ދެން އޮތީ "ގޭމް އޮފް ތުރޯންސް ތުރޯންސް" ގެ އެންމެ ފަހު އެޕިސޯޑް

އެޗްބީއޯގެ ސިލްސިލާ "ގޭމްސް އޮތް އޮފް ތުރޯންސް" ގެ ފަހު ސީޒަނުގެ ނިމުން ގާތްވެފައި ވަނިކޮށް، ސިލްސިލާގެ ފަހު އެޕިސޯޑްގެ ޓްރެއިލާއެއް ދައްކާލައިފި އެވެ.


ޖުމް ހަ އެޕިސޯޑާ އެކު 8 ވަނަ ސީޒަން މިދިޔަ މަހުގެ 14 ގައި ދައްކަން ފެށުމަށް ފަހު، ނިންމައިލަން ހަމަޖެހިފައި އޮތީ މި މަހުގެ 19 ގައި އެވެ.

ދެހާސް އެގާރައިގައި ގެނެސް ދޭން ފެށި "ގޭމް އޮފް ތުރޯންސް" ނިންމައިލާ އިރު، ފަހު ސީޒަން ބަލާ މީހުންގެ މެދުގައި ހުރީ މަސްހުނި ހިޔާލުތަކެކެވެ. އެއް ބަޔަކަށް ފަހު ސީޒަން އެހާ ކަމުދިޔަ އެއްޗަކަށް ނުވިޔަސް، މިއަށް ތައުރީފު ކޮށްފައިވާ ފޭނުން ވެސް ގިނަ އެވެ.

އެކަމަކު ދެބައި މީހުންގެ މެދުގައި ވެސް އެންމެ ބޮޑު އުދާހަކަށްވީ އެތައް ޒަމާނެއް ކުރީގެ ހަތް ކޮއިލުގެ ރަސްކަމެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާގެ މަންޒަރަކުން ސްޓާބަކްސްގެ ކޮފީ ތައްޓެއް ފެނުމެވެ. އެ ކޫސަނި މިސްޓޭކަށް ވަރަށް ގިނަ ބަޔަކު ޖޯކް ވެސް ޖެހި އެވެ.

ކޮންމެއަކަސް ސިލްސިލާއެއް ނިމުމެއް އަންނަ އިރު، ޔަގީނުން ވެސް "ގޭމް އޮފް ތުރޯންސް" އަކީ ތާރީހުގެ ތެރެއިން ޖާގަ ހޯދި ސިލްސިލާއެކެވެ. މިއީ ސިލްސިލާތައް ހަދާ ވައްޓަފާޅި އަށް ބަދަލުތަކެއް ގެނުވި އަދި ބޮޑެތި ބަޖެޓްތަކުން ވެސް ސިލްސިލާތައް ހަދައިގެން ކާމިޔާބު ވެސް ހޯދިދާނެކަން ސާބިތުކޮށް ދިން އެއްޗެކެވެ.

އެތައް އެވޯޑެއް ވެސް ހޯދާފައިވާ "ގޭމް އޮފް ތުރޯންސް" ނިންމައިލާ އިރު ބެލުންތެރިންނަށް އޮންނާނީ ޖުމްލަ 73 އެޕިސޯޑް ދައްކާލައިފި އެވެ.

މި ސިލްސިލާ އަށް ނިމުމެއް އަޔަސް، ޕްރިކްއެލް އާއި ސްޕިން-އޮފްތަކެއްގެ ވާހަކަ ވެސް އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. އެހެންވެ ކުރިއަށް އަދި ވާހަކަތައް ހުރީ އެވެ. ތިބެން ޖެހެނީ އިންތިޒާރީގަ އެވެ.