ޒެކް އަދި ޑޭވް: "ދި އާމީ އޮފް ޑެޑް" ގައި އެކީގައި މަސައްކަތް ކުރާނެ.
10 އެޕްރީލް 2019 - 07:39
"ޖަސްޓިސް ލީގް" އާއި "މޭން އޮފް ސްޓީލް" ފަދަ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު ޒެކް ސްނައިޑާ، ނެޓްފްލިކްސްއާ ގުޅިގެން ހަދާ ޒޮމްބީ ފިލްމު "އާމީ އޮފް ދަ ޑެޑް" އަށް އެކްޓަރު ޑޭވް ބަޓިސްޓާ ސޮއިކޮށްފި އެވެ.
ލަސް ވެގަސް އަށް ވެރިވެގަންނަ ޒޮމްބީ ބައިގަނޑެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅަށް ތާވަލުކޮށްފައިވާ އިރު، ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ސްނައިޑާ އާއި ޝޭ ހެޓެން އެވެ.
ނަމަވެސް "އާމީ އޮފް ދަ ޑެޑް" ގައި ޑޭވްއާ އެކު ދެން ފެނިގެން ދާނެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 26 ގައި ރިލީޒް ކުރާ "އެވެންޖާޒް: އެންޑްގޭމް" އިންނެވެ.
ޑޭވް، 50، މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި "ސްޓޫބާ"، "އެސްކޭޕް ޕްލޭން: ދި އެކްސްޓްރެކްޓާޒް" އަދި "ދަ ސްޕައި" ހިމެނެ އެވެ.
މީގެ 15 އަހަރު ކުރިން "ޑޯން އޮފް ދަ ޑެޑް" އިން ޑައިރެކްޝަނަށް ނުކުތް ސްނައިޑާ، 53، ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް"، "300: ރައިޒް އޮފް އޭން އެމްޕަޔާ" އަދި "ސްނޯ ސްޓީމް އަޔަން" ހިމެނެ އެވެ.
އޭނާގެ ޒޮމްބީ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy