މަލައިކާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.
30 މާޗް 2019 - 09:25
ޒުވާން އެކްޓަރު އަރުޖުން ކަޕޫރާ އަންނަ މަހު ކައިވެނިކުރާނެ ކަމަށް މީޑިއާތަކުން ބުނެފައިވާ މަލައިކާ އަރޯރާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައި މަލައިކާ މި ފަހަރު ޗުއްޓީ ހޭދަކުރަނީ ދ. އަތޮޅުގައި ހިންގާ ނިޔަމަ ރިސޯޓްގަ އެވެ. އޭނާ ވަނީ އެ ތަނުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. މަލައިކާ މި ފަހަރު ރާއްޖެ އައީ އަންހެން އެކުވެރިންތަކަކާ އެކީގަ އެވެ.
ކުރިން މޮޑެލް ކުރި، އުމުރުން 45 އަހަރުގެ މަލައިކާ މަޝްހޫރުވެފައި ވަނީ ބޮލީވުޑްގެ އައިޓަމް ގާލްއެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ އައިޓަމް ލަވައަކީ މިދިޔަ އަހަރު ވިޝާލް ބަރަދުވާޖް ގެނެސް ދިން ފިލްމު "ޕަޓާޙާ" ގެ އައިޓަމް ލަވަ "ހެލޯ ހެލޯ" އެވެ. މަލައިކާގެ އެންމެ މަޝްހޫރު އައިޓަމް ލަވަތަކުގެ ތެރޭގައި "ދަބަންގް" ގެ "މުއްނީ ބަދުނާމް" އާއި "ދިލް ސޭ" ގެ "ޗައްޔާ ޗައްޔާ" އަދި "ހައުސްފުލް 2" ގެ "އަނާރުކަލީ ޑިސްކޯ ޗަލީ" ފާހަގަކޮށްލެވެ އެވެ.
މި ފަހުން މަލައިކާ އާންކޮށް ފެންނަނީ ބައެއް ރިއަލިޓީ ޝޯތަކުންނެވެ. އޭގެ ތެރޭގައި ކަލާޒުން ގެނެސްދޭ "އިންޑިއާ ގޮޓް ޓެލެންޓް" އާއި އެމްޓީވީން ގެނެސްދޭ "އިންޑިއާސް ނެކްސްޓް ޓޮޕް މޮޑެލް" ފާހަގަކޮށްލެވެ އެވެ.
މަލައިކާއަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒްގެ އަންހެނުންނެވެ. އެ ދެ މީހުން ކައިވެނި 2017 ގައި ރޫލާފައިވާ އިރު ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ މި އަހަރު 17 އަހަރު ފުރޭ އަރްހާން ހާނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަލައިކާ އާއި އަރުޖުން ކައިވެނި ކުރާނީ އަންނަ މަހުގެ 19 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޑް
30 March 2019
އަހަރެން ހީކުރީ ތިޔަ ރިސޯޓަށް ކިޔަނީ ނިޔާމަ ކަމަށް.