޮބާ ޓެޑްރީ ހަދަމުންދާ ފިލްމުގެ ޚަބަރަކީ؟ ނަހުލާގެ ފިލްމުތަަކަށް ވަރަށް ފާޑުކިއާ ފިލްމު ހަދަންނޭގެއޭ ބުނި މީހާ މުޅިއުމުރުގަވެސް އަދި ހެދުނީ ދެފިލްމު ދެން އިތުރު އެއްޗެއް ހަދަން އުޅޭއުޅެ ހެދޭކަމަކަށްނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454