ޑައިރެކްޓަރު ޗިއްޕެ (ވ) އާ އެކު ފުބޫ: "ވާށޭ މަށާއެކީ" އަކީ ފުބޫގެ ފުރަތަމަ ފިލްމް.
01 ސެޕްޓެމްބަރ 2016 - 06:28
ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރޮމޭންޓިކް ކޮމެޑީގެ ޖާދޫގައި އަދިވެސް އެތައް ބަޔަކު ތިބީ ޖެހިފަ އެވެ. އޭގެ ހެއްކަކީ އެ ފިލްމް އަދިވެސް ބަލާލަން އެތައް ބަޔަކު ބޭނުންވެފައި ތިބުމެވެ.
މިއަދާއި މާދަމާ ޝްވެކް ސިނަމާ އިން އެ ފުރުސަތު ލިބޭނެ އެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި "ވާށޭ މަށާއެކީ" އަކީ ބެލުންތެރިން ހެއްވާލަދޭ އެތައް މަންޒަރުތަކެއް ހިމެނޭ މަޖާ ފިލްމެކެވެ. އޭގެ ތެރޭގައި ވެސް ވަރަށް ހާއްސަ މަންޒަރުތަކެއް އެބަ ހުއްޓެވެ.
މި ފަހަރު މިއޮތީ ފިލްމުން ބެލުންތެރިންނަށް އެންމެ މަޖާވި އެއް މަންޒަރު އަނެއްކާ ވެސް ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.
ފިލްމުގެ ކުރީކޮޅުގައި އަންނަ މި މަންޒަރަކީ "މާ ފޮނިބޮޑުވެގެން" އުޅޭ ފުބޫ "ވަގު ބިޓެއް" އެޕާޓްމަންޓަށް ވައްދައިގެން އުޅެނިކޮށް، ލޯބިވެރިޔާ ނަތާޝާ (މަޖޫ) އަށް ފަޅާ އަރާ މަންޒަރެވެ.
މި މަންޒަރުގައި ނަތާޝާ އާއި ފުބޫގެ "ވަގު ބިޓް"ގެ ކުރިމަތިލުންތަކެއް ވެސް ފެނިގެން ދެ އެވެ. އަދި އަންނަ ރުޅީގައި ފުބޫއާާ ޒުވާބުކޮށް، ކަކުލަށް އައިސް ޕެކަކުން ހަމަލާ ދީފައި ނަތާޝާ އަވަހަށް ނިކުމެގެން ދަނީ އެވެ.
ފުބޫގެ ބަސްޓް ސީން
މި ކުޅިވަރު ބަލަން ނަތާޝާ ފަހުން ކައިވެނިކުރާ ޖުމައްޔިލް ނިމާލް (ޖުމަލް) މި ހުރިހާ މަންޒަރެއް ބަލަން ހުރެ އެވެ.
މި މައްސަލަގަނޑުގެ ތެރޭގައި އަނެއްކާ ފަހުން ރެސްޓޯރަންޓެއްގެ ތެރޭގައި ތިބެގެން ފުބޫ އާއި ނަތާ ޒުވާބުކޮށް ރުޅިވެ އެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އަންނަ މަޖާ އެ މަންޒަރު ވެސް ޑާކް ރެއިނުން ވަނީ ބެލުންތެރިން ބަލާނެ ވަރަކަށް ބަލަން ދޫކޮށްލައިފަ އެވެ.
ފުބޫ އާއި ނަތާގެ ބްރޭކަޕް ސީން
އަދިވެސް ހޭން ބޭނުން ނަމަ "ވާށޭ މަށާއެކީ" މި ދެ ސީން ބަލާލުން ހަމަ ރަނގަޅެވެ. ފިލްމަށް ދާން ޓިކެޓް ނަގާފައި ތިބި މީހުންނަށް ވެސް މިއީ ޓްރީޓަކަށް ވެދާނެ އެވެ.
"ވާށޭ މަށާއެކީ" ޣޭ މި ދެ މަންޒަރުގައި ވެސް ފުބޫ ވަނީ އޭނާ އަކީ އެކްޓު ކުރެވިދާނެ މީހެއްކަން ސާބިތުކޮށް ދީފަ އެވެ. ފުބޫ އަށް ކިޔޭނީ ހަމައެކަނި ލަވަ ނޫންކަން ފިލްމް ބެލި މީހުން މިހާރު ހެކި ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގދފ
01 September 2016
ކޮބާތަ މަޖާތަންކޮޅަކީ
އައިން
01 September 2016
އެއްވެސް މަޖަލެއް ނޫން
ޓ
01 September 2016
މަޖާ ހަމަ
ަަަނ. ވލދ
01 September 2016
ވަރަށް މަޖާ
ހީރޯ
01 September 2016
މީ ހަމަ މަޖާ ފިލަމެއް!