13 އެޕްރީލް 2019 - 07:59
އެޗްބީއޯގެ "ގޭމް އޮފް ތުރޯންސް" ސިލްސިލާގައި ޖިން ސްނޯގެ ކެރެކްޓާ ކުޅޭ އެކްޓަރު ކިޓް ހެރިންގްޓަން އެތައް ދުވަހަކަށް ފަހު، ތުނބުޅި ބޭލުމުން ފޭނުންނަށް އެ ގޮތް ކަމުނުގޮސްގެން ޓްވިޓާގައި ފާޑުކިޔައިފި އެވެ.
މިދިޔަ ހަފުތާކައި ކިޓް "ލައިވް ވިތު ކެލީ އެންޑް ރަޔަން" އާއި "ސަޓަޑޭ ނައިޓް ލައިވް" ގެ އިތުރުން "ލޭޓް ނައިޓް ވި ސެތު މޭޔާޒް" ފަދަ ޓޯކް ޝޯތަކުގައި ބައިވެރިވި އިރު އޭ ހުރީ ތުނބުޅި އާއި މަތިމަސް އެއްކޮށް ބާލައި ވަރަށް އޮމާންކޮށްފަ އެވެ. މި ބަދަލަކީ އާދީއްތަ ދުވަހު ފަށާ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަނާ އެކު ސިލްސިލާއެއް ނިމުމެއް އަންނާތީ ކިޓް ލުކަށް ގެނައި ބަދަލެކެވެ.
Kit Harrington without a beard looks like someone used Marvel’s de-aging CGI on Billy Crystal. #snl pic.twitter.com/XMSWMkOBs1
— David Burch (@davidaburch) April 7, 2019
އޭނާ 2011 ގައި "ގޭން އޮފް ތުރޯންސް" ކުޅެން ފެށި ފަހުން މުޅިން ވެސް ހުރީ ތުނބުޅި އާއި މަތިމަހާ އެކީގަ އެވެ.
Guys, clean-shaven Kit Harrington looks like Paul Simon and I can’t unsee it. #SNL #SaturdayNightLive
— Cailin (petrichorose) Kelly (@vaudevillngirl) April 7, 2019
އަދި އެއީ ސިލްސިލާ އިން އޭނާ ފެންނަ ލުކް ވެސް މެ އެވެ. ނަމަވެސް މިހާރު އެ މަސައްކަތުގައި ސިއްކަ ޖަހަން ޖެހުމުން ލުކް ބަދަލުކޮށްލީ އެވެ.
Kit Harrington looks so bad without a beard. He instantly went down like 5 points. pic.twitter.com/yx01VvInVT
— ♡Amy ♡ (@AimxAim) April 7, 2019
އުމުރުން މިހާރު 32 އަހަތުގެ އެކްޓަރުގެ އާ ލުކާ ބެހޭ ގޮތުން ބައެއް ފޭނުން ބުނީ ތުނބުޅި އާއި މަތިމަހާ ނުލައި ކިޓް ވަރަށް ހުތުރު ކަމަށާއި މިހާރު ހީވަނީ 12 އަހަރުގެ ކުޑަކުއްޖެއްހެން ކަމަށެވެ. އަދި އެ ލުކް ބަލައި ގަންނަން އުނދަގޫ ކަމަށް ގިނަ ފޭނުންތަކެއް ބުނެފައިވެ އެވެ.
Kit Harrington looks like a 12 year old without his beard pic.twitter.com/ucROzv0zQl
— Tim (@tbau80) April 8, 2019
ބައެއް މީހުން އަދި ބުނީ އޭނާ މިހާރު ވައްތަރީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޕޯލް ސައިމަންއާ ކަމަށެވެ. އަދި އެހެން މީހަކު ބުނީ ކިޓް މިހާރު ވައްތަރީ މާވެލް އިން އެކްޓަރު ބިލީ ކްރިސްޓަލް، 71، ޒުވާން ކުރަން ހެދި ކޮމްޕިއުޓަ-ޖެނެރޭޓެޑް އިމޭޖަރީ (ސީޖީއައި) އަކާ ކަމަށެވެ.
Kit Harrington shaved his beard and I AM NOT HERE FOR IT #SNL pic.twitter.com/R4BAsnAOmC
— 𝚜𝚊𝚋𝚛𝚒𝚗𝚊 𝚕𝚘𝚟𝚎𝚜 𝚊𝚔𝚞 💕 (@wtevrneko) April 7, 2019
"ގޭމް އޮފް ތުރޯންސް" ގެ 8 ވަނަ ސީޒަން މި މަހުގެ 14 ގައި ފަށައި ހަ އެޕިސޯޑާ އެކު ސިލްސިލާ އަށް ނިމުމެއް ގެންނާނީ މެއި މަހުގެ 19 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy