04 މާޗް 2019 - 07:21
ހޮލީވުޑްގެ މަޝްހޫރު އެކްޝަން ހީރޯ ސިލްވެސްޓަ ސްޓެލޯންގެ ކާމިޔާބު ފްރެންޗައިޒް "ރާމްބޯ" ގެ ފަސް ވަނަ ފިލްމު އަދި އޭނާ ރާމްބޯގެ ކެރެކްޓާ ކުޅޭ ފަހު ފިލްމު "ރާމްބޯ: ލާސްޓް ބްލަޑް" އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
"ރާމްބޯ" ގެ ފުރަތަމަ ބައި "ފަސްޓް ބްލަޑް" ރިލީޒްކޮށްފައި ވަނީ މީގެ 37 އަހަރު ކުރިން 1928 ގަ އެވެ. އޭގެ ފަހުން މި ފިލްމުގެ ތިން ބައެއް ގެނެސް ދީފައިވެ އެވެ. އެއީ ރާމްބޯ: ފަސްޓް ބުލަޑް ޕާޓް 2 (1985)، ރާމްބޯ 3 (1988) އަދި ރާމްބޯ (2008) އެވެ.
މި ސީރީޒްގެ ފަސް ވަނަ ފިލްމު ޑައިރެކްޓް ކުރަނީ 2012 ގައި މެލް ގިބްސަންއާ އެކު "ގެޓް ދަ ގްރިންޖޯ" ގެނެސް ދިން އެޑްރިއަން ގްރަމްބާގެވެ. ކޮންމެ ފަހަރަކު ވެސް ތަފާތު ޑައިރެކްޓަރަކާ އެކު "ރާމްބޯ" ގެނެސްދޭ އިރު، 2008 ގައި ރިލީޒްކުރި ފިލްމު ޑައިރެކްޓްކުރީ ސްޓެލޯން އަމިއްލައަށެވެ.
އެ ހަތަރު ބޮކްސް އޮފީހުގައި ޖުމްލަ 727.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ފިލްމުގެ ފަސް ވަނަ ބައި ސިނަމާތަކަށް ގެންނަ އިރު، އެކްޓް ކުރުމުގެ އިތުރަށް ސްޓެލޯންގެ ހިއްސާ މި ފަހަރު ވެސް ފިލްމުގެ ސްކްރީންޕްލޭ އަށް ލިބިގެން ދެ އެވެ. އުމުރުން މިހާރު 72 އަހަރުގެ ސްޓެލޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ރިލީޒް ކުރި "ބެކްޓްރޭސް" އެވެ.
މިދިޔަ އަހަރު އޭނާގެ ތިން ފިލްމެއް ސިނަމާތަކަށް އަ އެވެ. އެއީ "ކްރީޑް 2" އާއި "އެސްކޭޕް ޕްލޭން 2: ހޭޑެސް" އެވެ. މި އަހަރު "ލާސްޓް ބްލަޑް" ގެ އިތުރުން "އެސްކޭޕް ޕްލޭން: ދި އެކްސްޓްރެކްޓާޒް" ވެސް ސިނަމާތަކަށް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy