މެލީސާ އާއި ފިރިމީހާ ބެން.
03 އެޕްރީލް 2019 - 07:26
ފިރިމީހާ، އެކްޓަރު/ޑައިރެކްޓަރު ބެން ފަލްކޮން ޑައިރެކްޓްކުރާ އިތުރު ފިލްމެއްގެ މަސައްކަތް ފަށަން ބަތަލާ މެލީސާ މެކާތީ އަނެއްކާ ވެސް ތައްޔާރުވެއްޖެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ލައިފް އޮފް ދި ޕާޓީ" އާއި "ދަ ހެޕީޓައިމް މާޑާސް" އަށް ފަހު ދެމަފިރިން އެކުގައި އަލަށް މަސައްކަތް ފަށާ ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ތަންޑަ ފޯސް" އެވެ.
އެ ނޫހުން ބުނި ގޮތުގައި އަންހެނުންތަކަކަށް އާދަޔާހިލާފު ބާރުތަކެއް (ސުޕަޕަވާ) ލިބުމުން ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އޮސްކާ އެވޯޑް ހޯދާފައިވާ ބަތަލާ އޮކްޓޭވިއާ ސްޕެންސާ ވެސް ހިމެނެ އެވެ.
"ތަންޑަ ފޯސް" ޑައިރެކްޓް ކުރުމުގެ އިތުރުން، މީގެ ސްކްރީންޕްލޭ ވެސް ލިޔަނީ ބެން އެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ.
މެލީސާ އާއި އޮކްޓޭވިއާ: "ތަންޑަ ފޯސް" އިން އެކީގައި ފެންނާނެ.
މެލީސާއާ ކައިވެނިކޮށްގެން ދެ ކުދިން ވެސް ތިބި ބެން، 45، ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މެލީސާ މުހިއްމު ރޯލްތަކެއް ކުޅުނު ދަ ބޮސްް (2016) އަދި ޓެމީ (2014) ހިމެނެ އެވެ.
މެލީސާ، 48، މި އަހަރު ފެނިގެން ދާނެ ފިލްމުތަކީ "ދަ ކިޗަން" އާއި "ސުޕަ އިންޓެލިޖެންސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy