"ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" ގެ މަންޒަރެއް.
13 އެޕްރީލް 2019 - 21:04
"ސްޓާ ވޯސް" ސީރީޒްގެ އެންމެ ފަހުގެ ފިލްމުގެ ނަން އިއުލާން ކުރުމާ އެކު، ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
މި ސީރީޒްގެ ނުވަ ވަނަ ފިލްމަށް ދީފައިވާ ނަމަކީ "ދަ ރައިޒް އޮފް ސްކައިވޯކާ" އެވެ. މީގެ ޑައިރެކްޓަރަކީ 2015 ގައި ރިލީޒްކުރާ "ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް" ވެސް ޑައިރެކްޓް ކުރި ޖޭޖޭ އަބްރަމްސް އެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުން މި ފަހަރު ވެސް ބޮޑު ކާސްޓެއް ފެންނާނެ އެވެ.
Every generation has a legend. Watch the brand-new teaser for Star Wars: #EpisodeIX. pic.twitter.com/fWMS13ekdZ
— Star Wars (@starwars) April 12, 2019
އޭގެ ތެރޭގައި "ސްޓާ ވޯސް" ގެ ފިލްމުތަކުން ފެންނަ އާންމު މޫނުތަކާއި 2016 ގައި މަރުވި ބަތަލާ ކެރީ ފިޝާ "ދަ ރައިޒް އޮފް ސްކައިވޯކާ" ހިމެނެ އެވެ.
މި ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ޑެއިޒީ ރިޑްލީ، އެޑަމް ޑްރައިވާ، އޮސްކާ އިޒާކް، ޖޯން ބޮޔެގާ، ލުޕިޓާ ނިއޮންގޯ، މާކް ހެމިލް، ރިޗަޑް އީ ގްރާންޓް، ކެރީ ރަސަލް އަދި އެންތަނީ ޑެނިއެލްސް ފަދަ ތަރިން ހިމެނެ އެވެ.
"ސްޓާ ވޯސް" ސީރީޒްގެ ފިލްމަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައީ 2017 ގައި ރިއަން ޖޮންސަން ޑައިރެކްޓް ކުރި "ދަ ލާސްޓް ޖެޑާއީ" އެވެ. ގާތްގަނޑަކަށް 263 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ އެ ފިލްމަށް ބޮކްސް އޮފީހުގައި 1.333 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy