ބްރީ ލާސަން: އޭނާގެ އަލަތު ޑައިރެކްޝަން ނެޓްފްލިކްސް އިން ސްޓްރީމް ކުރާނެ.
25 މާޗް 2019 - 07:15
މި މަހު ކުރީކޮޅު ރިލީޒްކޮށް އަދިވެސް ސިނަމާތަކުގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ މާވެލް އާއި ޑިޒްނީގެ ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" ގެ ބަތަލާ ބްރީ ލާޒަންގެ އަލަތު ޑައިރެކްޝަން ބެލުންތެރިންނަށް ގެނެސްދޭން ނެޓްފްލިކްސް އިން ތައްޔާރުވެއްޖެ އެވެ.
"ޔުނިކޯން ސްޓޯރް" ގެ ނަން ދީފައިވާ މި އޮފްބީޓް-ކޮމެޑީ ޑްރާމާއަކީ 2017 ގައި ބޭއްވި ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވެސް ޕްރިމިއާކޮށްފައިވާ ފިލްމެކެވެ. އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ނެޓްފްލިކްސް އިން ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނީ އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ.
— Brie Larson (@brielarson) March 22, 2019
ބްރީ، 29، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވެފައިވާ "ޔުނިކޯން ސްޓޯރް" ގެ ޓްރެއިލާ ވެސް ނެޓްފްލިކްސް އިން މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބްރީއާ އެކު ފެނިގެންދާ ފަންނާނުންގެ ތެރޭގައި ސެމުއެލް އެލް ޖެކްސަމް، ޖޮއާން ކުސަކް އަދި ބްރެޑްލީ ވިޓްފޯލްޑް، މޭރީ ހޮލަންޑް،ކަރަން ސޯނީ އަދި ހެމިޝް ލިންކްލޭޓާ ހިމެނެ އެވެ.
ސަމަންތާ މެކްލިންޓޭގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމުގައި ކިޔައި ދޭނީ އާޓް ސްކޫލަކުން ބޭރުކޮށްލާ ޒުވާން އަންހެނަކު ކެރިއާއެއް ބިނާ ކުރަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ކަންތައްތަކެކެވެ.
މިދިޔަ އަހަރު "ބާސްމަތީ ބްލޫޒް" އިން ފެނިގެން ދިޔަ ބަތަލާ މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި އަންނަ މަހު ރިލީޒް ކުރާ "އެވެންޖާޒް: އެންޑްގޭމް" ހިމެނެ އެވެ. ބްރީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖަސްޓް މާސީ" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޕްޓަންމާވެލް
25 March 2019
ކެޕްޓަން މާވެލް އަކީ އެމް.ސީ.ޔޫ.ގެ އެންމެ ފޫހި ފިލުމު. ފެމިނިސްޓް ޕްރޮޕަގަންޑާ ފަތުރާފަ ދެން. އެހެން ބުނެލަން އައީ. ބްލެކްވިޑީ އިޒް ދަ ބެސްޓު.