14 މެއި 2019 - 08:30
ކުރީގެ ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ "އަމަރު އަކްބަރު އެންތަނީ" އަސްލަކަށް ބަލައިގެން ފިލްމެއް ހަދަން ބޭނުންވާ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.
އަންނަ މަހު ރިލީޒްކުރާ "ބާރަތު" ގެ ޑައިރެކްޓަރު ބޮލީވުޑް ހަންގާމާ އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުނީ ރިމެކަކަށް ވުރެ ބޮޑަށް އޭނާ ބޭނުންވަނީ "އަމަރު އަކްބަރު އެންތަނީ" ގެ ޕްލޮޓަށް އެ ވައްތަރުގެ ވަރުގަދަ ކޮމެޑީއެއް ހަދަން ކަމަށެވެ.
އަދި ފިލްމުގެ ލީޑް ތިން ބަތަލުންނަށް ނަގާނީ ވަރުން ދަވަން އާއި ރަންވީރު ސިންގް އާއި އަރުޖުން ކަޕޫރް ކަމަށް ބުންޏެވެ. ވަރުން ވަނީ "ބާރަތު" ގެ ހާއްސަ ރޯލެއް ވެސް ކުޅެފަ އެވެ. އަދި ރަންވީރާއި އަރުޖުން ވަނީ އަލީއާ އެކު 2014 ގެ "ގުންޑޭ" ގައި މަސައްކަތްކޮށްފަ އެވެ.
“There’s an idea to do #AmarAkbarAnthony with @Varun_dvn , @RanveerOfficial & @arjunk26 ": @aliabbaszafar #TalkingFilms #BollywoodHungama
— Bollywood Hungama (@Bollyhungama) May 10, 2019
Click here to watch it on YouTube: https://t.co/O0iPLfq4qI pic.twitter.com/RDpWaV9mBK
"އެ ތިން ތަރިންނަކީ ކެމެރާގެ ފުރަގަހުގައި ވެސް ވަރަށް މަޖާ އަދި އެހާމެ ގުޅޭ ތިން އެކްޓަރުން. އެހެންވެ ވަރަށް ވެސް ޝައުގުވެރި ކަމަކަށް ވާނެ އަމަރު އަކްބަރު އެންތަނީގެ ކެރެކްޓާތަކަށް އެ މީހުން ގެންނަން،" އަލީ ބުންޏެވެ.
އަލީ ބުނީ މިހާތަނަށް ގިނައިން ހެދުނީ ވަރަށް ސީރިއަސް ފިލްމުތަކަކަށްވާތީ ބެލުންތެރިން ހެއްވައިލާ ކަހަލަ ކޮމެޑީ ފިލްމެއް ހެދުމުގެ ޝައުގުވެރިކަން ބޮޑު ކަމަށެވެ. އެކަމަކު "އަމަރު އަކްބަރު އެންތަނީ" ގެ އެޑަޕްޓޭޝަން ގެނެސް ދޭނެ އިރެއް ނުބުނެ އެވެ.
މަންމޯހަދަން ދެސާއިީ ޑައިރެކްޓްކޮށް، 1977 ގައި ރިލީޒް ކުރި "އަމަރު އަކްބަރު އެންތަނީ" ގެ ތިން ބަތަލުންނަކީ ވިނޯދު ކަންނާ (އަމަރު)، ރިޝީ ކަޕޫރް (އަކްބަރު) އަދި އަމީތާބް ބައްޗަން (އެންތަނީ) އެވެ.
އެ ފިލްމުގެ ބަތަލާއިންނަކީ ޝަބާނާ އަޒްމީ، ޕަރުވީން ބާބީ އަދި ނީޓޫ ސިންގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެންތަނީ
14 May 2019
މީގެ ފިލްމެއް ކުޅުވަންވީ، އަބީޝެކް-ރަންވީރު ކަޕޫރް-އަކްޝޭ ކަންނާ ލައިގެން އޭރުންމާ ސަޅިވާނެ ކަންނޭގެ... ނަމަކަށް ކިޔާނީ - އަމަރު އަކްބަރު އެންތަނީކޭ ބައްޗޭ ... ހެހެ
ޟަނާ
14 May 2019
ރަންވީިރު ކަޕޫރު އެއީ ކާކުތަ؟
އެއްތަނީ
15 May 2019
ރަންބީރް ކަޕޫރު އެއީ ރިޝީކާ ބައްޗާ