31 މެއި 2019 - 09:12
ޝާހްރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ހާން ފިލްމު ކުޅެން ފަށާނެ އިރަކަށް ފާރަލައިގެން ތިބި މީހުން ބައިވަރެވެ. ޑައިރެކްޓަރު ކަރަން ޖޯހަރު ބުނާ ގޮތުގައި ގާތް އެކުވެރިޔާ ޝާހްރުކްގެ ދަރިފުޅު ބޮލީވުޑަށް ނެރޭނީ އޭނާގެ ފިލްމަކުންނެވެ. އަދި އެ ފިލްމު ވާނީ އަރިޔަންގެ އަލަތު ފިލްމަށެވެ.
ނަމަވެސް ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އަރިޔަން އިންޓަނޭޝަނަލް އެކްޓަރަކަށް ހެދުމުގެ ހުވަފެން ޝާހްރުކް ދެކެމުން އަންނާތީ އޭނާ ބޭނުންވަނީ ހޮލީވުޑްގެ ފިލްމަކުން އަރިޔަން، 21، އެކްޓިން ކެރިއަރު ފަށާށެވެ.
އެކަމަކު އޭގެ ކުރިން ކަރަން އަންނަ އަހަރު ގެނެސްދޭ ފިލްމު "ތަހުތު" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އރިަޔަން މަސައްކަތް ކުރާނެ އެވެ.
އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކިޔަވަމުން އަންނަ އަރިޔަން ވަރަށް އަވަހަށް ގްރެޖްއޭޓް ވެސް ވާނެ ކަމަށް ދާފި ފަހުން ޝާހްރުކް ބުންޏެވެ. މުމްބާއީ މިރާ އިން ބުނި ގޮތުގައި ޝާހްރުކް ވަނީ އަރިޔަންގެ ފޮޓޯތައް ހޮލީވުޑްގެ މަޝްހޫރު ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާ ވެސް ހިއްސާކޮށް، ދަރިފުޅަށް ފިލްމަކުން ފުރުސަތު ހޯދުމަށް މަސައްކަތްތަކެއްކޮށްފަ އެވެ.
އެ ނޫހުން ބުނި ގޮތުގައި އަރިޔަންއަކީ ސުޕަހީރޯ ފިލްމުތަކަށް ވަރަށް ބޮޑަށް ލޯބި ކުރާ ޒުވާނަކަށްވި ނަމަވެސް ބައްޕަ ޝާހްރުކް އޭނާ އަށް ސުޕަހީރޯ ފިލްމަކަށް އެއްބަސް ނުވާން ލަފާ ވެސް ދީފައިވާ ކަމަށް ބުންޏެވެ.
އެކަމަކު ސުވާލަކީ ބޮޑު ސްކްރީނުން އަރިޔަން ފެންނަ ވަރު ކިހާ ތާކުތޯ އެވެ؟ އެ ސުވާލަށް އަދިއެއް ޖަވާބެއް ނެތެވެ. ޝާހްރުކްގެ ފޭނުންނަށް އޮތީ ހަމަ އިންތިޒާރުގައި ތިބުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމް ނިޔާޒު
01 June 2019
މިސޮރުގެ ލޯވަރަށް ވައްތަރު އެސޮރުގެ މަންމަ ޗަމްޕާ ޗޮޕުރާ ޝާހުރުކު ޚާނުއާއި، ވަރަށް ގާތް އެކުވެރި އާއިލާއެއްކަމުން މަރުހަބާ ފޮނުވަން. ނަމަވެސް ގުރޭޖުއޭޓުނުވަނީސް ރަނގަޅުކަމެއްނޫން ފިލްމުކުޅުމަކީ
ރަދީފްް
31 May 2019
މޫނަށް ބިހެއް ޖަހާފަތަ؟ އަދި އެހާ ކުނިކޮށްގެން ޗަހުންނަނީ ކީއްވެ؟
ޝަމްް
31 May 2019
ދެލޯ ކިހިނެއް ހަދައިގެންތަ ތިޔަ ހުންނަނީ؟
އިންސާނާ
31 May 2019
އެންމެން ކީއްވެތަ މި އާރިޔަން އަކާ ހެދި މޮޔަވެގެން އުޅެނީ؟؟ ފޮޓޯއެއްގަ ފެނުނަސް ހުންނާނީ ރުޅި އައިއްސަ. ދުވަހަކުވެސް ހެވިލާފަ ހުއްޓައެއް ނުފެނެ
ވިކިޕީޑިއާ
31 May 2019
ރުޅިއައިސްފައެއް ނުނޭލޯބީ. އެއީ ސީރިއަސް ލުކްއެއް.
ކެޔޮ
31 May 2019
ނޫނޭ އެއީ އަސްލު ސެކްސީ ލުކް.
ޢިބޫ
02 June 2019
ޢިންސާނާ ..ހާދަ ވަރަކަށް ބަލާތީއޭ ތިވަރުވެސް ތިއިނގެނީ.. މޮޔަވެފަހުރިވަރު އެބައިނގޭ..
ރަނގަޅީ
31 May 2019
ބައްޕަ ދަރިފުޅު ވިޔަފާރީގެ ތެރެއަށް ނެރެން ކުރާ މަސައްކަތް އެއީ ބަލައިގަންނަން ޖެހޭނެ ކަމެކޭ އެކަމަކު އިންޑިއާ މީހެއްގެ ދަރިއަކަށް އަދި އެއް ހޮލީވުޑް އިން ކާމިޔާބު ވެފައި ނެތޭ އަނެއް ކޮޅުން ހޮލީވުޑް އަކީ އެއީ އެއްގޮތަކަށް ވެސް އެއްވެސް އެކްޓަރަކަށް ޑިކޭޑަކަށް ވުރެން ގިނަ ދުވަހު ހޮލީވުޑްގެ މަތީ ފަންގިފިލާގައި ހިފަހައްޓާ ނުލެވޭވަރުގެ ޕޮޓެންޝަލް ކޮމްޕެޓިޝަނެއް އޮންނަ އިންޑަސްޓްރީ އެކޭ ސްޓިލް ބޮލީވުޑް އޭ އިންޑިއަން އެކްޓަރުންނަށް އަދިވެސް އެންމެ