ފެލިސިޓީ: އޭނާ އަށް ވަނީ ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވާފައި.
14 މެއި 2019 - 14:32
އޭބީސީގެ މަޝްހޫރު ޓީވީ ސިލްސިލާ "ޑެސްޕެރޭޓް ހައުސްވައިވްސް" ގެ ބަތަލާއިންގެ ތެރޭގައި ހިމެނޭ ފެލިސިޓީ ހަފްމަން އަންހެން ދަރިފުޅަށް ޔުނިވަސިޓީއަކުން ޖާގަ ހޯދަން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލާގައި ކުރި ދައުވާ ސާބިތުވެ ހަތަރުގެ މަހުގެ ހުކުމެއް އިއްވައިފި އެވެ.
ބޮސްޓަން ކޯޓުން އޭނާގެ މައްޗަށް އިއްވީ ހަތަރު މަހުގެ ޖަލު ހުކުމަކާ އެކު 20،000 ޑޮލަރުގެ ޖޫރިމަނާއެކެވެ.
"ޑެސްޕެރޭޓް ހައުސްވައިވްސް" ގައި ލިނެޓް ސްކާވޯގެ ކެރެކްޓާ ކުޅުނު ފެލިސިޓީ، 56، ވަނީ ދަރިފުޅަށް ޔުނިވަސިޓީއަކުން ޖާގަ ހޯދަން ފައިސާ ހަރަދު ކުރި ކަމަށް އެއްބަސްވެ، ޓެސްޓް ޕޭޕަރު ސިއްރުން މާކް ކުރަން 15،000 ޑޮލަރު ހަރަދުކުރި ކަމަށް ކޯޓްގައި އިއުތިރާފު ވެފަ އެވެ.
އޭނާއަކީ މި މައްސަލާގައި ދައުވާ ކުރާ 50 މީހުންގެ ތެރެއިން އެކެކެވެ. މީގެ ތެރޭގައި ސީބީއެސްގެ ސިލްސިލާ "90210" ގެ ބަތަލާ ލޯރީ ލޯގްލިން ވެސް ހިމެނެ އެވެ.
ނުފޫޒު ގަދަ އަދި މާލީ ގޮތުން ވެސް ތަނަވަސް ބައެއް އާއިލާތަކުން ނަހަމަ ގޮތުގައި، އެ މީހުންގެ ދަރިންނަށް އެމެރިކާގެ މަޝްހޫރު ޔުނިވަސިޓީތައް ކަމަށްވާ ޔޭލް، ޖޯޖްޓައުން އަދި ސްޓޭންފޯޑުން ފުރުސަތު ހޯދަން ކުރި މަސައްކަތް ފަޅާ އަރައި، އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
މި މައްސަލަގަނޑަށް ބިނާކޮށް ލިމިޓެޑް ސީރީޒެއް ހަދަން ވެސް ހޮލީވުޑްގެ ސްޓޫޑިއޯއަކުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަލިފުތާ
14 May 2019
ހައްތާހާވެސް ވަގުންނެވެ. ކަރަޕްޝަނެވެ. ވަކި މިތާކު ނޫނެވެ. ހުރިހާ ތާކުއެވެ.