ޝުރެނޫ އާއި ޒައިން "އޭކް ބްރަމް" ގެ ސެޓްގައި.
15 އެޕްރީލް 2019 - 07:36
ސްޓާ ޕްލަަސް އިން އަނެއްކާ ވެސް އާ ސިލްސިލާއެއް ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފަހަރުގެ ސިލްސިލާއަކީ ބެލުންތެރިންނަށް ތަފާތު ކޮންސެޕްޓެއް ގެނެސް ދޭނެ އެއްޗެކެވެ. އޭގެ ޕްރޮމޯ ވެސް މިހާރު ދައްކަމުން އަންނަތާ ދުވަސްކޮޅެއްވީ ނަމަވެސް، މި ސިލްސިލާ އަކީ ސީދާ ކިހިނެއް ވާނެ އެއްޗެއްކަން އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
"އޭކް ބްރަމް: ސަރުވަގޫން ސަމްޕަނާ" ގެ ނަމުގައި ގެނެސްދޭ މި ސިލްސިލާއަކީ ނުފޫޒު ގަދަ މުއްސަނދި އާއިލާއެއްގެ ޅީދަރިއަކަށް ބިނާކޮށްފައިވާ އެއްޗެކެވެ. އެކަމަކު ހަގީގަތަކީ މީގައި ލީޑް ރޯލް ކުޅޭ ބަތަލާ ޝްރެނޫ ޕަރިކް ކުޅޭ ކެރެކްޓާއަކީ ވަރަށް ސިއްރުން ފުރިގެންވާ ކެރެކްޓާއެއް ކަމެވެ. ޕްރޮމޯތައް ބަލައިލީމާ އެކަން ކޮންމެވެސް ވަރަކަށް އެނގޭނެ އެވެ. އެ ކެރެކްޓާގެ ނަމަކީ ޖާންވީ މިއްޓަލް އެވެ.
Janhvi ka kya hai raaz?#EkBhramSarvagunSampanna, Starts 22nd April, Mon-Fri at 7pm only on StarPlus. @shrenuparikh11 pic.twitter.com/sjESKUjGPs
— StarPlus (@StarPlus) April 3, 2019
އެހެން ސިލްސިލާތައް ދައްކަން ފެށުމުގެ ކުރިން ޕްރޮމޯޓް ކުރާ ވަރަށް މި ފަހަރު "އޭކް ބްރަމް: ސަރުވަގޫން ސަމްޕަނާ" ގެ ވާހަކަ މީޑިއާތަކަށް ތިލައެއް ވެސް ނުކުރެ އެވެ.
Kya Janhvi ki baaton ke peechhe chhupa hai koi aur raaz ?#EkBhramSarvagunSampanna, Starts 22nd April, Mon-Fri at 7pm only on StarPlus. @shrenuparikh11 pic.twitter.com/dSpCF5ogvv
— StarPlus (@StarPlus) April 11, 2019
އަނެއްކޮޅުން ބަތަލާ ޝްރެނޫ ވެސް ސިލްސިލާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ސަބަބަކީ މީގެ ޓީމުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސަސްޕެންސް ގެއްލުވައިލަން ބޭނުން ނުވުމުވެ.
އެހެންވެ އިންތިޒާރުކޮށްލަން ޖެހެނީ މި މަހުގެ 22 ވަނަ ދުވަހުގެ ރެއަށެވެ. އެ ރޭ ސްޓާ ޕްލަސް އިން "އޭކް ބްރަމް: ސަރުވަގޫން ސަމްޕަނާ" ދައްކަން ފަށާނެ އެވެ. މި ސިލްސިލާ އެ ޗެނެލުން ސިފަކޮށްފައި ވަނީ ރޮމޭންސް ތުރިލާއެއްގެ ގޮތުގަ އެވެ.
މީގެ ކާސްޓުންގެ ތެރޭގައި ސްޓާ ޕްލަސް އިން ގެނެސް ދިން "އިޝްގްބާޒް" ގައި ވެސް އުޅުނު ޒައިން އިމާމް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނާ
15 April 2019
ޢިޝްޤްބާޒް ނިމެން އުޅުނު އިރު ދިހަވަރަކަށް އެޕިސޯޑުން ފެނުނު ޒައިން އީމާން
ކާފަ ބޭބެ
15 April 2019
ޡެަި ޒެއިން + އިދީތީ =❤❤❤
ޒެއިން
15 April 2019
ޒެއިން އުލެނީ އާނާގެ ކާސް ޓާ އާ ރައްޓެހި ވެގެން (ަާ އަދީތީ ރާތާރ) ނާމްކަރަން ގެ
ފާތިމާ
15 April 2019
އިޝްގްބާޒް ގައެއް ނޫން ޒައިން އުޅުނީ. އޭނަ އުޅުނީ ނާމްކަރަންގަ
ޒައިންގެ ފޭން
15 April 2019
އިޝްގްބާޒްގަވެސް ޒައިން އުޅުނު...
ހެހެ
15 April 2019
ހީވަނީ ދެން އެކްޓަރަކަށް ކުޅެވެނީ އެންމެ ފިލުމެއްހެން.